A wide advertisement which will be shown on all devices. (700 x 100)

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދާނީ ފަތިސް ނަމާދުން

ފުވައްމުލަކު ސްކޫލްތަކުގެ ވެރިން އައު އެޑިއުކޭޝަން މިނިސްޓަރަށް މަރުހަބާ ކިޔަން

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދާނީ ފަތިސް ނަމާދުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ފަތިސް ނަމާދަށްފަހު ދަރިވަރުން ތަފާތު ކުޅިވަރާއި ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ތައްޔާރުވެގެން ސުކޫލަށް އައިސް ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ހަމަޖެހިފައިވާ ކަަމަށްވެސް އެޑިއުކޭޝަނުން ހާމަކުރެއެވެ. 

ސުކޫލުތައް ފަތިސް ނަމާދުން ފެށުމާއިއެކު ދިވެހިންގެ އާދަކާދައަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. ރޭގަނޑު ގިނަ އިރު ހޭލާ އުޅުމުގެ ބަދަލުގައި އަވަހަށް ނިދަން އާދަކުރަންވެސް ޖެހޭނެއެވެ. މީގެ އިތުރުން، މުޖުތައުގެ އެހެނިހެން މުއައްސަސާތައްވެސް މިބަދަލާއިއެކު ބަދަލު ގެނައުމަކީވެސް މުހިންމު ކަމެކެވެ. އެގޮތުން، ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގައި މަސައްކަތައް ނިކުންނަގަޑި އަވަސްކުރުމަކީވެސް މުހިންމުކަމެކެވެ. އެހެންނޫންނަމަ މިބަދަލު އެންމެ އެކަށީގެންވާ ހެޔޮ މަންފާ ނުކޮށްފާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !