A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ގައި ގާއިމުކޮށްފައިވާ ޑިޓޮކްސްގެ ޚިދުމަތް ހުއްޓާލަނީ އޭ!؟

ފުވައްމުލަކުގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް ގާއިމުކުރީ 2012 ޖެނުއަރީގައި

ފުވައްމުލައް ސިޓީގައި 2012 ވަނ އަހަރު ޖެނުއަރީ މަހުން ފެށިގެން ހިނގަމުން އައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ ޑިޓޮކްސް ސެންޓަރު ހިންގުން ހުއްޓާލަން އުޅޭކަމުގެ އަޑުތަކެއް މީސްމީޑިއާގައި ވަނީ ގަދަވާން ފަށާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނަމުގައި ލިޔެފައިވާ ސިޓީއެއް މީީޑއާގައި ދައުރުވަމުން ދެއެވެ.

މި ޖޫން މަހު 17ގެ ތާރީޚު ޖަހާފައިވާ އެސިޓީގައި ވާގޮތުން “ޏ. ފުވައްމުލަކުގައި މިވަގުތު ޑިޓޮކްސިފިކޭޝަން ހިންގުމުގެ ޚިދުމަތް ބޭނުން ނުވާކަން މި މިނިސްޓރީއަށް ވަނީ ފާހަގަ ކުރެވިފައި” ވާ ކަމަށް ވެއެވެ. އިތުރަށް ލިޔެފައިވާ ގޮތުން ޏ.ފުވައްމުލައް ކައުންސިލާއި ކޮމިއުނިޓީން ވެސް މިޚިދުމަތް ބޭނުން ނުވާކަމަށް އެދެމުންދަތީ އަދި މިހާރު އެޚިދުމަތް ހޯދުމުގައި ފުވައްމުލަކުގެ ފަރާތެއް ނެތްކަން ފާހަގަ ކުރެވޭތީ ފުވައްމުލަކުގެ ރިހިބިލިޓޭޝަން ސެންޓަރުން އެޚިދުމަތް ހުއްޓާލުމަށް އަންގާފައިވެއެވެ.

އެސިޓީގައި ވާގޮތުން ފުވައްމުލަކުގެ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ ޑިޓޮސިފިކޭޝަން ހުއްޓާލި ކަމުގައި ވިޔަސް ރިހިބިލިޓޭޝަންގެ އެހެނިހެން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުން މުހިންމުކަމަށް ފެންނަ ކަމަށް ދަންނަވާ ކަމަށް ވެއެވެ. އެގޮތުން ކޮމިއުނިޓީ ރިހިބިލިޓޭޝަނާއި ޕްރިވެންޓިވް ޕްރޮގްރާމް އަދި ސަޕޯރޓް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް އެދިފައިވެއެވެ.

އެއާއެކު ފުވައްމުލަަގައި ހިންގާ ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ހޯދާ ފާރާތްތައް އެހެނިހެން ސެންޓަރުތަކަށް އަންނަ ޖުލައިމަހުގެ 21 ގެ ނިޔަލަށް ބަދަލުކޮށް ނިންމުމަށް އެސިޓީގައި އެދިަފއި ވެއެވެ.

ފޭސްބުކް ގައި ދައުރުވާ ސިޓީ .

 

ސްޓޭޓް މިނިސްޓަރ އާއިޝަތު ރަޝީދުގެ ނަމުގައި ސިޓީގައި ސޮއި ހިމަނާފައި ވިޔަސް އެމިނިސްޓރީގެ ތައްގަޑެއް މިސިޓީއަކު ނެތެވެ. ނަމަވެސް ފުުވައްމުލަކު ޑިޓޮކްސް ސެންޓަރަށް އެސިޓީ ފޮނުވާފައި ވަނީ ޖެންޑަރ މިނިސްޓރްީން ކަން މިކަލް ނޫހަށް އިތުބާރު ހުރި ފަރާތަކުން ވަނީ ޔަގީންކޮށްދީފައެވެ.

މިސިޓީއަށް އާއެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ސިޓީ ކައުންސިލަށް ފާޑުކިޔަމުން ދެއެވެ. އެގޮތުން ރައްޔިތުންގެ މަޝްވަރާ ނުހޯދާ ރައްޔިތުންގެ ނަމުގައި މައުލޫމާތު ޖެންޑަރ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ބުނެ ތުހުމަތުގެ އިނގިލިތައް ދިއްކުރެވެމުން އާދެއެވެ.

ސޯޝަލް މީޑީއާ އެކްޓިވިސްޓުނާއި ޒިންމާދާރު މީހުން ވެސް މިސިޓީއާއި ގުޅިގެން ސަރުކާރަށާއި ފުވައްމުލައް ސިޓީ ކައުންސިލަށް ފާޑުކިޔާފައި ވެއެވެ.

މި ސިޓީއާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ސިޓީއެއް އާއްމުކޮށްފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ޖެންޑަރ މިނިނސްޓްރީގައި އެގޮތަށް އެދިފައި ނުވާނެކަން ހާމަކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ނުޖެހޭނެ ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގަ ހޭދަ ކުރާކައް
    އެތަނައް އައްނަ ތަފާތު ގޮތްގޮތަށް އުޅޭމީހުން ރަށުތެރޭގަ އުޅޭ
    ތަން ފެނުމުން ކަންބޮޑުވޭ އަޚްލާގީ ގޮތުން ދަރިންނައް ލިބޭމެ ސެޖު އެހާމެގިނަ މިކަންތައް މިހެންވެ ތިކަންތައް މިރަށުގަކުރި
    ގެންދުން ރަގަޅެއްނޫން ޝުކުރިއްޔާ!