A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ޑައިވް ސްކޫލް އިން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފި

ފުވައްމުލަކުގައި އެންމެ ފުޅާކޮށް ޑައިވް ކުރުމުގެ ޚިދުމަތް ދެމުންގެންދާ “ފުވައްމުލަކު ޑައިވް ސްކޫލް” އިން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފި ކަމަށް އެޑައިވް ސެންޓަރުން ބުނެފިއެވެ.

ފުވައްމުލަކު ޑައިވް ސްކޫލްގެ ސީނިއަރ ޑައިވަރަކު މިކަލް ނޫހަށް މައުލޫމާތުދެމުން ބުނިގޮތުގައި މިދިޔަ މަހުގެ ތެރޭގައި އެޑައިވް ސުކޫލުން ޕްލާސްޓިކާއި ދެކޮޅަށް ފެށި ކެންޕެއިންގެ ދަށުން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފި ކަމަށާއި، އެކަމުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށެވެ. އަދި އެޑައިވް ސެންޓަރުން އެގޮތަށް ނިންމާފައިވަނީ ޑައިވް ކުރުމުގައިވެސް ތިމާވެއްޓަށް ގެއްލުން ނުލިބޭގޮތަށް އަމަލުކުރުމުގެ މަގުސަދުގައި ކަމަށެވެ.

“ކުރިން ދުވާލަކު އެތައް ކޭހެއްގެ ޕްލާސްޓިކް ފެންފުޅި ބޭނުންކުރެވޭ، އެހުރިހާ ފުޅިތަކަކީ ތިމާވެއްޓަށް ހުރި ނުރައްކަލެއް، އެހެން ކަމުން އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމަށްފަހު މިހާރު ބޭނުން ކުރަމުން ގެންދަނީ ބިއްލޫރިފުޅި، އެފުޅިތައް ދެވަނަ ފަހަރަށްވެސް ބޭނުންކުރެވޭ، އަދި ފެން އުފެއްދުމަށް މިހާރު މެޝިނެއް ބޭނުން ކުރަމުންދަނީ، މިހެން އަމަލު ކުރުމުން ވަރަށް ބޮޑުތަން ހަރަދު ކުޑަވެ، ޓްވަރިސްޓުންގެ ސަޕޯޓްވެސް ވަރަށްލިބޭ، މިހާރު ޑައިވިންގ ސުކޫލްގައި ވެސް އަދި ޑައިވިންގ ދޯނީގައިވެސް އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުމެއް ނުކުރާނެ” ފުވައްމުލަކު ޑައިވް ސުކޫލުން ވާހަކަދެއްކި ޑައިވް މާސްޓަރ އަދި ޑައިވް ސުކޫލްގެ މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ފުވައްމުލަކު ތިމާވެށި ހިމާޔަށް ކުރުމަށާއި ފުވައްމުލަކުގެ ޑައިވް އިންޑަސްޓްރީ ހިމާޔަށްކޮށް ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އެސެންޓަރުން ކުރާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ތިމާވެއްޓާއި ރައްޓެހިގޮތަށް ޑައިވްގެ އެންމެހައި ކަންތައްތައް ކުރިއަށް ގެންދާކަމަށެވެ.

ފަހަކަށް އައިސް ފުވައްމުލަކުގައި ޑައިވް ކުރުމުގެ ޑިމާންޑު ބޮޑުވެ، ގިނަ އަދަދެއްގެ ޓްވަރިސްޓުން ފުވައްމުލަކަށް ޒިޔާރަތް ކުރަމުން އަންނަ ކަމަށް ފާހަނގަކުރެވެއެވެ. އަދި ފުވައްމުލަކު މަޝްހޫރުވެފައިވަނީ ކޮންމެ ވަގުތެއްގައިވެސް ޓައިގާ ޝާކް ބަލާލެވޭ މަންޒިލެއްގެ ގޮތުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !