A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އަމީން އާންމުގެ ނާއިބަށް ހުސެއިން އިންތިޚާބުވެއްޖެ

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕު (ޕީޖީ ގުރޫޕު) ގެ އަމީން އާންމުގެ ނާއިބުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އިންތިޚާބު ވެއްޖެއެވެ. ޕީޖީ ގުރޫޕުގެ އަމީން އާންމުގެ ނާއިބުގެ މަގާމަށް ހުސެއިން އިންތިޚާބުވެފައިވަނީ މިއަދު އެޕާޓީގެ ޕީޖީ ގުރޫޕުގެ މަގާމުތަކަށް މީހުން އައްޔަންކުުމަށް ބޭއްވުނު އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިމަގާމަށް ކުރިމަތި ލާފައިވަނީވެސް ހުސެއިން އެކަންޏެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ހުރިހާ މަގާމުތަކަށްވެސް މިއަދު ވަނީ މެންބަރުން އިންތިޚާބުކޮށްފައެވެ. އެގޮތުން، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހޮވުނީ އެމަގާމު ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ދެ މެންބަރަކު އިންތިހާބު ކުރަން ޖެހޭއިރު، އެ މަގާމުތަކަށް ކުރިމަލިލެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. މި މަގާމުތަކަށް އެ މެންބަރުން ހޮވުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

އަމީންއާންމުގެ މަގާމަށް ހޮވުނީ އެމަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕްގެ މަގާމަށް ކުރިމަތިލެއްވި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. މި މެންބަރުން ވެސް މަގާމުތަކަށް ހޮވުނީ ވޯޓު ދެއްވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !