A wide advertisement which will be shown on all devices. (700 x 100)

ހައްގު މިންވަރު ހޯދުމަށް ނިކުންނަނީ…

ފުވައްމުލަކަށް ހައްގު މިންވަރު ހޯދުމަށްޓަކައި އަޑު އުފުލުމަށް އަންނަ ހޯމަ ދުވަހު ފުވައްމުލަކު ސިޓީ ކައުންސިލު ދޮށަށް ނިކުތުމަށް ތައްޔާރުވެއްޖެއެވެ. މިއެއްވުން އިންތިޒާމު ކުރާ ފަރާތުން ހާމަކުރާ ގޮތުގައި މިއީ އެއްގޮތަކަށްވެސް ސަރުކާރާއި ދެކޮޅު އެއްވުމެއް ނޫންކަމަށާއި މިއީ ފުވައްމުލަކު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝުއޫރުފާޅުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދެވޭ ހަަރަކާތެކެވެ. ފުވައްމުލަކު ރައްޔިތުން މިވަގުތު އެންމެ ބޮޑަށް ޝުއޫރު ފާޅުކުރަނީ ފުވައްމުލަކުގެ މަގުތަކުގެ ހާލަތާއި ގުޅިގެނެވެ.

ފުވައްމުލަކު މަގުތައް ރަގަޅު ފެންވަރަކަށް ހެދުމަށްޓަކައި އެމްޓީސީސީ އާއި ވަނީ މަަސައްކަތް ހަވާލުކޮށްފައެވެ. ނަމަވެސް، އެއީ ފުވައްމުލަކު ރިންގު ރޯޑުގެ ތާރު އަޅަން ތައްޔާރުކޮށްފައިވާ ސަރަހައްދު އެކަންޏެވެ. ފުވައްމުލަކު ރައްޔިތުން ބޭނުންވަނީ ރިންގު ރޯޑުގެ އިތުރުން ބޮޑެތި މަގުތައް ރަގަޅު ފެންވަރަކަށް ހެދުމަށެވެ.

އެ ޚިޔާލު ނިމިދިޔަ މަޖިލިސް އިތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަތުމުންވެސް ވަނީ ހުށަހަޅާފައެވެ. އެކަން ބައްލަވާނެ ކަަމަށް ރައީސް ނަޝީދު ވަނީ އެފަހަރު ވިދާޅުވެފައިވީ ނަމަވެސް އަދިވެސް އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !