ފުވައްމުލަކު ހޮސްޕިޓަލަށް 46 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބައިސިކަލް ބުރެއް ބާއްވަން ނިންމަވާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އަންނަ ހުކުރު ދުވަހު އޮންނަ މި ބައިސިކަލް ބުރު ފެށޭނީ ރަސްގެފަންނުން ކަމަށާއި ނިންމާލާނީ ފުވައްމުލަކު ބަދަރަށް ކަމަށްވެސް ފުވައްމުލަކު ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ހުކުރު ދުވަހު 4.30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ބައިސިކަލް ބުރުގައިި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވިދާނެ ކަމަށާއި މިއީ ވަރަށް މަޖާ އިވެންޓަކަށް ހެދުމަށް ރާވަމުންދާކަންވެސް ފުވައްމުލަކު ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. މި ބައިސިކަލް ބުރުގައި ބައިވެރިވާ ފަރާތްތަކުން އަމިއްލަ ބައިސިކަލް ގެންދަވަން ޖެހޭއިރު މި ބައިސިކަލް ބުރުގައި ކުލަޖެހުންފަދަ މަޖާ ކަންތައްތައް އޮންނާނެއެވެ.
+1
+1
ޚިޔާލުތައް