ފުވައްމުލައް ސިޓީގައިި ގާއިމުކުރެވިފައިވާ ފެން ޕްލާންޓުން ގޭގެއަށް ފެން ދޫކުރުމަށް ވަކި ގަޑި ތަކެއް ކަނޑައަޅައި ފިއެވެ. ފެނަކަ-ފުވައްމުލަކުން މިއަދު ނެރުނު ބަޔާނެއް ގައި ހާމަކޮށްފައިވާ ގޮތުން މިއަދުން ފެށިގެން ގޭގެއަށް ފެން ދޫކޮށްފައި ހުންނާނީ ހެނދުނާއި ހަވީރުގެ ކަނޑައެޅިފައިވާ ގަޑިތަކުގައެވެ.
ފެންް ދޫކުރާ ގަޑިތައް
ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 އިން ހެނދުނު 9:00 އަށް އަދި
ހަވީރު 5:00 އިން ރޭގަނޑު 9:00 އަށް
ކަމަށް ފެނަކަ ކޯޕަރޭޝަނުގެ ފުވައްމުލަކު ބްރާންޗުން އާއްމުކޮށްފައި ވެއެވެ.
މިގޮތުން ދޫކުރާ ފެނަށް ބިލް ނުކުރާނެ ކަމަށްވެއެވެ. ފެނަށް ބިލް ކުރަން ފަށާނީ އާއްމުކޮށް އެކަން އިއުލާން ކުރުމަށްފަހު 24 ގަޑިއިރު ފެން ދޫކުރަން ފެށުމަށްފަހު ގައެވެ. ބިލްކުރަން ފެށުމުގެ ކުރިން ފެން މީޓަރު ތަކުގެ ރީޑިން ނަގާނެ ކަމަށް ވެސް ފެނަކައި ހާމަކުރެއެވެ.

ފުވައމްުލަކު ފެނ ޕްލާންޓްގެ ފެން ހޮޅިއެއް
އަދި މިހާރު ފެނުގެ ޚިދުމަތް ލިބެމުން ދާނީ އެޚިދުމަތަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ފެނަކައިން އާއްމުކޮށްފައިވާ އިއުލާނުގައި ވެއެވެ.
މިއީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހު އިފުތިތާޙު ކުރެވުނު ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫއުގެ ތެރެއިން ކުރިޔަށްދާ ބައެކެވެ. ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމަކީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ގައިމުކުރެވޭ އެންމެ ބިޔަ ބޮޑު ފެނާއި ނަރުދަމާގެ ނިޒާމު ކަމަށް މިމަޝްރޫޢުގު އަމަލީ މަސައްކަތް ފެށުމަށް ބޭއްވުނު ޖަލްސާގައި އޭރުގެ ރައީސް ޔާމީނު ވިދާޅުވެފައި ވެއެވެ. 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅުނު 300 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ނަމަވެސް މިޚިދުމަތް ރައްޔިތުންނަށް އަދި މިވަނީ ފުރިހަމައަށް ނުލިބިފައެވެ.
މިމަޝްރޫއުގައި ހިމެނޭ ނަރުދަމާގެ ޚިދުމަތްތަތް މިހާރު ވަނީ މުޅިރަށަށް އެއްކޮށް ހެން ލިބެން ފަށާފައެވެ. ގޭގޭގެ ފާޚާނާ ޖަންކްޝަންތައް ވަނީ ނަރުދަމާގެ ނިޒާމާއި ގުޅާ ލެވިފައެވެ.
3 ވަނަ އަހަރަކަށް މިމަޝްރޫޢު ދެމިގެން ދާއިރު ބައެއް ފަރާތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބުމުގެ އަލިމަގެއް ފެންނާން އަދި ނެތްކަމަށް ވެއެވެ. އެގޮތުން މިމަޝްރޫޢު ފެށިފަހުން ވަކިން ދިރިއުޅެން ފެށި އާއިލާތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައި ދެވޭނީ މިހާރު ހިންގާ ޕްރޮޖެކްޓް އެއްކޮށް ނިމުމުންކަމަށް ވެއެވެ. އަދި ފަހުން ޚިދުމަތަށް އެދޭ ފަރާތްތަކުން ޚިދުމަތް ގުޅުމަށް ފީއެއް ނެގޭނެ ކަމަށް ވެއެވެ. ނަމަވެސް އެފަދަ ފަރާތްކުގެ ޝަކުވާ އަކީ ޚިދުމަތް ނުލިބި ގިނަ ދުވަސްތަކަކަށް ދެމިގެން ދާތީއެވެ.

ފުވައްމުލަކު ފެން ޕްލާންޓް
ޚިޔާލުތައް