5 ޑިސެމްބަރ 2019 ( ބުރާސްފަތި )

ގައިޑް ލެވެލް 1 ގެ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން- ޏ.އޭއީސީ

ގައިޑަރސް ޓްރެއިނިން 1 ޏ.އޭއީސީގައި ކުރިޔަށް ގެންދަނީ

ގައިޑަރސް ލެވެލް 1 ގެ ތަމްރީނު ޕްރޮގްރާމެއްް ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިޔަށް އެބަގެންދެއެވެ. މިއީ ފުވައްމުއްލައް ސިޓީގެ ސްކޫލަތަކުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދެވޭ ކޯހެކެވެ.

ގާރލް ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޏ.އޭއީސީ ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި 55 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މިޕްރޮގްރާމުގައި ބައިވެރިވެފައި ވަނީ ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އާއި މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އައި ކެންގަރޫ ކިޑްސް -ބިލަބޮން ހައި އިންޓަރނޭޝަނަލް-ފުވައްމުލައް އާއި ފުވައްމުލަކު ސްކޫލުގެ އިތުރުން ޏ.އޭއީސީގެ ޓީޗަރުންނާއި ބެލެނިވެރިންނެވެ.

ގައިޑަރސް ލެވެލް 1 ގެ ބައިވެރިން- ޏ.އޭއީސީ

މިޕްރޮގްރާމުގެ ހަރަކާތްތައް ޏ.އޭއީސީ އާއި ފުވައްމުލަކު ތުނޑީގައި ވެސް ވަނީ ކުރިޔަށް ގެނެގޮސްފައެވެ.

 

ނިމުނު ހަފުތާގައި ވަނީ ޏ.އޭއީސީގެ 16 ކެޑޭޓް ދަރިވަރުން ޓްރެއިނިން ނިންމައި ހުވާކޯށްފއެވެ. އެދެރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ އައްޑުސީޓީގެ އަތޮޅުމަދަރުސާގަ ނުވަތަ ސ.އަތޮޅު ސްކޫލްއެވެ.

ސ.އަތޮޅު މަދަރުސާގައި ހުވާކުރި ކެޑޭތް ދަރިަވރުން – ޏ.އޭއީސީ



ކިޔުންތެރިންގެ ޚިޔާލު