A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި އަދަބީ ޢީދެއް ބާއްވަނީ

ދިވެހި ބަހުގެ އެކެޑަމީން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބަހާއި އަދަބިއްޔާތުގެ އެންމެ ބޮޑު އަހަރީ މަހާސަމާ ނުވަތަ ފެސްޓިވަލް ފުވައްމުލައް ސިޓީގައި ބޭއްވުމަށް އެ ތަނުން ނިންމައިފިއެވެ.
2020 ވަނަ އަހަރުގެ އަދަބީ ޢީދު ފުވައްމުލަކުގައި ބޭއްވުމަށް ނިންމަވާފައިވާކަމަށް އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ މިއަދު އިޢުލާން ކުރެއްވީ ފުވައްމުލަކު ސްކޫލުން އިންތިޒާމްކޮށްގެން ބޭއްވި ސައިންސް ފެއަރ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަހަރު އެއް ފަހަރު ދިވެހި ބަހުގެ އެކެޑަމީން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އަދަބީ ޢީދަކީ އޭގެ ފައިދާ އެތައް ގޮތަކުން ދަރިވަރުންނަށް ކުރަމުން އަންނަ، ކުރާނޭ، ޙަރަކާތެކެވެ. މި އަދަބީ ޢީދު ބާއްވަނީ ކޮންމެ އަހަރަކުވެސް ކޮންމެވެސް އަތޮޅެއްގައި އެ އަތޮޅެއްގެ ހުރިހައި އިސްކޫލުތަކުން ބައިވެރިވާ ގޮތަށް ހުޅުވާލައިގެންނެވެ. މި ފަދަ އަދަބީ ޢީދުތަކުގައި ކުދިންނާއި މުދައްރިސުންނާއި ބެލެނިވެރީންނަށް ބަހުގެ އަދަބިއްޔާތުގެ ހުނަރުތައް ތަރައްޤީކުރުމުގެ ކިލާސްތަކާއި އަދަބީ މުބާރާތްތަކާ އެ ނޫނަސް ބަހާ ބަހުގެ ހޭލުންތެރިކަމާއި އުނގެނުމާ ގުޅޭ އެތައް ކަމެއް ކުރިޔަށް ދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !