އޯޑިޓިން ފާމެއް ކަމަށްވާ ކްރޯވޭ މޯލްޑިވްސް އިން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް އަޟުހާ އީދާއި ގުޅުވައިގެން އިއްޔެ ހެނދުނު ޢީދު ހަދިޔާ ދީފިއެވެ. ހޭޒް ގައި ބޭއްވި ހަދިޔާ ދިނުމުގައި ކްރޯވޭގެ ޓީމުން ބައިވެރިވެފައިވެއެވެ.
މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ކްރޯވޭ މޯލްޑިވްސްގެ ކޯފައުންޑަރ ހަސަން މުހައްމަދު ވިދާޅުވީ މިއީ އެ ފާރމްގެ ކޯޕަރޭޓިވް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކުރިޔަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

ކްރޯވޭ މޯލްޑިވްސްއިން ހަދިޔާ ދިނީ ޚާއްސައެހީއަށް ބޭނުންވާ ކުދަކުދިންނަށް
ކްރޯވޭއިން ޢީދު ހަދިޔާ ދީފައި ވަނީ ހޭޒްގެ އިތުރުން އެމްޖޭއެސް އާއި ފުވައްމުލކު ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ ކްލާސްތަކުގެ ދަރިވަރުންނަށެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ހުންނަ ޖެންޑަރ މިނިސްޓރީގެ ބެލުމުގައި ދަށުގައިވާ ކުދިންނަށް ވެސް ޢީދު ހަދިޔާ ދީފައިވެއެވެ. ހަދިޔާދިނުމުގެ ޕްރގްރާމުގައި 100 އަށް ވުރެ ގިނަ ކުދިންނަށް ހަދިޔާ ދީފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ސްކޫލް ކުދިންނަށް ހަދިޔާގެ ގޮތުގައި ދީފައި ވަނީ ބަންދުކުރެވިފައިވާ ހަދިޔާ ޕެކް ތަކެކެވެ. ނަމަވެސް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ހަދިޔާގެ ގޮތުގައި ދީފައިވަނީ ފިހާރަތަކުން ބޭނުން އެއްޗެއް ގަތުމަށް ވައުޗާރ ކަމަށް ހަސަން މައުލޫމާތު ދެއްވިއެވެ.

ކްރޯވޭ މޯލްޑިވްސް އިން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ފުވައްމުލަކުގައި ތިބި ކުދިންނަށް ހަދިޔާގެ ވައުޗަރ ހަވާލުކުރުން
ކްރޯވޭއިން ވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އިންޓަރނަލް އޯޑިޓިން އާއިގުޅޭ ތަމްރީނެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
ކްރޯވޭއަކީ އޯޑިޓިން ދާއިރާގައި ރާއްޖޭގައި ހިންގާ ފުންނާބު އުސް ކުންފުންޏެކެވެ.
ޚިޔާލުތައް