19 ސެޕްޓެމްބަރ 2019 ( ބުރާސްފަތި )

އެރ

މޫދަށް އެރިއެޅުނިކޮށް ގެބެމުންދިޔަ ޒުވާނަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފި

މިއަދު ހަވީރު ފުވައްމުލަކު ތޫޑު ސަރަހައްދުގެ މޫދަށް އެރިއުޅެނިކޮށް ގެބެމުންދިޔަ ޒުވާނަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފިއެވެ. މިއަދު މެންދުރުފަހު 2.30 އެހާކަށްހާއިރު ހިގި މިހާދިސާގައި ގެބެނީ ދ.އަތޮޅު ޒުވާނެއްކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

އެޒުވާނާ ގެބެމުންދަނިކޮށް ސަލާމަތްކޮށް ފައިވަނީ އެވަގުތު އެތަނުގައި ތިބިމީހުންނެވެ. އީދު އުފާފާޅުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ތޫޑު ސަރަހައްދަށް ގޮސްތިބިކަމަށްވެއެވެ. މިއަދު މޫސުން ގޯސްނޫންނަމަވެސް ރާޅު ބޮޑުކަން މިކަލް ނޫހުގެ ރިޕޯޓަރު ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވީ ޒުވާނަކަށް ފަރުވާދެމުން ދާކަމަށާއި އެޒުވާނާގެ ހާލު ރަގަޅުކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު


  1. ދަންނަ ނުދަންނަ 13 އޯގަސްޓް 2019 22:08

    ދޮގުމަައުލޫމާތެއް:ގެނބުނީ އައްޑޫ ކުޑަކުއްޖެއް އެކުއްޖާ ހާލުރަނގަޅު އެކުއްޖާ ހޮސްޕިޓަލަކައް ނުގެންދޭ. ހޮސްޕިޓަލައް ގެންދިޔައީ އެކުއްޖާ ސަލާމަތް ކުރަން ފުރަތަމަ މޫދައް އެރި މަސައްކަތް ކުރި ޒުވާނާ. ދ އަތޮޅެެއްވެސްނޫން .ހދ ހަނިމާދޫ ޒުވާނެއް އެއީ އޭނަ ގެނބުނީއެއްވެސްނޫން. ނޭވާއުނދަގޫވާ ޒުވާނެއްވީމަ މާބޮޑައް ވަރުބަލިވެ ނޭވާލާން އުނދަގޫވެ ބޯއަނބުރާ ހޮޑުލެވޭތީ ހޮސްޕިޓަލައް ގެންދިޔައީ