A wide advertisement which will be shown on all devices. (700 x 100)

އުތުރު ދާއިރާގެ އެމްޕީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އަންނަ ހުކުރު ދުވަހުގެ ރޭ

އުތުރު ދާއިރާގެ މެމްބަރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޯގަސްޓް 30ގެ ރޭ 8:30 ގައި

ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީ އުތުރުދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ދާއިރާގެ ރައްޔިތުންނާއިއެކު ބާއްވާ ފުރަތަމަ އާއްމު ބައްދަލުވުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާގޮތަށް އިއުލާންކޮށްފިއެވެ.

މިއީ މިއަހަރުގެ މަޖުލިސް ދެވަނަ ދައުރު ނިންމައި އެއްމަސް ދުވަހުގެ ޗުއްޓީގެ މެންބަރުން ފަށާ ހިސާބެވެ. ދެން އަލުން މަޖުލިސް ފެށޭނީ އޮކްޓޯބަރު މަހުގައެވެ.

ޖަޒީރާ ފުވައްމުލައް ތީމުގެ ދަށުން “ރައްޔިތުންގެ މަންދޫބު ރައްޔިންނާއި ބައްދަލް ކެރުން” މިސުރުޚީގައި މުހައްމަދު ރަޝީދުގެ ފަރާތުން އާއްމު ކުރައްވާފައިވާ ނޯޓިހުގައި ވާގޮތުން، 30 އޯގަސްޓް ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:30ގައި ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުންނާއި އެކު އޭނާ ބައްދަލު ކުރައްވާނެއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ  ފުވައްމުލައް ސިޓީ ހޯދަޑު އަވަށުގެ އެމްޑީޕީ ހަރުގޭގައެވެ.

މަޖުލިސް ކެމްޕޭނުގައި އެޖެންޑާ 19ގައި ހިމެނިގެން ރައްޔިތުންނާއި ކޮންމެ މަހަކު އެއްފަހަރު މަޖުލިސް މެންބަރު ބައްދަލުކުރަން ހުށަހެޅުނެވެ. ނަމަވެސް އެކަން ހަގީގަތަކަށް ވާނީ މަޖުލީސް މެންބަރުންގެ ގަވާއިދު އެގޮތަށް އިސްލާޙު ވުމުންނެވެ. އެކަން އަދި މަޖުލީހުން ނުނިމެއެވެ. ކޮންމެ މަހަކު އެއްފަހަރު ބައްދަލުކުރެއްވުމަކީ ނާދިރުކަމެއް ކަމަށާއި އެކަން  މަޖުލީހުގެ ކޮންމެ ދައުރަކު އެއްފަހަރު ބައްދަލުކުރާ ގޮތަށް ބަދަލުގެނައުމަށް ވެސް ހުށަހެޅިގެން ވާހަކަ ދެކެވުނެވެ.

މިގެ އިތުރުން މެންބަރުގެ ދާއިރާގައި މެންބަރުގެ ފަރާތުން މައުލޫމާތު ބަދަލުކުރުމަށް ނުވަތަ މެންބަރާއި ގުޅުމަށް އޮފީހެއް ގާއިމުކުރުމަށް ވެސް އެޖެންޑާ 19ގައި ހިމަނާފައި ވެއެވެ. އެގޮތުން ފުވައްމުލައް ސިޓީގެދެކުނު ދާއިރާގެ މެމްބަރު ވަނީ މި އޯގަސްޓް މަހުގެ ފުރަތަމަ ކޮޅުގައި ދާއިރާގައި އޮފީހެއް ދޫނޑިގަމު އަވަށުގައި ހުޅުވާފައެވެ.

މެދުދާއިރާގެ މެންބަރު ހުސޭން ރައްޔިތުންނާއި ބައްދަލު ކުރެއްވުން މި އޯގަސްޓް މަހު 1 ގައި ވަނީ ބާއްވާފައެވެ.

އުތުރު ދާއިރާގެ މެމްބަރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޯގަސްޓް 30ގެ ރޭ 8:30 ގައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !