ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ ފެނުގެ ނިޒާމުން މުޅި ރަށަށް ފެން ދޫކުރުމަށާއި ދޫކުރާ ފެނަށް ބިލްކުރަން ފެނަކަ ފުވައްމުލަކުން ތައްޔާރުވާން ފަށައިފިއެވެ.
އެގޮތުން އަންނަ ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހުން ފެށިގެން މީޓަރުތަކުގެ ރީން ނެގުމަށް ވަނީ ހަމަޖެހިފައެވެ. ފެންމީޓަރުތަކުގެ ރީޑިން ނެގުމަށްފަހު ފެން ދޫކުރާނީ ފެނުގެ ޚިދުމަތަށް އެދިފައިވާ ފަރާތްތަކަށް ބިލްކުރާ އުސޫލުން ކަމަށް ފެނަކައި ހާމަކުރެއެވެ.
މިހާރު ފެނުގެ ޚިދުމަތަށް އެދި ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށްފަހު އެކުންފުނީގެ ކަސްޓަމަރ ސާރވިސް ސެންޓަރަށް ހުށަހެޅުމުން ޚިދުމަތް ދެވޭނެކަމަށެވެ.
ފެނުގެ ޚިދުމަތަށް ގުޅާފައި ފެން ބޭނުން ނުކުރިޔަށް ކަނެކްޝަން ފީގެ ގޮތުގައި މަހަކު 30 ރުފިޔާ ދައްކަން ޖެހެއެވެ.
އެކުންފުނިން ދޭ ފެނުގެ ޚިދުަތަށް އަގު ނެގުމަށް ހަމަޖެހިފައިވާ ގޮތް:

ފުވައްމުލައް ސިޓީ ފެނުގެ ޚިދުމަތުގެ އަގު ލިސްޓް 2019
ފެނަކައިން ހާމަކުރައްވާފައިވާ ގޮތުގައި ބައެއް ފަރާތްތަކުން ވަޅުފެނާއި ސަޕްލައި ފެން އެއްކުރުމަށް ގުޅާފައި ހުރެއެވެ. މިގޮތަށް ގުޅައިގެން ދެފެން އެއްވުމުން އެފެނުގެ ރައްކާތެރިކަން ޔަގީން ނުކުރެއެވެ. އެގޮތުން އެއްކުރެވޭ ފެނަކީ ބޯން އެކަށީގެންވާ ފެނަށް ނުވެދާނެތީ އެފަދަ ފެން ބުއިމަށް ބޭނުންކުރުމަށް އެދިފައި ވެއެވެ.
އަދި އެއްވެސް ފަރާތަކުން އެފަދަ ކްރޮސް ކަނެކްޝަނެއް ހަދާފައިވާނަމަ އެކަން ރަނގަޅު ކުރުމަށް ވަނީ އަންގާފައެވެ.

ފުވައްމުލަކު ފެން ޕްލާންޓް
ޚިޔާލުތައް