A wide advertisement which will be shown on all devices. (700 x 100)

އަލިފާނުގެ ހާދިސާގައި މުސްކުޅި ދެމީހުން ސަލާމަތް ކުރީ އޭނާއެއް ނޫން – ހަނޫން

ހަނޫން އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތްކުރުމުގައި އެހީތެރިވަނީ - ފޮޓޯ މިހާރު އޮންލައިން

މާލޭގައި މި ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މުސްކުޅި ދެ މީހުން ސަލާމަތް ކުރުމުގައި އެހީތެރިވީ އޭނާ ނޫންކަމަށް ފުވައްމުލަކު ދަނޑިމަގު ސާމިރީގެ ހަނޫން ހުސައިން ހާމަކުރެއެވެ.

ފުވައްމުލަކުގެ ބައެއް މީހުން ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯއާއެކު މުސްކުޅި އަދި ބަލި އެ ދެ މީހުން ސަލާމަތްކުރީ އޭނާ ކަމަށް ބުނެ ޝެއަރ ކުރަމުން ދާ ޕޯސްޓަކަށް ޖަވާބު ދިނުމުގެ ގޮތުން އޭނާ ކުރި ޕޯސްޓެއްގައި އެ ދެމީހުން ސަލާމަތް ކުރީީ އޭނާ ނޫން ކަމަށް ބުނެ އެދުވަހު އޭނާ އަދާކުރި ދައުރު ބުނދީފައި ވެއެވެ.

އެދުވަހުގެ ހާދިސާގައި، އިމާރާތް ތަކުން އެހެން މީހުން ސަލާމަތް ކުރުމުގައި އާއި އަލިފާން ނިއްވުމުގައި އޭނާ އެހީތެރިވެދީ އުޅުނު ކަމަށް ޒުވާން ކުރިކެޓް ކުޅުންތެރިޔާ ބުނެއެވެ. އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓަކުން މީހުންނަށް އެކަން ސާފުކޮށް ދިނުމަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި އެ ހާދިސާގައި މުސްކުޅި ދެ މީހުން ސަލާމަތް ކުރުމުގައި އެހީތެރިވި ދެ މީހުންނަށް ހައްގު ތައުރީފު އޭނާ ނަގަން ބޭނުން ނުވާތީ ކަމަށެވެ. އަބަދުވެސް އެދެނީ ގައުމަށް ޚިދުމަތް ކުރުން ކަމަށް އޭނާގެ ޕޯސްޓްގައި ހާމަކޮށްފައި ވެއެވެ.

އޮޅުން އަރާގޮތަށް ކޮށްފައިވާ ފޭސްބުކް ޕޯސްޓައި ހަނޫން އެއަށް ދީފައިވާ ޖަވާބު

މިހާދިސާގައި އާއްމުންނަށް އޮޅުންތަކެއް އެރިކަމަށް ބެލެވެނީ “ދުވަސްވީ ބަލި މީހަކު ސަލާމަތްކުރަން ވަނީ ދެ ޒުވާނުން” ނަމުގައި މިހާރު ނޫހުގައި ލިޔެފައިވާ އާރޓިކަލްގައި ޖަހާފައިވާ މައި ފޮޓޯގައި ހިމެނޭ ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނަކީ ހަނޫން ކަމަށް ވުމުންނެވެ. ނަމަވެސް އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންނާއި އާއްމުން ހަރަކާތްތެރި ވަނީ ކަމަށެވެ. ލިޔުމުގައި އަދި ފޮޓޯގައި ވެސް ހާދިސާގައި މުސްކުޅި ދެމީހުން ސަލާމަތް ކުރީ އެފޮޓޯގައި ތިބި ދެ މީހުން ކަމަށް ބުނެފައެއް ނުވެއެވެ.

މިކަލް ނޫހުން ބެލި ބެލުމުން އެނގުނީ މުސްކުޅި އެ ދެމީހުން ސަލާމަތްކުރީ އަލިފާނުގެ ހާދިސާ ތަޖުރިބާކުރި އެހެން ދެ ޒުވާނުން ކަމަށްވާ ޝިނާން އަދި މުބީން ކަމެވެ. ތިރީގައި ނަކަލުކޮށްފައިވާ ސަން އޮންލައިން ގެ ފޮޓޯގައި އެވަނީ އެ ދެ ޒުވާނުންނެވެ. މިކަމާއި ގުޅޭ ގޮތުން އެ ތަނުން އެކަކު ބުނެފައި ވަނީ:

އަލިފާނުގެ ހާދިސާގައި ބަލި އަދި މުސްކުޅި ދެ މީހުން ސަލާމަތް ކުރުމުގައި އެހީވި ދެ ޒުވާނުން.، ޝިނާނު އާއި މުބީން ފޮޓޯ: ‘މިހާރު’

“ތިރިިއަށް ފޭބި އިރު ސަލާމަތްކުރިން ތިރީ ބައިގައި އުޅޭ މުސްކުޅި ނުހިނގޭ ބޭބެއަކާއި މާމައަކާ ވެސް. ފިރިހެނަކު ނެތް އެބައިތަކުގައި. އެއްޗިއްސަށް ވުރެ މީހުން ބޭލުވޭތޯ އަޅުގަނޑުމެން ބެލީ. މާތް ﷲގެ ރަހުމަތް ފުޅުން އަޅުގަނޑުމެންގެ އާއިލާ މީހަކަށް ކަމެއް ނުވޭ.” ޝިނާން ސަން އޮންލައިން ނޫހަށް ބުނެފައިވެއެވެ.

އޭނާގެ މިބަހަށް ބާރުލިބޭ އަނެއް ހެއްކަކީ މިހާދިސާ ތަޖުރިބާ ކުރި އެދެ މުސްކުޅިންގެ މާމަ އަދި ކާފަ ދަރި ޒީޝާން މިހާރު ނޫހަށް ބުނެފައިވާ ބުނުމުންނެވެ. ޒިޝާން ގަބޫލުކުރާ ގޮތުގައި އެ އާއިލާ އަށް ސަލާމަތް ވުމަށް މެދުވެރިވީ އެ ދެ ޒުވާނުންނެވެ. އެ ދެމީހުންނަށް ޒީޝާން ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !