A wide advertisement which will be shown on all devices. (700 x 100)

ފޯސީޒަންސްގެ އެޕްރެންޓިސްޝިޕްގައި ބައިވެރިވުމުގެ ފުރުސަތު

ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލައް ސިޓީގެ ދަރިވަރުންނަށް

ފޯރ ސީޒަން ރިޒޯރޓށްގެ އެޕްރެންޓިސްޝިޕްގައި ބައިވެރިވުމަށް މައުލޫމާތު ދިނުމާއި އިންޓަވިއުކުރުން އަންނަ ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީ ހާފިޒު އަހުމަދު ސްކޫލުގައި ބޭއްވުމަށް ތައްޔާރުވަމުން އެބަ އާދެއެވެ.

ފުވައްމުލައް ސިޓީގައި ބާއްވާ ކުދިން ހޮވުމުގެ ސެޝަން ތާވަލް ކުރެވިފައި ވަނީ ހެނދުނު 9:30 ގައި ފަށާގޮތަށެވެ. މިސެޝަނުގައި މިޕްރޮގްރާމާއި ގުޅޭ މައުލޫމާތު ދިނުމާއި ދަރިވަރުން ސްކްރީނުކުރުން އަދި އިންޓަވިއުކުރުން ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރސީޒަން ރިޒޯރޓްސް އިން އަންނަނީ ހޮސްޕިޓަލިޓީ ދާއިރާއިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއެކު ބައިވެރިންނަށް ކިޔަވައިދިނުމުމުގެ ކްލާސްތަކެއް ހިންގަމުންނެވެ. އެގޮތުން މިފަހަރު ކުދިން ހޮވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު މޭމަހުގައި ކިޔެވުން ފެށޭ ކްލާހަށް ކަމަށް ވެއެވެ. މިއީ އެއް އަހަރުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ ސަރުކާރުގެ ކަމާގުޅޭ ދާއިރާއާއި ގުޅިގެން ހިންގޭ އެޕްރެންޓިސް ޕްރޮގްރާމެކެވެ.

ފޯސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަރަށްބޮޑު ތަރުހީބެއް ލިބޭ އަދި ގިނަ ދަރިވަރުން ފުރުސަތު ހޯދުމަށް ކުރިމަތިލާ ޕްރޮގްރާމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !