A wide advertisement which will be shown on all devices. (700 x 100)

އުރަމަތީގެ ކެންސަރާއި ބެހޭ މައުލޫމާތު ސްކޫލް ކުދިންނަށް ދީފި

އުރަމަތީގެ ކެންސަރާއި ބެހޭ މައުލޫމާތު ސްކޫލް ކުދިންނަށް ދިނުން - ހޭޒް

މިހާރު ފާހަގަކުރަމުންދާ ބައިނަލް އަގުވާނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ހަފުތާއާއި ގުޅުވައިގެން ފުވައްމުލައް ސްކޫލްތަކުގެ އަންހެން ދަރިވަރުންނަށް ކަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފުވައްމުލައް ހޮސްޕިޓަލުން ކުރިޔަށް ގެންގޮސްފިއެވެ. ބްރެސްޓް ކެންސަރ މަހުގެ ގޮތުގައި ފާހަގަ ކުރަނީ އޮކްޓޯބަރު މަހެވެ.

މިއަދު ހާފިޒު އަހުމަދު ސްކޫލާއި އެމްޖޭއެސް ގްރޭޑް 7 އިން މަތީގެ އަންހެން ދަރިވަރުންނަށް އުރަމަތީގެ ކެންސަރާއިގުޅޭ މައުލޫމާތި ދިނުން ބާއްވާފައި ވަނީ އެ ސްކޫލްތަކުގައެވެ. އެ ދެ ސްކޫލުން ވެސް ގިނ އަދަދެއްގެ ކުދިން މިސެޝަނުގައި ބައިވެރިވެފައިވެއެވެ.

އުރަމަތީގެ ކެންސަރާއި ބެހޭ މައުލޫމާތު ސްކޫލް ކުދިންނަށް ދިނުން – އެމްޖޭއެސް

މިއީ ބައިނަލް އަގުވާމީގޮތުން ފާހަގަ ކުރާ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ފުވައްމުލައް ހޮސްޕިޓަލުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބައެކެވެ.

މީގެ އިތުރުން ހިނގާލުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިަފއެވެ.

އުރަމަތީގެ ކެންސަރާއި ބެހޭ މައުލޫމާތު ސްކޫލް ކުދިންނަށް ދިނުން – އެމްޖޭއެސް

ފާއިތުވި 2018 ވަނަ އަހަރު އެކި ގައުމުތަކުން އަލަށް 2.1 މިލިޔަން މީހުންނަށް ބްރެސްޓް ކެންސަރުޖެހިފައިވެއެވެ. އަދި 627000 މީހުން ބްރެސްޓް ކެންސަރ ޖެހިގެން މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ހާމަކުރެއެވެ. މިއީ ރާއްޖޭއިން ވެސް ފެންނަ ބައްޔެކެވެ. މިބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ އަމާޒަކީ 2050 ވަނަ އަހަރުން ފެށިގެން މިބަލި ޖެހޭ އެންމެނަށް ވެސް ޝިފާ ދެވި ރަނގަޅު ކުުރުމެވެ.

އުރަމަތީގެ ކެންސަރ- ޕިންކް ރިބަން ނިޝާން

ޕިންކް ރިބަން ނިޝާނަކީ އުރަމަތިގެ ކެންސަރަށް މިހާރު ބޭނުންކުރާ ކޯޑް ނަމެވެ. އެއީ މިދުވަސް ފާހަގަ ކުރުމަށް ބައިނަލް އަގުވާމީގޮތުން ބޭނުންކުރާ ނިޝާނަކީ ޕިންކް ރިބަން އަށް ވާތީއެވެ. އަދި ބައެއް މީހުން މިދުވަހުގެ ހަރަކާތްތަކުގައި ޕިންކް ހެދުން އަޅައި އުޅެއެވެ.

ބްރެސްޓް ކެންސަރ – ޕިންކް ރިބަން ނިޝާން

ޕިންކް ރިބަންގެ ޚާއްސަ ނިޝާން އެންމެ ފުރަތަމަ ބޭނުންކުރީ 1991 ވަނަ އަހަރު،  ޗާލޮޓް ކިޔާ އެމެރިކާގެ ކެލިފޯނިއާގެ އަންހެނަކު އޭނާގެ ގޭގެ ކާކޮޓަރީގައެވެ. އެންމެ ފުރަތަމަ އޭނާ ބޭނުންކުރި ނިޝާނުގައި ހުރީ ޕިންކް ކުލައެއް ނޫނެވެ. ޕީޗް ކުލައެވެ. ނަމަވެސް ފަހުން، މަޝްހޫރު އަންހެންނުގެ މަޖައްލާއެއްގެ އެޑިޓަރ އާއި ކޮސްމެޓިކް ކުންފުންޏެއްގެ ވައިސް ޕްރެޒިޑެންޓް އާއި ގުޅިގެން މިނިޝާން ޕިންކު ކުލައިން ބޭނުން ކުރަން ފެށުމާއެކު މިނިޝާން ވައިގައި ހިފާ މުޅި ދުނިޔޭގެ ސަމާލުކަމަށް އައީއެވެ. މިހާރު އެއީ މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ ބްރެސްޓް ކެންސަރ ނިޝާނެވެ.

އުރަމަތީގެ ކެންސަރާއި ބެހޭ މައުލޫމާތު ސްކޫލް ކުދިންނަށް ދިނުން – ހޭޒް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !