A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް ނިސްބަތްވާ ހަމައެކަނި ވަޒީރު ވަކިކުރަން އުޅޭކަމަށް ތޯރިގު ތުހުކުރައްވައިފި

މިސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ފުވައްމުލަކަށް ނިސްބަތްވާ ހަމައެކަނި ވަޒީރު މިނިސްޓާ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ވަޒީރުކަމުން ދުރުކުރަން އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ. ތޯރިގު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖިީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން މަޖިލިހުގައި މިއަދު އޮތް ބަހުސްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވަކިކުރައްވަން އުޅުއްވަނީ ކަރަޕްޝަނުގެ ތުހުމަތު ކުރެއްވުމަށްފަހުގައި ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރައްވަނީ އެ ބޭފުޅުން ބޭރުކުރާނެ އިތުރު މަގެއް ނުފެނުނީމަ އެވެ.

ތޯރިގް އެގޮތަށް ވިދާޅުވުމާ ގުޅިގެން ރިޔާސަތުގައި އެ މައުލޫއަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ މައިކް ކަނޑުއްވާލެއްވިއެވެ.

އެމްއެމްޕީއާރުސީ ޚިޔާތުން މަންފާ ލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓަ ޖެނެރަލް ބިޝާމް މިތިން ބޭފުޅުންނަށް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް، ވަޒީރުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

މަލީހު ވަޒީރުކަމުން ވަކިކޮށްފިނަމަ ފުވައްމުލަކަށް ނިސްބަތްވާ އެއްވެސް ވަޒީރަކު ވަޒީރުންގެ މަޖިލީހުގައި ނުހުންނާނެއެވެ. ދައުލަތުގެ އިސް މަގާމުތަކުގައި ފުވައްމުލަކު މީހުން މަދުކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް އެމްޑީޕީ އަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގެން އާންމުންނާ ބައްދަލު ކުރެއްވުމުން އާންމުންގެ ތެރެއިން ވަނީ އެމްޑީޕީއަށް އިން ފުވައްމުލަކަށް ނިސްބަތްވާ އެއްވެސް ފަރާތަކަށް ވަޒީރުކަންވެސް އަދި ކުންފުންޏެއްގެ އެމްޑީކަންވެސް އަދި މިނިވަން މުއައްސަސާއެއްގެ އެންމެ އިސްވެރިއެއްގެ މަގާމަށް އައްޔަންކޮށްފައި ނުވާތީ ޝަކުވާ ހުށަހަޅުއްވާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !