A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ރިންގުރޯޑުގައި ތާރު އަޅަން ފަށައިފި

thaaru

ޖަމާލުއްދީން ނައިބު ތުއްތު މަގު ނުވަތަ ފުވައްމުލަކު ރިންގުރޯޑުގެ ތާރު އެޅުމަށް ތައްޔާރުކުރެވުނު ސަރަހައްދުގައި ތާރު އަޅަން ފަށައިފިއެވެ. މިއަހަރު މާޗު މަހު އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މިމަސައްކަތް މިމަސް ފެށުމާއިއެކު ސްޕީޑު ހަލުވިއެވެ. އެގޮތުން މިމަހު 13 ވަނަ ދުވަހު ހިލަފަށަލަ އަތުރާލުމުގެ މަސައްކަތް ފެށިއެވެ. އަދި މޫސުންގޯސްކޮށް ދިޔަ ނަމަވެސް މަސައްކަތް ކުރިއަށް ގެންގޮސް އިއްޔެވަނީ ހިލަ ފަށަލަމައްޗަށް ކެމިކަލް ދުއްވާފައެވެ. އެއަށްފަހު ތާރުގެ މަސައްކަތް ފެށިފައިވަނީ މިއަދު ހަވީރުއެވެ.

މިއަދު 50 މީޓަރުގައި ތާރު އެޅިގެންދާނެ ކަމަށް ކޮންޓްރެކްޓަރާއި ހަވާލާދީ ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު ލިރާރު ހާމަކުރެއްވިއެވެ. ލިރާރު އިތުރަށް ވިދާޅުވީ މިއަދު 50 މީޓަރުގައި ތާރު އެޅުމަށްފަހު ސާމްޕަލް ނެގޭނެކަމަށާއި އެސާމްޕަލް ޓެސްޓްކުރުމަށްފަހު ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ. ތާރު އެޅުމުގެ މަސައްކަތް ނިމުމާއިއެކު މަގުބައްތި ނެތް ހިސާބުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް އެމްޓީސީސީއިން ފަށާނެކަމަށްވެސް ލިރާރު ވިދާޅުވިއެވެ.

ފުވައްމުލަކު ނައިބު ތުއްތުމަގުގެ 2.7 ކިލޯ މީޓަރު ތާރު އެޅުމުގެ މަސައްކަތް 2015 ވަނަ އަހަރު 360 ދުވަސްތެރޭ ނިންމުމަށް 2015 ވަނަ އަހަރު އެމްއާރުޑީސީ އާއި ހަވާލުކުރެވުނެވެ. ނަމަވެސް 3 އަހަރު ވެގެން ދިޔައިރުވެސް އެމަސައްކަތް ނުނިމި ރިއާސީ އިންތިޚާބާއި ބޯމަތިވުމާއިއެކު އެމަގުގެ މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް ރިއާސީ އިންތިޚާބު ނިމިގެން ދިޔައިރުވެސް ތާރުގެ މަސައްކަތާއި ހަމައަށް ނާދެވުނެވެ. އެއާއިއެކު އާސަރުކާރުން ހަވާލުވެ 240 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީ އާއި މިދިޔަ މާޗުމަހު ވަނީ ހަވާލުކޮށްފައެވެ.

ނަމަވެސް އެމްޓީސީސީއިން ހާމަކުރަނީ އެއަށްވުރެ މާއަވަހަށް ނިންމާނެކަމަށެވެ. މިމަސައްކަތް ނިންމުމަށްފަހު ރަށުތެރޭ މަގުތަކުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެމްޓީސީސީއިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެންމެ ފަހުން ފުވައްމުލަކު މަގެއްގައި ތާރު އެޅިފައިވަނީ މީގެ 15 ވަރަކަށް އަހަރުކުރިންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !