A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ނެއިބަރހޫޑް ޕޮލިސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްފި

ފުވައްމުލައް ސިޓީގައި ނެއަިބަރހޫޑް ޕޮލިސް އިފްތިތާޙުކުރުން ނޮވެމްބަރ 2019

ފުވައްމުލައް ސިޓީގައި ނެއިބަރހޫޑް ޕޮލިސް ގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. ފުވައްމުލައް ޕޮލިސް ސްޓޭޝަނުގައި ބޭއްވި މިރަސްމިއްޔާތުގެ ޝަރުފުވެރި ކޮށްދެއްވީ ޕޮލިސް ކަމިޝަނަރ މުހައްމަދު ހަމީދު (އެމްސީ) އެވެ. މިރަސްމިއްޔާތުގައި ޕޮލިސް ކަމިޝަނަރގެ އިތުރުން ފުވައްމުލައް ސިޓީގެ މޭޔަރ ފަލާޙު ޝަރީފާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ބައިވެރިވެވަޑައިގަތެވެ.

ނެއިބަރހުޑް ޕޮލިހަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ފުލުހުންގެ ޚިދުމަތް ދިނުމުގެ ގޮތުން މިހާރު ގެންގުޅޭ އުސޫލުތަކެކެވެ. މިއުސޫލުތައް ފެށިގެން އައިސްފައި ވަނީ ކުރީގެ ކޮމިއުނިޓީ ޕޮލިސް ރިބްރޭންޑް ވެގެންނެވެ. މިފަދަ ގޮތަކަށް ފުލުހުންގެ ޚިދުމަތް ބައްޓާން ކުރަން ފެށިގެން އައީ ޖަޕާނުގައި ބޭނުންކުރާ ކޯބަން ސިސްޓަމުގެ ތެރެއިންނެވެ. މިއުސޫލުގެ ދަށުން ފުލުހުންގެ ޚިދުމަތުގައި ހަރަކާތްތެރިވާ ފުލުހުންނަށް އިތުރު ޒިންމާތަކެއް ހަވާލުކުރެވިގެން ދެއެވެ. އެގޮތުން ކުރިން ވަކިންޚާއްސަ ބަޔަކު ތިބޭ ތަހުގީގީ ކަންކަން ކުރުމުގެ އިޚުތިޔާރުއާއި އާއްމު ހެލުންތެރިކުރުވުމުގެ ކަންކަން ކުރުމުގެ ލިބިގެންދާނެއެވެ.

ނެއިބަރހޫޑް ޕޮލިސްގެ ޚިދުމަތް ދިނުމައް ބޭނުންވާ ގޮތަށް ފުލުހުންގެ މުއައްސަސާގެ އޮނިގަނޑު ބަދަލުކުރަމުން އަންނަ ކަމަށް ކަމިޝަނަރު ވިދާޅުވިއެވެ.

ނެއިބަރ ހޫޑް ޕޮލިސްގެ ޚިދުމަތް ތައާރަފުކުރުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަމިޝަނަރ ވިދާޅުވީ މިޚިދުމަތަށް ފުލުހުން ތަމްރީނު ކުރުމުގެ ގޮތުން ތަރައްގީވެފައިވާ ގައުމުތަކަށް، އެމީހުން ފޮނުވައިގެން ކަންކަމުގައި ފުލުހުން ހަރަކާތްތެރިވާ ގޮތުގެ ވައްޓަފާޅި ތަޖުރިބާކޮށް ކަންކަން ދަސްކުރުމަށް ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށެވެ.

އެގޮތުން ކުރިޔަށް މިއޮތް 2020ގެ ފުރަތަމަ ކުއާޓަރ ގައި ފުވައްމުލައް ސިޓީ ޕޮލިސް ގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ވެސް ކަނޑައެޅޭ މިންވަރެއްގެ ފުލުހުންނަށް އެފުރުސަތު ހޯދަވައި ދެއްވާނޭ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަކީ ތަފާތު ގޮންޖެހުންތަކާއި އެކު ރައްޔިތުންނާއި ގުޅިގެން ކުށް މަދުކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ޚިދުމަތެއްކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !