29 މާރިޗު 2020 ( އާދީއްތަ )

banner

ދެކުނު ދާއިރާގެ އަންހެނުން ކޮމެޓީއަށް ކުރިމަތިލި 1. ޒުނޭރާ އާއި(ވ.) 2. ހަނީފާ (މ.)

އަންހެނުންގެ ކޮމެޓީގެ ފވމ ދެކުނު ދާއިރާގެ ގޮނޑިއަށް ވޯޓުލެވޭ މީހުންގެ ލިސްޓް އާއްމުކޮށްފި

ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފުވައްމުލަކު ދެކުނު ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް ފުވައްމުލައް ސިޓީ ކައުންސިލުން ޢާއްމު ކޮށްފިއެވެ.

މި އިންތިޚާބުގައި ވޯޓުލެވެނީ އުމުރުން 18 އަހަރު ފުރިފައިވާ ފުވައްމުލަކު ދެކުނު ދާއިރާގައި ރަޖިސްޓްރީ ވެފައިވާ އަންހެނުންނަށް އެކަންޏެވެ. މި އިންތިޚާބުގައި ވޯޓް ލުމުގެ ޝަތުތު ފުރިހަމަވާ ތިބީ 618 އަންހެނުންނެވެ. މިއިީ ފުނާޑު އަވަށާއި ދޫނޑިގަމު އަވަށް ހިނެމޭ އިދާރީ ދާއިރާއެވެ.

މިހާރު އާއްމުކުރެވިފައިވާ ލިސްޓްގައި މައްސަލައެއް އޮތްނަމަ މާދަމާ، 14 ނޮވެމްބަރުގެ މެންދުރު ފަހު 2:00 ގެ ކުރިން އައިޑީ ކާޑާއެކު ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް އައުމަށް ވަނީ އާއްމުކޮށް އިއުލާން ކޮށްފައެވެ.

މި އިންތިޚާބުގައި ވާދަކުރަނީ ދެފަރާތަކުންނެވެ. ގުރުއަތުން ނަން ތަރުތީބު ކުރެވިފައި ވަނީ:

1. މަރިޔަމް ޒުނޭރާ

2. ހަނީފާ އިބްރާހިމް

މިއިންތިޚާބުގައި ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ނޮވެމްބަރު މަހު 16 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ.

މި އިންތިޚާބު މޮނިޓަރ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ވަނީ މި ނޮވެމްބަރު މަހު 13 އާއި ހަމަޔަށް ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ޚިޔާލު