ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބެހޭ ގޮތުން މަޖިލިސް ރައީސް ދައްކަވާ ވާހަކަތައް ތަޙްޤީޤްކުރަންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. ޖަމީލު މިހެން ވިދާޅުވެފައިވަނީ ފުލުހުންނާއި ސިފައިން ހަރުކަށި ފިކުރަށް ލެނބި އަނދިރި ދައުލަތަށް ބައިއަތު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައިވަނިކޮށެވެ.
“ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބެހޭ ގޮތުން މަޖިލިސް ރައީސް ދައްކަވާ ވާހަކަތައް ތަޙްޤީޤްކުރަންޖެހޭ. އެއީ ސީރިއަސް އިލްޒާމްތަކެއް، ނުރައްކާ ނަތީޖާތަކެއް ނުކުމެދާނެ ކަމެއް. ޤައުމީ ސަލާމަތަށް މި ވާހަކަތަކުން ނުރައްކާވޭ” މިއަދު ޖަމީލު ކުރައްވާފައި ޓްވީޓުގައިވެއެވެ. މީގެ އިތުރުން ޖަމީލު ޓްވިޓާ މެދުވެރިކޮށް ވިދާޅުވެފައިވަނީ “ކުރިންވެސް ސިފައިންނަށް “މަނީ މަނީ ޔެސް ސާ” ކިޔައިގެން ފޮށި ގަދަރަށް އަރައިގަތްކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖެހިކަމަށާއި ތަޅާނެ ކުދިންކޮޅެއް ހޯދަން މަޝްވަރާކުރި ކަމަށާއި މި އަމަލްތައް ތަކުރާރުވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. މިއީ ސަލާމަތީ ބާރުތަކުގެ ވެރިން ހަނު ހުންނަ ވަރުގެ ކަމެއް ނޫންކަމަށްވެސް ޖަމީލު ޓުވީޓުކުރެއްވިއެވެ.
ޖަމީލު މިމޭރުމުން ޓްވީޓު ކުރައްވާފައިވާ އިރު ކުރީގެ ސިފައިގޭގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވެސް ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅަށް ފާޑުވިދާޅުވެ ޓްވީޓުކުރައްވާފައެވެ. ޑީޑީ ވިދާޅުވީ ސިޔާސީ ގޮތުން ގައުމަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން ސިފައިންނާއި ފުލުހުންގެ މައްސަލައެއް އުޅޭ ނަމަ އެކަން ހައްލު ކުރާނީ އެކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޕްރޮފެޝަނަލްކޮށް ކަމަށެވެ. “ސިފައިންނާއި ފުލުހުންނަކީ ގައުމުގެ އިސްތިރާޖީ ތަރިކަ. އިންސާނުން ތެރޭގައި މައްސަލައެއް އުޅެދާނެ،” ނަޝީދުގެ ވެރިކަމުގައި، މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި ދީދީ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
ޚިޔާލުތައް