ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާ ފަރާތްތަކަށް ޖަލު ހުކުމް ކުރުމަކީ އާންމުކަމެކެވެ. އެގޮތުން، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހުކުމް ކުރީ ވެރިކަން ނުނިމެނީސް އާންމުންގެ ތެރެއިން ބަޔަކުނިކުމެއެވެ. އެއަނިޔާގައި ފުރަތަމަ ރައީސް ދުނިޔެ ދޫކުރެއްވިއެވެ. އެއަށްފަހު ޖުމްހޫރިއްޔަތަކަށް ފަހު ދެވަނަ ފަހަރަށް ރައީސްކަށް އައްޔަންކުރެވުނީ އިބްރާހިމް ނާސިރެވެ. އެމަނިކުފާނުގެ ވެރިކަން ނިމުމާއިއެކު އެތައް ތުހުމަތުތަކަކާއިއެކު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވެވިއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަން ދޫކުރައްވާ ރާއްޖެއިން ބޭރުގައި އުޅުއްވުމުގެ ސަބަބުން އެހުކުމް ތަމްފީޒުނުކުރެވުނެވެ.
އެއަށްފަހު ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމި ރައީސް ޔާމީނުގެ ވެރިކަން ފެށުމާއިއެކު ރައީސް ނަޝީދަށް ޖަލު ހުކުމް އިއްވުނެވެ. އަދި އެހުކުމާއިއެކު ހުރަގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެއަށްފަހު ރާއްޖޭގެ ވެރިކަމުގެ ތަޚުތު ހަވާލުކުރެވުނީ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމާއިއެވެ. އެމަނިކުފާނުގެ 5 އަހަރުގެ ވެރިކަން ނިމި އަހަރަކަށްފަހު މިއަދު މިވަނީ އެމަނިކުފާނުވެސް ހުރަގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައެވެ. ރާއްޖޭގެ ދޖުމްހޫރިއްޔަތުގެ 5 ވަނަ ރައީސްގެ 5 އަހަރުގެ ވެރިކަމަށްފަހު 5 އަހަރަށް ޖަލަށްލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނީކުރުމަށް މިއަދު ވަނީ ޖިނާއީ ކޯޓުން ހުކުމްކޮށްފައެވެ.
ޚިޔާލުތައް
ފަސްވަނަ ރައީސް 5 މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށް 15 އަހަރަށް ޖަލައް ލާންވީ އެހާ ލާއިންސާނީ މީހަކަށް ދިން އަދަބުކުޑަ