A wide advertisement which will be shown on all devices. (700 x 100)

ފްލެޓު ލިބުނު ފަރާތްތަކާއި އެގްރީމަންޓްގައި ސޮއިކޮށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ހައުސިންގ މިނިސްޓްރީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގައި އަޅާފައިވާ ފްލެޓުތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ފްލެޓުތައް އޭގެ ހައްގުވެރި ފަރާތަތްކާއި ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފުވައްމުލަކުގައި ކުރަމުން އެބަދެއެވެ.

މިނިސްްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިން ވިދާޅުވީ މިގޮތުން މިހާރު ކުރަމުން ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްބަސްވުމުގައި ސޮއިނުކުރެވި ހުރި ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށް ތަން ހަވާލުކުރުމުގެ މަސައްކަތެވެ.

ފުވައްމުލައް ސިޓީ އިން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ކުރިން ސޮއިނުކުރެވިފައިވާ ފަރާތްތަކާއި އެކު ސޮއިކުރުމުގެ މަސައްކަތް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހު 9 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހު 10 ވަނަ ދުވަހާއި ހަމައަށް” ހައުސިންގ މިނިސްޓްރީ އިން ވިދާޅުވިއެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފައެވެ، ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާއިރު މީގެ ކުރިން އެއްބަސުވުމުގައި ސޮއިކޮށް ތަނާއި ހަވާލުވި ފަރާތްތަކުން ވަނީ މިހާރު ފްލެޓުތަކުގައި ދިރިއުޅެން ފަށައިފައެވެ.

ކުރިން ހަވާލުނުކުރެވި ބާކީ ހުރި ފްލެޓް ތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ސާފުކުރުމަށްފަހު ވަރަށް އަވަހަށް ފުލްޓް ލިބޭ ފަރާތްތައް އިއުލާން ކުރާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި މިހާރު ފުލެޓް ސަރަހައްދުގެ ލޭންޑް ސްކޭޕިންގ ހެދުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !