ދިވެހި އަންހެނުންނަށް ޚާއްސަކޮށްގެން އެއްގަމު ބޮޑެތި އުޅަނދު (ވެހިިިކަލް) އޮޕަރޭޓް ކުރުމުގެ ހުނަރު ދަސްކޮށްދިނުމާއި ވަޒީފާގެ ފުރުސަތު އެމްޕީއެލް އިން ހުޅުވާލައިފިއެވެ.
މި އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން ދަސްކޮށްދިނުމަށް ހަމަޖެހިފައިވަނީ ބަސްދުއްވުމާއި ހެވީ ވެހިކަލް އޮޕަރޭޓުކުރުމުގެ ހުނަރު ތަކެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވެ މި ޕްރޮގްރާމުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލުކުރާ ފަރާތްތަކަށް އެކުންފުނީގެ ދައިމީ ވަޒީފާ ހަމަޖައްސައިދޭގޮތަށްވެސް ވަނީ ހަމަޖެހިަފއެވެ.
އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 18-35 އަހަރާއި ދެމެދުގެ އަންހެނަކަށް ވުމާއި ގްރޭޑް 10 ނިންމާފައިވުމެވެ.
މިޕްރޮގްރާމުަގއި ބައިވެރިވާން އެދޭ އަންހެނުން މި ޖެނުއަރީ މަހުގެ 31 ގެ މެންދުރުފަހު 3:00 ގެ ކުރން އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް ސެތްފިކެޓްތަކާއެކު ހުށަހެލުމަށް ވަނީ ހުޅުވާލފައެވެ. އެޕްލިކޭޝަން ފޯމް އެމްޕީއެލް ވެބްސައިޓުން ނާއި ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް ހާމަކުރެއެވެ. އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމުގެ އެޕްލިކޭޝަން ފޯމް.
ޚިޔާލުތައް