ފުވައްމުލައް ސިޓީގެ ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. ފުވައްމުލަކު ސިޓީގެ ކުނިގޮނޑު ސާފުކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ އިދާރާގައި މިމަހު 26 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ސިޓީ ކައުންސިލުން އެދިލައްވައެވެ.
ބީލަން ހުޅުވުން އޮންނާނީ ފެބުރުއަރީމަހު 11 ވަނަ ދުވަހުގައި ކަމަށް އެއިދާރާއިން ހާމަކުރެއެވެ. ލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގައި ބަލާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސްގައިވާ ކަންތައްތަކަށާއި ކައުންސިލުން ކަނޑައަޅަފައިވާ ކަންތައްތަކަށެވެ.
ޚިޔާލުތައް