A wide advertisement which will be shown on all devices. (700 x 100)

ރައްޔިތުންނަށް މަންފާވާގޮތަށް ‘ފަރިކެޑެ’ ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖުލީހުން ނިންމަވައިފި

ކެޑެމޫލެ ފަރޮ ހިމާޔަތްކުރުން ވަޒީރުންގެ މަޖލީހުން ނިންމީ 4 ފެބުރުއަރީ 2020ގައި

ފުވައްމުލައް ސިޓީ ފަރިކެޑެ ސަރަހައްދު ހިމާޔަތް ކުރުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖުލީހުން ނިންމަވައިފިއެވެ. ‘ރަށިކެޑެ ފަރު’ ނުވަތަ ފަރިކެޑެ ހިމާޔަތް ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކުރިން ތިމާވެއްޓާއި ބެހޭ މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެހުށަހެޅުމާއި އެއްގޮތަށް ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ވަނީ ވަޒީރުންގެ މަޖުލީހަށް ކަރުދާހެއް ހުށަހަޅުއްވާފައެވެ.

އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖުލީހުގައި އެކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ ގޮތަށް ފުވައްމުލަކު ފަރިކެޑަ ސަރަޙައްދު ވަކި މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާކުރާގޮތަށް ހިމާޔަތްކުރުމަށެވެ.

ރަށިކެޑެ ފަރު ނުވަތަ ‘ކެޑެމޫލެ ފަރޮ’ އަކީ އެކިބާވަތުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެގޮތުން އެސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތެރޭގައި މުޅި ދުނިޔޭގައި ވެސް މަދުން ފެންނަ ‘ނަގުލް މޭރެ’ ނުވަތަ ކަނޑި މިޔަރު (ތްރެޝާ ޝަރކް), ‘ބީޑިބޮލް މޭރެ’ ނުވަތަ ކާލިގަނޑު މިޔަރު (ހެމަރހެޑް ޝާރކް) އަދި ފެމުނު (ޓައިގަރ ޝާރކް)، ފާނަ މިޔަރު, އެންމަޑި، އަދި ފެހުރިހި (ވޭލް ޝާކް) ހިމެނެއެވެ. މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމަށް ވަޒީރުންގެ މަޖުލީހުގެ ނިންމުމާއި ހަވާލާދެއްވާ ރައީސް އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ޓައިގަރ ޝާކު ބެލުމަށް ޑައިވީނަށް ދާން ފުވައްމުލައް

މިފަރަކީ މަސްވެރިކަމުގެ އިތުރުން ފަރުތުވެރިކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެއް ކަމުން މިތަން ހިމާޔަތްކުރުމަށް ފުވައްމުލަކުގައި ވެސް ތަފާތު މަސައްކަތް ތަކެއް ކުރެވިފައިވެ އެވެ.

މިސަރުކާރުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ވަޢުދުވެފައެވެ. މިވައުދު ފުއްދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބޮޑު ތިލަދުންމަތީ (ހ،ހދ،ށ އަދި ނ އަތޮޅުގެ)ގެ 11 ސަރަޙައްދެއް ހިމާޔަތްކުރުމަށް ވަނީ ނިންމާފައެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 15 ޖޫން 2019ގައި އެގޮތުްނ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ކަނޑައަޅުއްވައި ވަނީ ގެޒެޓްކުރައްވާފައެވެ.

ޜަށިކެޑެ ސަރހައްދު- ގޫގުްލް ސްޓްރީޓް ވިއު، މުނާޙު އަހުމަދު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • މުހައްމަދު

    ފުވައްމުލަކު ރައްޔިތުން މަސްވެރިކަން ކުރަމުން އައްނަ
    އެއްމެ މުހިއްމި މަސްޕޮއިންޓު ހިމާޔައް ކުރުމަކީީ މިރަށުގެ
    މަސްވެރިން ބޭނުންވާ ގޮތް ނޫންކަމުގައި ދައްނަވަމެވެ.
    ތިޔަ މިޔަރެއް ހިމާޔައް ކުރިފަހުން މިރަށު މހުން މިއުޅެނީ
    ފަތާލަން މޫދައްނުފޭބިގެން މިރަށުގައިދިރި އުޅެމުންދާ 14000
    މީހުން ކުރިއްޔާ މާރަގަޅުވާނެ.