19 ސެޕްޓެމްބަރ 2019 ( ބުރާސްފަތި )

ފުވައްމުލަކު އަތޮޅު ކޮމާންޑަރ، ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި، ވިޔަފާރިކުރާ ފަރާތްތަކާ ބައްދަލުކުރައްވަނީ--

ފުވައްމުލަކު އަތޮޅު ކޮމާންޑަރ،ފުވައްމުލަކު ވިޔަފާރި ވެރިންނާއި ބައްދަލު ކުރައްވައިފި

ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއް ރަޙްމާން ފުވައްމުލަކު ވިޔަފާރި ވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

13 ޑިސެމްބަރ 2014 ވީ ހޮނިހިރު ދުވަހުގެރޭ، ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި އޮތް މި ބައްދަލުވުމުގައިވަނީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުންނާއި ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި ބެހޭގޮތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ވަނީ މައުލޫމާތު ހޯއްދަވައިފައެވެ.

އަދި ފުވައްމުލަކަކީ ކުށް މަދު އަމާން މުޖުތަމަޢުއެއް ޤާއިމްވެފައިވާ ރަށަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ކުށްމަދު ކުރުމަށް ހިންގާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައި، މި މަސައްކަތްތަކުގައި ވިޔަފާރިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށްވެސް އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއް ރަޙްމާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރަަވެރިން ވަނީ ފުވައްމުލަކުގައި ކުށްމަދު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި އޮތް މި ބައްދަލުވުމުގައި ފުވައްމުލަކު އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާންގެ އިތުރުން ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި ފުވައްމުލަކުގައި ވިޔަފާރުކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު