A wide advertisement which will be shown on all devices. (700 x 100)

މާލޭގެ ބުރިޖު ވިސްނުން ފުރަތަމަ ގެންގުޅުއްވީ…

މާލެ-ހުޅުލެ ގުޅުވައިދޭ ބްރިޖު ހުލުވުން މިރޭ 30 ސެޕްޓެމްބަރ. ފޮޓޯ: މިހާރު ނޫސް

ރާއްޖޭގެ ވެރިކަން ކުރާ މާލެސިޓީގެ ދެ ބައެއް ކަމަށްވާ މާލެ އާއި ހުޅުލެ ފާލަމަކުން ގުޅުވާލުމުގެ ރަސްމީ އިހުތިފާލުތައް މިރޭ ބޭއްވޭނެ ކަމަށް ކަމާ ބެހޭ މިނިސްޓްރީން އިއްޔެ ވަނީ ހާމަކުރައްވާފައެވެ. ބްރިޖުގެ ވިސްނުންތައް ގިނަ ދުވަސްތަކަކަށްފަހު އެންމެ ފަހުން ބުރިޖު އަޅާފައި މިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.   

މާލެ އާއި ހުޅުލެ ބުރިޖުން ގުޅާލުމުން އެ ދެމެދުގެ ދަތުރު ފަތުރުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިހާރު ހުޅުލެއަށް ކަނޑުމަގުން އެންމެ އަވަހަށް ދެވެނީ ލޯންޗުގައި މާލެއަން ހުޅުލެއަށް ކޮޅަކަށް ގާތްގަޑަކަށް 3-5 މިނިޓުންނެވެ. އަދި އާއްމު ފެރީގައި 10 ވަރަކަށް މިނިޓުންނެވެ.

ބުރިޖުމަތިން މިދަތުރުތައް 3 މިނިޓުން ކުރެވޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މާލެއިން ހުޅުލެއަށް ކަނޑު މަގުން ލޯނޗުގައި 3-5 މިނިޓުން – 25 ރުފިޔާއަށް

މާލެއިން ހުޅުލެއަށް ކަނޑު މަގުން ފެރީ ދޯނީގައި 10 މިނިޓުން – 10 ރުފިޔާއަށް

މާލެއިން ހުޅުލެއަށް ބްރިޖުމަތިން 3 މިނިޓުން – …….؟ ކިތައް ރުފިޔާއަށް ބާ؟ 

ބްރިޖު މިރޭ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވި ކަމުގައި ވިޔަސް އާއްމު ދަތުރުފަތުރު ތަކަށް ބްރިޖު ހުޅުވާނީ ސެޕްޓެމްބަރު މަހު 7 ން ފެށިގެން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ބްރިޖުން ހުޅުލެއާއި ހުޅުމާލެ ގުޅާލުމުގެ ވިސްނުން

ހުޅުލެއާއި ހުޅުމާލެ ބުރިޖުން ގުޅާލުމުގެ ވިސްނުން އެންމެ ފުރަތަމަ ދިވެހިންނަށް ހާމަކުރެއްވި ކޮން ބޭފުޅެއް ތޯ މިއަދު ސޯޝަލް މީޑީއާގައި ހޫނުކޮށް ބަހުސު ކުރެވެމުން ދެއެވެ.

ކުރީގެ ރައީސް ވަހީދު ހަސަން ލިޔުއްވާފައިވާ ގޮތުން ބްރިޖުގެ ވާހަކަ އެމަނިކުފާނާ ފުރަތަމަ ދެއްކެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ބްރިޖުން ހުޅުލެއާއި މާލެ ގުޅުވާލާނެ ދެ ގޮތެއްގެ ކުރެހުން ދައްކަވާފައެވެ. އެއީ ސީދާ މާލެއިން ހުޅުލެއަށް ގުޅާލާ ގޮތަކާއި ފުނަދޫ މެދަށް ލައިގެން ގުޅާލާނެ ދެގޮތުގެ ކުރެހުން ކަމަށް ރައީސް ވަހީދު ވިދާޅުވެއެވެ. ރައީސް ވަހީދު އެ ވިދާޅުވާނީ އެމްޑީޕީ ސަރުކާރުގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު (އޭރު ޑރ. ވަހީދަކީ ރައިސް ނަޝީދުގެ ނާއިބު ރައީސް) ކަމަށް ބެލެވެއެވެ. 

ވަހީދު އިތުރަށް ވިދާޅުވެފައި ވަނީ ބްރިޖުގެ ވިސްނުން ހަގީގަތަކަށް ހެއްދެވީ ރައީސް ޔާމީނު ކަމަށެވެ.

ނަމަވެސް އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބްރިޖުގެ ވިސްނުން އެންމެ ފުރަތަމަ ހާމަކުރެއްވީ ކުރީގެ ރައީސް މައުމޫނު ކަމަށްވެ. އެގޮތުން އޭރުގެ ޑީއާރުޕީ ރިޔާސީ ކެންޑިޑޭޓް މައުމޫނު ވަނީ 2008ގެ ރިޔާސީ ވައުދެއްގެ ގޮތުގައި ބްރިޖުގެ ވާހަކަ މެނިފެސްޓޯގައި ހިމަނުއްވާފައި ކަމަށް ވެއެވެ. މައުމޫން ބްލަޮގް ބްލޮގް އާރޓިކަލް 

އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި 2003 ގެ ރިޔާސީ އިންތިޚާބުގައި މައުމޫނު ވަނީ ހުޅުލެއާއި-ހުޅުމާލެ ބްރިޖަކުން މާލެއާއި ގުޅާލުމުގެ ވާހަކަ ދައްކަވާ އެކަން ރައްޔިތުންނަށް ހުށަހަޅުއްވާފައެވެ.

އަޙުމަދު އިބުރާހިމް ކިޔާ ބޭފުޅަކު ހާމަކުރައްވާ ގޮތުގައި، 1995ގައި މައުމޫނު ބްރިޖުގެ ވިސްނުން ގެންގުޅުއްވި އެވެ. އެކަމުގެ ހެކި ދައްކަވަމުން އޭރުގެ ބްރިޖުގެ ވިސްނުމުގެ ކުރެހުމެއް ފޭސްބުކުގައި ހިއްސާކުރައްވާފައި ވެއެވެ. ރައީސް މައުމޫނުގެ މޫންބޭ މެރީނާ ޔޫޓިއުބު ވީޑީއޯ

މައުމޫނުގެ 3 ވަނަ ރިޔާސީ ދައުރު (1993) ފެށުމުގެ ގޮތުން ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ބައްދަލުވުމެއްގައި މިހާރުގެ ރައީސް ޔާމީނު ވަނީ މާލެއާއި ހުޅުލެ ބްރިޖުން ގުޅާލާނެ ގޮތުގެ ވިސްނުމެއް ހިއްސާކުރައްވާފައި ކަމަށް އަހުމަދު ރަޝީދު ކިޔާ ބޭފުޅަކު ވިދާޅުވެއެވެ. އަދި ފަހު އެވިސްނުން ކުރެހުމެއްގެ ސިފާގައި ހެންވޭރު ކޮޅުގައި ބެހެއްޓި ނަމޫނާ ގެރިގާ (ޓެޓްރާޕޮޑް) ކުރިމަތީގައި ބަހައްޓާފައި ހުރިކަމަށް ވެސް އަޙުމަދު ރަޝީދު (މިއަދު) ލިޔުއްވާފައި ވެއެވެ.

މި ބަހުސަށް މުޙައްމަދު ހުސެން ޝަރީފު (މުންދު) ވިދާޅުވެފައި ވަނީ ބްރިޖުގެ ވިސްނުން 3 ލީޑަރުން (މައުމޫނު، ނަޝީދު، ޔާމީނު) ވެސް ގެންގުޅުއްވި ކަމަށެވެ. ނަމަވެސް ބްރިޖު ހަގީގަތަކަށް ހައްދަވާ ދެއްވީ ރައީސް ޔާމީނު ކަމަށެވެ. 

ކުރީގެ ޅެމެއްގެ 3 ބައިތު ހިއްސާ ކުރައްވަމުން އަޙުމަދު ޝަމްވީލު ކިޔާ ބޭފުޅަކު ލިޔުއްވާފައިވާ ގޮތުގައި ބްރިޖުގެ ވިސްނުން މީގެ 68 އަހަރު ކުރިން ހޯރަފުށީ މަރުހޫމް އާދަމް ސަލީމު ހެއްދެވި ޅެން ބައިތުތަކުން ހާމަވާކަމަށެވެ. އެޅެން ބައިތުތަކުގެ ސުރުޚީއަކަށް ލިޔުއްވާފައި ވަނީ ‘މާލޭގެ މުސްތަގުބަލް’ އެވެ.

އެ ޅެމުގެ ބައިތުތައް:

  “ފެހިފަހި ފިޔާތޮށި ކުލައަކުންއާފާގު ޒިނަތްކޮށްފިއޭ

 — ކެހި ފުސްވިލާތަށް އުދަރެހުން މުސްތަގުބަލެއް ދައްކައިފިއޭ

  އޮޅުދޫކަރައިގެ ހުޅަނގު ފަރާތުން ފެންނަ ކުދިރަށްތައް

 — ގުޅުވާ ދަގަނޑު ފާލަންތަކުން، ތަހުޒީބު ވުން އާކޮށްފިއޭ

  ޔުނިވާސިޓީާ ކޮލެޖުތައް މާލޭގެ އަގުމާތް ބިންގަނޑުން

 — އުނިކަން މިޖަހުލީ ފިލުވުމަށް ތައުމީރުތައް ކުރެވިއްޖެއޭ” – އާދަމް ސަލީމު ހޯދަފުށި

ކޮންމެ ގޮތެއް ވިޔަސް އެނގި ހާމަވެގެން ދާކަމަކީ މިއަދު މިހުޅުވޭ ބްރިޖުގެ ވިސްނުން މިގައުމަށް ގެނެސް ދިނުމުގައި އެތައް ބައެއްގެ ނޫނީ ލީޑަރުންނެއްގެ ވިސްނުން މާ ކުރިން ވެސް ހުރި ކަމަށެވެ. އެކަމަކު ބްރިޖު އަޅައި ބޭނުން ކުރަން މިފެށެނީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމެވެ.

ބްރިޖުގެ މި ބިޔަ ޕްރޮޖެކްޓަށް ފާޑުކިޔަމުން އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ 55 މިލިޔަން ޑޮލަރަށް އެޅެން އޮތް ބްރިޖެއް 200 މިލިޔަން ޑޮލަރަށް އެޅުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމަށެވެ. 

ބްރިޖު އެޅުން މުހިންމު ކަމަށް ހުރިހާ ސިޔާސި ފަރާތްތަކާއި އާއްމުން ވެސް ދެބަހެއް ނުވެއެވެ. ޚިޔާލު ތަފާތު ވަނީ އެކަން ކުރެވުނު ގޮތް ކަމަށާއި އެކަމުގައި ތުހުމަތު ކުރެވޭ ކޮރަޕްޝަނަށް ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރައްވާ ފަރާތަކުނަ ހާމަކުރެއްވިއެވެ.

2001 ގައި އެމްޑީޕީ ސަރުކާރުގައި ވަނީ އެހާ ހިސާބަށް އެންމެ ފުޅާކޮށް ބްރިޖާއި ގުޅޭ ދިރާސާއެއް ކޮށް އެކަން ރައްޔިތުންނަށް ހާމަކޮށްފައެވެ. ބްރިޖް ސާރވޭ 2011 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ބުންބާ

    މީގައިލިޔެފައި މިވަނީ ކަނޑައެޅިގެން ދޮގު ބުރިޖަކީމައުމޫނުގެ 2020 ގެ ތސައްވުރެއް.