A wide advertisement which will be shown on all devices. (700 x 100)

އަދީބަށް ޚާއްސަކޮށްގެން ސިޔާސީޕާޓިއެއް…!؟؟

އެމްޓީޑީ އުފެއްދުމުގެ ޖަލްސާގައި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީށް އަސްމާއީލް އާސިފު އަދީބަށް ތައުރީފު ކުރަނީ

އެންމެ ފަހުން ރަޖިސްޓރީ ކުރި “މޯލްޑިވިއަން ތާރޑްވޭ ޑިމޮކްރެޓިކްސް” (އެމްޓީޑީ) އުފެއްދުމުގެ ޖަލްސާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުއަށް ޚާއްސަކޮށްގެން ބާއްވައިފިއެވެ. ޚަބަރުތަކުން އެނގޭ ގޮތުގައި އެޕާޓީއަށް ފުރަތަމަ ސޮއިކުރީ ވެސް މިހާރު 33 އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުމުންދާ އަޙްމަދު އަދީބެވެ. އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެބޮޑު ކަރަޕްޝަންގެ އަމަލު ކަމަށްވާ އެމްއެމްޕީއާރުސީގެ ކަރަޕްޝަނުގައި އެންމެ އިސްދައުރެއް އަދާކުރި މީހާއެވެ.

ކުށްވެރިވެ، ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ ކަމުގަައިވިޔަސް، މިއަދު އެވަނީ ރާއްޖޭގެ ރައްޔިތުން ގޮވައިގެން ސިޔާސި ހަރަކާތް ފައްޓަވާފައެވެ. ހަމަ ދިވެހި ރައްޔިތުންގެ ތާއިދު އެހާ ބޮޑީ ހެއްޔެވެ؟ ނުވަތަ އަދީބު ޝާމިލުވާ ކޮރަޕްޝަނާއި އެހެނިހެން ކަންތައްތަކަށް ދިވެހިން ތާއިދު ކުރާނީ ހެއްޔެވެ؟ ނޫނީ އަދީބުގެ އަތުގައި ހުރި ކަރަޕްޝަންގެ ފައިސާއަށް ދިވެހިންގެ ބަޔަކު ދަހިވެތިވީ ހެއްޔެވެ؟

އެމްއެމްޕީއާރު ކަރަޕްޝަނުގައި ދިވެހިންގެ ފައިސާއަށް ޚިޔާނާތް ވެފައިވާ އަދަދުތައް ކުޑަގޮތަކަށް ބަލާލަމާ ހިނގާށެވެ.

އެމްއެމްޕީއާރުސީގެ ފަރާތުން ދޫކުރި ފަޅު ރަށްތަކަށް 91،000،000 (ނުވަދިަހަ އެކެއް މިލިޔަން ޑޮލަރު) ނުވަތަ 1،403،2200،000 ރުފިޔާ (1.4 ބިލިޔަން ރުފިޔާ) ލިބެން ޖެހޭކަމަށް ހާމަވެފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. ނަމަވެސް އެމްއެމްޕީއާރުސީއަށް ލިބުނު ކަމަށް ލިޔެކިޔުންތަކުން އެނގޭނީ 77،000،000 (77 މިލިޔަން) ޑޮލަރެވެ. ނުވަތަ 1،187،340،000 (1.19 ބިލިޔަން) ރުފިޔާއެވެ.

މިގެ ތެރެއިން ވެސް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާވެފައި ވަނީ 12،500،000 (ބާރަ މިލިޔަން ފަސްސަތޭކާ ހާސް) ޑޮރަލެވެ. މިފައިސާ ވެސް ވަނީ ދައުލާތުގެ މާލިއްޔާ އަށް ނުވަދެ އަމިއްލަ ދެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްގެން ބޭނުންކޮށްފައެވެ.

އެހެން ގޮތަކަށް ބުނަނީ ނަމަ އެމްއެމްޕީއާރުސީއިން ވިއްކި ރާއްޖޭގެ ފަޅުތަކާއި ރަށްތަކުން ދިވެހި ދައުލަތަށް ލިބެބްޖެހޭ އެއްވެސް ފައިސާއެއް ނުލިބުނޭ ވެސް ދެންނެވިދާނެއެވެ.

މި ހިސާބުތަކަށް ބަލާއިރު މިއީ ބަޔަކު ‘ފިތްކަނޑައިގެންދާ ވަރުގެ’ ބޮޑެތި އަދަދު ތަކެކެވެ. ދިވެހި ރައްޔިތުންގެ މި ފައިސާ އަށް ޚިޔާނާތްތެރިވި މީހަކު ގޮވައިގެން ސިޔާސީ ކަންކަމުގައި ރައްޔިތުންނަށް ހެޔޮއެދޭ މީހެއްކަން ދައްކަން އުޅުމުން ބަލައިގަންނަނީ ކޮންފަދަ ވިސްނުމަކުން ބާވައެވެ؟

ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އާސިފަކަށް ވިޔަސް، އެމްޑީޕީ ޓިކެޓްގައި މަޖުލީސް ގޮޑިއަށް ހޮވި ޕާޓީ ބަދަލުކުރި ވެލިދޫ ދާއިރާގެ އެމްޕީ ޔާމީނު ކަމަށް ވިއަސް އެއީ ދިވެހިންނަށް ތެދުވެރި ކަމާއެކު ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާނެ ބައެއްކަން ބަލައިގަނެވޭނީ ކޮންގޮތަކުން ހެއްޔެވެ؟

ހަމައެގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓަށް 100 މިލިޔަން ރުފިޔާ ހުރިކަމަށް އެއްބަސް ވުމުގެ އިތުރުން، އަދީބުގެ މުޅި މިޚިޔާނާތަށް މަގު ފަހިކޮށްދިނުމަށް ގާނޫނު އަސާސީއާއި ގާނޫނުތައް ބަދަލުކޮށް ދިނީ ރައީސް ޔާމީނާއި އޭނާއަށް ވަފާތެރި މަޖުލިސް މެންބަރުން ކަން އެހުރީ ހާމައަށް ފެންނާށެވެ. އަދީބުގެ މި ބޮޑު ޚިޔާނާތުގެ ތެރެއިން ޚުދު ރައީސް ޔާމީނަށާއި ޔާމީނުގެ އަނބިކަބަލުންނަށް ލިބުނު އަގުބޮޑެތި އަނގޮޓީއާއި ކާރު ފަދަ ހަދިޔާތައް ބަލައިގަތީ އެކަމާއި މެދު ސުވާލެއް ނުއުފައްދައެވެ. ފައިސާ ހޯދާ ގޮތް އެނގިހުރެގެންނެވެ. އަދި މަޖުލީހުގެ މެންބަރުންނާއި ރައްޓެހިވެގެން އުޅުން އަންހެން ކުދިންނަށް މާލެއިން އަގު ބޮޑު 2-3 ފްލެޓް (ރެހެންދި ފްލެޓުން)، އާއި އަގުބޮޑު ރޮލެކްސް ގަޑިއާއި، މިނޫންވެސް ތަކެތި ގަނެދިން އިރު އެފައިސާއަކީ ކޮން ފައިސާއެއްކަން ހަމަ ނެގެނީ ބާވައެވެ؟

މިނޫންވެސް، އަދީބުގެ ފަރާތުން ތަފާތު ފައިދާތައްވި މީހުން މަޖުލީހުގެ ތެރެއިންނާއި އެހެން ދިމަދިމާލުން ފެންނަން އެބަތިއްބެވެ.

މިކަންކަމް ހާމަޔަށް ފެންނަން ހުއްޓާއި، ދިވެހިން އަދީބުގެ ސިޔާސީ މައިދާނަށް ނެރެން ޖެހޭނީ ކޮންސަބަބަކާ ހުރެތޯ އިންތިހާއަށް ކަންބޮޑުވެއެވެ؟

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !