A wide advertisement which will be shown on all devices. (700 x 100)

މޮސާޑު މުސްލިމު ގައުމުތަކަށް ހުރި ނުރައްކަލެއް

ޒަޔަނިސްޓް ޔަހޫދީ ދައުލަތުގެ ޖާސޫސީ އިދާރާ މޮސާޑަކީ މުސްލިމުންނަށް ހުރި ބޮޑު ނުރައްކަލެކެވެ. މިއިދާރާގެ ނުރައްކާތެރިކަން ފެށިފައިވަނީ މިއަދަކު ނޫނީ އިއްޔެއަކު ނޫނެވެ. މިއިދާރާ އުފެދުމާއިއެކު މުސްލިމު ސައިންސްވެރިންނާއި، އިޒުރޭލަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ބެލެވޭ އެންމެހާ ސިޔާސީ ލީޑަރުން ޝަހީދު ކޮށްލުމަކީ މިއިދާރާގެ އޭޖެންޑާގެ ތެރޭގައި ހިމެނިގެން ކުރަމުން އަންނަކަމެވެ.

ފުރަތަމަ ބޮޑު ހަގުރާމައަށްފަހު އިގިރޭސިން ފަލަސްތީނަށްވެރިއިރު ފަލަސްތީނު ބިމުގައި ދިރިއުޅެމުން ގޮސްފައިވާ ޔަހޫދީންގެ އާބާދީއަކީ ގާތްގަޑަކަށް 4.5 އިންސައްތަ ކަމަށްވާ 13 ހާހެއްހާ ޔަހޫދީންނެވެ. ނަމަވެސް އިގިރޭސިންގެ މެންޑޭޓް ނިންމާ 1948 ވަނަ އަހަރު އިގިރޭސިން ފައިބައިގެން ދިޔައިރު ޔަހޫދީންގެ އާބާދީ ވަނީ 32 އިންސައްތައަށް ވުރެ މައްޗަށް އަރާފައެވެ. މި މުއްދަތުގެ ތެރޭގައި 300 ލައްކައަށްވުރެ ގިޔަ ޔަހޫދީން ވަނީ ވަޒަންވެރި ކުރުވާފައެވެ. އިގިރޭސިން ފަލަސްތީނުގެ ބިމުން ފައިބާ އިޒުރޭލު ދައުލަތެއްގެ ގޮތުގައި އިއުލާން ކުރުމާއިއެކު އަވަށްޓެރި މުސްލިމު ގައުމުތަކުން އިޒުރޭލު ބަލައިގަތުމާއި ދެކޮޅު ހެދިއެވެ. ފަލަސްތީނުގެ މުސްލިމުންގެ އަޅުވެތިވެގެން ދިއުމާއިއެކު އަރަބި މުސްލިމުންނާއި ޒަޔަނިސްޓް ދައުލަތް އިޒުރޭލާއި ކުރިމަތިލުން ތަކެއް ކުރިއަށްދިޔައެވެ. މިކުރިމަތިލުން ތައް ނިމިގެން ގޮސްފައިވަނީ އަވަށްޓެރި ބައެއް ގައުމުތަކުން އިޒުރޭލު ގައުމެއްގެ ގޮތުގައި ބަލައިގަތުމާއި އަދި އިޒުރޭލުގެ ބޯޑަރުކަމަށް ނުވިނަމަވެސް އިޒުރޭލުނާއި އަރަބިން ވަކިކުރާ އިމެއްގެ ގޮތުގައި ފެހި ރޮގު ކުރަހާލެވިގެނެވެ. މިފެހި ރޮގަކީ ފަލަސްތީނު ބައިކުރުމަށް 1947 ވަނައަހަރު ޔޫއެން އިން ކަނޑައެޅި ބޯޑަރެވެ. އަދި މިބޯޑަރަށް އޭރުގެ އިޒުރޭލު ތަމްސީލުކުރުމަށް ހާޒިރުވި މެމްބަރުންވެސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އޭރު މުސްލިމުން އެ ރޮގަށް އެއްބަސްވެފައިނުވަނީ ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ ބިމަކަށްވެފައި އެބިމުގައި ބޮޑު އާބާދީއަކީ މުސްލިމުންނަށްވުމުންނެވެ.

އިޒުރޭލު ދައުލަތެއް ސިފައިގައި އުފެދުމާއި ގުޅިގެން އަރަބި ގައުމުތަކުންގެ ހިތްހަމަ ނުޖެހުމާއިކުރިމަތިވިއެވެ. އެހެންކަމުން އިޒުރޭލުގެ ކުރިއެރުމާއި މެދުއިރުމަތީގައި އިޒުރޭލުގެ ބާރާއި ނުފޫޒު ފެތުރުމަށް ޖާސޫސީ އިދާރާއެއްގެ މުހިންމުކަން ވިސްނި މޮސާޑް 1949 ވަނައަހަރުގެ ޑިސެމްބަރު މަސްތެރޭ އުފެއްދިއެވެ. އަދި 1951 ވަނައަހަރު މިޖާސޫސީ އިދާރާ ސީދާ ބޮޑުވަޒީރަށް ރިޕޯޓްކުރާގޮތަށް ނިންމުނެވެ. މޮސާޑުގައި މެޓްސާޑާ ކިޔާ ޔުނިޓެއް ވެއެވެ. މިޔުނިޓްގެ މަގްސަދަކީ މީހުން މެރުމާއި ތަންތަން ސުންނާފަތިކުރުމެވެ. މީގެ އިތުރުން، މީހުން މެރުމުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް ކިޑޯން ނަމުގައި ޔުނިޓެއް ގާއިމުކޮށްފައިވެއެވެ. މި ދެނިޓުން އެންމެ މުހިންމުކަމެއް ދީގެން ކުރިއަށް ގެންދަނީ މުސްލިމު ފަންނީ މީހުންނާއި މަޝްހޫރު ސިޔާސީ ލީޑަރުން ޝަހީދުކޮށްލުމުގެ ހަރަކާތްތަކެވެ. މިބައިމީހުންގެ ހަރަކާތްތަކުގައި ޔުވިވާސިޓީތަކުގައި ކިޔަމުންދާ ދަރިވަރުން އިސްތިސްނާ ކުރުމެއްނެތެވެެ. އަރަބި މުސްލިމު ތޫނުފިލި ދަރިވަރުން، ސިޔާސީ ނުވަތަ ސައިންސްގެ ދާއިރާއިން މުހިންމު ތަހުލީލުކުރާ ނަމަ އެފަދަ ދަރިވަރުންނަށްވެސް އަމާޒުކުރެއެވެ.

ދެވަނަ ބޮޑު ހަގުރާމައަށްފަހު ސަލާމަތީކަންތައްތައް ވަރުގަދަކުރުމަށް މިސްރުން ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދިނެވެ. އެގޮތުން، ޖަރުމަނުގެ އެތަށް ސައިންސްވެރިންނެއްގެ ޖަމާލު އަބުދުއްނާސިރު ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު އިޒުރޭލުގެ ޖާސޫސީ އިދާރާގެ ކުރީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ރާފީ އެއިޓަން ފާހަގަކުރެއެވެ. އެއިންޓަން އިތުރަށް ފާހަގަކޮށްފައިވަނީ މިސްރުންގެ އަމަލުތަކާއި ބަސްމަގުން ހަގުރާމައަކަށް ތައްޔާރުވަމުންދާކަން އެގޭކަމަށާއި އެހެންކަމުން އިޒުރޭލުންގެ ރައްކާތެރިކަމާއި ސަލާމަތަށް ތައްޔާރުވާން ޖެހޭކަމަށެވެ.

އެހެންކަމުން އޭނާ އިޒުރޭލުގެ ސަރުކާރަށް އޭނާ ލަފާދިނީ ޖަރުމަނުގެ ސައިންސްވެރިއާ ސްކޯޒެނީގެ ބޭނުން ހިފުމަށެވެ. ސްކޯޒެނީއަކީ ޖަރުމަނުން އުފެދުނު އެންމެ ވަރުގަދަ އެއްކޮމާންޑަރުކަމަށް އެއިންޓަން ސިފަކުރެއެވެ. އެހެކަމުން ސްކޯޒެނީ ރަހީނުކޮށްގެން ގެނެސް އޭނާގެ ބޭނުންހިފިކަމަވެސް އެއިންޓަން އެއްބަވެއެވެ. ނާޒީންނާއި އެންމެ ނަފުރަތަކުރާ އެތަށް ނާޒީ ހަގުރާމަވެރިންނެއް އެކިތަންތާ ތިއްބާ ހައްޔަރުކޮށްގެން އިޒުރޭލަށް ގެނެސް ތަހުގީގުކޮށް މަރާލައިފާވާއިރު ސްކޯޒެނީގެ އިތުބާރު ހޯދިގޮތް ސިފަ ކުރަމުން އެއިޓަން ބުނަނީ ނާޒީން މަރާލުމަކީ ސްކޯޒެނީއަށް އިޒުރޭލަށް ފިލައިގެން ނޫޅެވޭނެ ކަމުގެ ހެއްކެއްކަމަށާއި އަދި އޭނާއަށް އޭނާގެ ސަލާމަތާއި ރައްކާޓެރިކަން އޮތީ އިޒުރޭލާއި ގުޅިގެންކަން ކުރީގެ ހާދިސާތަކުން އޭނާއަށް ސާފުކަމަށާއި އެކަން ވަރަށް ރަގަޅަށް އޭނާއަށް ވިސްނާ ދެވުނުކަމަށެވެ. މީގެ އިތުރުން، އައިޓަން ފާހަގަކޮށްފައިވާ ގޮތުން ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތާއި އެހެން ހުރިހާ ސިޔާސީ ލީޑަރުންގެ ދުވަސް ދުއްވާލުމަށްވެސް އޭނާ ލަފާދީފައިވާ ކަމަށެވެ. އެއީ މެދުއިރުމަތީގެ ހަމަޖެހުމާއި އިޒުރޭލުގެ ދެމިއޮތުމަށް ދިން ލަފައެއްކަމަށް ސިފަކުރަމުން އޭނާ ބުނެފައިވަނީ އެދުވަހު އެގޮތަށް ކަންތައްކުރިނަމަ ފަލަސްތީނުގެ މިމައްސަލަ މިއަދު ނުއޮންނާނެކަމަށްް އޭނާ ގަބޫލުކުރާކަމަށެވެ.

އިޒުރޭލުގެ ހަރަކާތްތަކާއި ރާފީ އައިޓަންގެ އެވާހަކަތަކުން ސާފުވަނީ މިސްރުގެ ސައިންވެރިން ޝަހީދުކޮށްލުމަކީ އެބައިމީހުން ހިންގާފައިވާ އޮޕަރޭޝަންތަކެއްކަމެވެ. އެގޮތުން، 1952 ވަނަ އަހަރު މިސްރުގެ ސައިންޓިސްޓެއްކަމަށްވާ ސަމީރާ މުސާ މޮސާޑުން ޝަހީދުކޮށްލިއެވެ. ސަމީރާ އަކީ އިޒުރޭލުން ހިންގަމުންގެންދިޔަ ނިއުކުލިއާ ހަރަކާތާއި ގުޅޭގޮތުން ފާޅުގައި ވާހަކަ ދައްކަމުން ގެންދިޔަ ސަމީރާ އެކަމުގެ ހުރި ބިރުވެރިކަން ތިލަކޮށް ދެމުން ގެންދިއުމުގެ އިތުރުން ސަމީރާ ވަނީ ޔުރޭނިއަމްއަށްވުރެ އަގުހެޔޮކޮށް ނިއުކުލިއާ މައުދަން އުފައްދާނެ ގޮތެއް އީޖާދުކޮށްފައެވެ. މިކަމުގެ ނަތިޖާއަކީ އިޒުރޭލުގެ ޖާސޫސީ އިދާރާއަށް މިކަމަށް ކެތްނުވެ ސަމީރާ ޝަހީދުކޮށްލުމެވެ. ކާކުކަން ނޭގުނު ޑްރައިވަރެއް ބޭނުންކޮށްގެން ސަމީރާ ދުއްވަމުންދިޔަ ކާރު އެކްސިޑެންޓްކޮށް ސަމީރާ ޝަހީދުކޮށްލީ ދުނިޔޭގެ އެންމެ ވަރުގަދަ ޖާސޫސީ އިދާރާ ހިންގަމުންއައި އެމެރިކާގައެވެ. މިކަމުގެ އިގިލި އިޒުރޭލަށް ދިއްކުރެވުނެވެ.

1967 ވަނަ އަހަރު އަނެއްކާވެސް މިސްރުގެ ސައިންސްވެރިއެއް އިޒުރޭލުން އެމެރިކާގައި ޝަހީދުކޮށްލިއެވެ. މިފަހަރުވެސް ޝަހީދުކޮށްލީ މަޝްހޫރު ނިއުކުލިއާ ސައިންވެރިއާ ސާމިރު ނާގިބެވެ. ސާމިރު އޭރުވަނީ ނިއުކުލިއާ ހަތިޔާރު ހަގުރާމައިގައި ބޭނުންކުރުމުގެ ކާމިޔާބު ޓެސްޓްތަކެއް ކޮށް މިސްރާއި އެކު ހަގުރާމައާއި ގުޅުމަށް ތައްޔާރުވަމުންނެވެ. މިސްރުގެ ނިއުކުލިއާ ސައިންސްވެރިއެއްކަމަށްވާ ޔަހުޔާ އަލްމަޝާދު 1980 ވަނަ އަހަރު ޕެރިސްގެ ހޮޓލެއްގެ ތެރޭގައި ވަނިކޮށް މޮސާޑުން ޝަހީދުކޮށްލިއިރު އޭނާ ދިޔައީ އިރާގުގައި ނިއުކުލިއާ ޕްރޮގްރާމެއް ހިންގަމުންނެވެ.

ދެވަނަ ބޮޑު ހަގުރާމައިގެ ފަހުން އިޒުރޭލުން އިސްކަމެއްދީގެން ނިއުކުލިއާ ޕްރޮގްރާމުތައް ހިންގަމުންގެންގޮސްފައިވަނީ މުސްލިމު އަރަބި ގައުމުތަކަށް ނިއުކުލިއާ ޕްރޮގްރާމު ހިންގުމަށް ހުރަސްއަޅާ މުސްލިމު ސައިންވެރިން ޝަހީދުކުރަމުންނެވެ. މިކަމުގައި އިޒުރޭލުން އޭރުކާމިޔާބު ހޯދަމުންދިޔައެވެ. އިޒުރޭލުން އޭރުވެސް މިހާރުވެސް އަމާޒަކަށް ހަދަނީ ހަމައެކަނި ނިއުކުލިއާ ސައިންސްވެރިންނެއްނޫނެވެ. އެހެނިހެން ސައިންސްވެރިންނާއި ސިޔާސީ ލީޑަރުންވެސް ހިމެނެއެވެ. އެގޮތުން، 1991  ވަނައަހަރު ލުބުނާނުގެ ފިޒިސްޓް ރަމާލް ހަސަން ރަމާއި ގޮތްނޭގޭ ގޮތަކަށް ފްރާންސްގައި ޝަހީދުކޮށްލެވުނެވެ. އަދި 1993 ވަނަ އަހަރު މިސްރުގެ މަޝްހޫރު ލިއުންތެރިޔާ ގަމާލް ހަމްދާން އޭނާގެ އެޕާޓްމަންޓްގައި ވަނިކޮށް ވަނިކޮށް ޝަހީދުކޮށްލިއެވެ. ހަމްދާނުގެ އާއިލާއާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމްދާން ޝަހީދުކޮށްލެވުނީ ބޮލަށް ހަމަލާއެއް އަރައިގެނެވެ. އަދި އޭރު ހަމްދާނު ލިއަމުންދިޔަ ފޮތްތައްވެސް ގެއްލުނެވެ.

މިހަމަލާތަކުގެ އިތުރުން، ދުނިޔޭގެ ސަމާލުކަން ހުއްޓި މޮސާޑު ފަޟީހަތްވެގެން ދިޔަ އެންމެ ބޮޑު އެއް އޮޕަރޭޝަނީ މޮސާޑުން ސިއްރިޔާތުގައި ހަމާސްގެ ސިޔާސީ ލީޑަރު ޚާލިދު މިޝާލް ޝަހީދުކޮށްލުމަށް ހިންގި ނާކާމިޔާބު އޮޕަރޭޝަނެވެ. (ނުނިމޭ)

މައުލޫމާތު ނަގާފައިވަނީ:

ނިއުޔޯކް ޓައިސް، މިޑްލްއީސްޓް އޮބޮޒާވާރ އަދި އިޒުރޭލުގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިންގެ އިންޓަވިއުތަކުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !