A wide advertisement which will be shown on all devices. (700 x 100)

އިންސާނުން ހަނދަށް ދިޔަތާ 50 އަހަރު ފުރުން ފާހަގަ ކުރާނީ

ނީލް އާމްސްޓްރޯންގް ހަނދަށް ފައިބަނީ - ފޮޓޯ ނާސާ

އެޕޯލޯ 11 ހަނދަށް ދިޔައީ 1969 ގެ ޖުލައި މަހު 20 ވަނަ ދުވަހުގައެވެ. މިއީ އެ މުނާސަބާއަށް 50 އަހަރު ފުރޭ ދުވަހެވެ. އަލަށް ހަނދުގައި އިންސާނުން ފައި ބީއްސާލީ ދުނިޔޭގައި ތިބި މީހުންނަށް އެމަންޒަރާއެކު އަޑު ވެސް އައްވަމުންވެ. ނަމަވެސް އެއީ ކަޅާއި ހުދު ގެ ޓީވީ މަންޒަރާއި ރެޑިއޯގެ އަޑެވެ.

އެޕޯލޯ 11 ގެ މައި ކޮމާންޑަރު ނީއަލް އާމް ސްޓްރޯންގް އާއި ބަޒް އެލްޑްރިން ހަނދަށް ފޭބީ އެމީހުންގެ ޖައްވީއުޅަނދު “ކޮލަމްބިއާ”ގެ ލޫނަރ މޮޑިއުލް “އީގަލް” އިންނެވެ. އެހިސާބަށް އެމީހުން ދަތުރު ކުރި ކޮމާންޑް މޮޑިއުލް “ކޮލަމްބިއާ” ގެ ޕައިލެޓް މައިކަލް ވިލިއަމް ހަނދުގެ ވަށައިގެން ދަތުރު ކުރަމުން ދިޔައީ ބައިވެރިން އަނބުރާ ބިމަށް ގެނައުމަށް އޮތް ހަމައެކަނި ވަސީލަތުގައެވެ. އެމީހުންގެ ދުނިޔެއިން ބޭރަށް ދިޔައީ މިހާތަނަށް އުދުއްސާލި އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ރޮކެޓް (363 ފޫޓޫ އުސް) ސެޓާރން 5 ގައެވެ. ސެޓަރން 5 ޖައްވަށް ދޫކޮށްލި ޖައްވީ އުޅަނދު “ކޮލަމްބިއާ”އަށް ހަނދަށް ދެވުނީ ބިމުން ފުރިތާ 4 ވަނަ ދުވަހުގެ ހަވީރު 4:17 ގައެވެ.

އެމެރިކާގެ ފޮލްރިޑާގެ ކެނެޑީ ވައިގެން ބަދަރުގައި މިހާރު ކުރިޔަށް ގެންދާ ގޯލްޑެން ޖުބިލީ ހަރަކާތުގައި ބައިވެރިވެ ކޮލަމްބިއާގެ ޕައިލެޓް ކޮލިން ބުނެފައި ވަނީ “އަހަރެމެން ފަޅުވެރިންނަށް އިހުސާސުވި އަހަރެމެންގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ޒިންމާ. އަހަރެމެންނަށް އެނގޭ ދުނިޔޭގެ އެންމެން ވެސް، ރަމަތްތެރިންނާއި ދުޝްމިނުން ވެސް ތިބީ އަހަރެމެންނަށް ވާގޮތް ބަލަބަލާ ކަން”. އެވެ.

އެޕޯލޯ 11 މިޝަންގައި 3 އެސްޓްރޯނޯޓުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 2 މީހުންނެވެ. އެއީ މައިކަލް ކޮލިން (88 އަހަރު) އާއި ނީލް އާމްސްޓޯރޯންގް ގެ ފަހަތުން ހަނދަށް ފޭބި ބަޒް އަލްޑްރިން (89 އަހަރު) އެކަންޏެވެ. މިޝަންގެ މައި ކޮމާންޑަރ ނީލް އާމްސްޓްްރޯންގ އުމުރުން 82 އަހަރުގައި، 2012 ވަނަ އަހަރު ވަނީ ނިޔާވެފައެވެ.

އެޕޯލޯ 11 ގައި ޖައްވަށް ދިޔަ 3 އެސްޓްރޮނޯޓުން، ވ. ނީލް އާމްސްޓްރޯންގް، ކ. ބަޒް އެލްޑްރިން، މެދުގައި މައިކަލް ކޮލިން. ފޮޓޯ ނާސާ

އެޕޯލޯ ޕްރޮގްރާމްގެ ބައެއް މިޝަންތައް ނާކާމިޔާބުވެފައިވީ ކަމުގައި ވިޔަސް ގިނަ ޕްރޮގްރާމްތައް ކާމިޔާބު ވެފައި ވާކަމށް ނާސާއިން ބުނެއެވެ. އެގޮތުން 1968 ން 1972 އާއި ދެމެދު 24 އެސްޓްރޮނޯޓުން ހަނދަށް ދަތުރުކުރިއެވެ. އެއިގެ ތެރެއިން 12 މީހުން މިހާރު ވެސް ދުނިޔޭގައި އެބަތިއްބެވެ. އެކަމަކު ހަނދުގައި ހިގާނފައި ވާނީ މިހާތަނަށް 12 މީހުންނެވެ. އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބީ 4 މީހުންނެވެ.

އެމެރިކާއިން ހަނދަށް ދިއުމުގެ މަޝްރޫޢު ފެށީ އެދުވަސްވަރު ރަޝިއާ އާއި އޮތް ވާދަވެރިކަމުގެ ތެރެއިން ނެވެ. ނުވަތަ ފިނި ހަނގުރާމައިގެ ތެރެއިންނެވެ. ދުނިޔޭގައި އެންމެ ނުފޫޒާއި ބާރުގަދަކަން ހާމަކޮށް ދިނުމުގެ ގޮތުންނެވެ. ޖޯން އޮފް ކެނެޑީ ފެއްޓެވި މަޝްރޫއު ކާމިޔާބުވީ ރައީސް ނިކްސަންގެ ވެރިކަމުގައެވެ. ނަވެސް ނަށަގެ ޖައްވީ މަޝްރޫޢުތަކަށް ކުރާ ބޮޑު ހޭދައިގެ ސަބަބުން އޭރުވެސް އެމެރިކާގެ ގިނަ ރައްޔިތުންތަކެއް ދިޔައީ އެއީ ބޭކާރު ވެގެންދާ ފައިސާތަކެއް ކަމަށް ބުނެ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

އެގޮތުން 1967 ގައި މާކިއުރީ ޕްރޮޖެކްޓްއާއި އެޕޯލޯ ޕްރޮގްރާމުގައި ދިމާވި ނާކާމިޔާބީގެ ސަބަބުން ޕްރެޝަރު ބޮޑުވެފައިވެއެވެ. އެޕޯލޯ ޕްރޮގްރާމުގެ ޓެސްޓު މަރުހަލާގައި ރޮކެޓް ލޯނޗިން ޕޭޑްން ނައްޓާލުމުގެތެރޭގައި ގޮވައި އޭގައި ވާ 3 އެސްޓްރޮނޯޓުން މަރުވުމުން ވެސް އެމެރިކާ ސަރުކާރަށް އާއްމުންގެ ނުރުހުން ބޮޑުވިއެވެ.

ނަމަވެސް އެމަޝްރޫޢު ކާމިޔާބުކުރުމަށް ހިތްވަރާއެކު ރެއާއި ދުވާލު ހޭލާ ތިބެގެން މަސައްކަތް ކުރީ ރަޝިއާއަށް ވުރެ ކުދިން އެކަން ކާމިޔާބުކުރުމަށް ކަމަށް ކޮލަމްބިއާ މޮޑިއުލްގެ ޕައިލެޓް ކޮލިން ހާމަކޮށްފައި ވެއެވެ. އޭރު ސިއްރު ގޮތުގައި އޭރު ކޮލިން ބުނެފައިވަނީ އެފަހަރުގެ މަޝްރޫއު ވެސް ކާމިޔާބުވުމުގައި އޮތީ 50-50 ޗާންސް ކަމަށެވެ. ނަމަވެސް ކާމިޔާބުވުމުން އެ އެސްޓްރޯނޯޓުން ވަނީ ދުނިޔޭގެ ބަތަލުންގެ ގޮތުގައި ފަވާލެވިގެން ގޮސްފައެވެ.

އެމަޝްރޫޢު ފެށިއިރު ޖައްވީ ކަންކަމުގައި ރަޝިއާ އޮތީ އެމެރިކާއަށް ވުރެ މާކުރީގައެވެ. އެގޮތުން އެންމެ ފުރަތަމަ ޖައްވަށް ސެޓްލައިޓް ފޮނުވުމާއި، މީހަކާއެކު އެންމެ ފުރަތަމަ ޖައްވަށް ޔޫރީ ގަގާރިން، “ސްޓްނިކް” ގައި ފޮނުވުމާއި، ހަނދަށް ދާން ފުރަތަމަ މަސައްކަތް ކުރުން ހިމެނެއެވެ. އެމެރިކާއިން ހަނދަށް ދިޔަ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ (ހަމަ އެމަހުގެ) ކުރީ ކޮޅުގައި ރަޝައާއިން ހަދަނށް ފޮނުވަން އުދުއްސާލި ރޮކެޓް ޖައްވުގެ ތެރޭގައި ގޮވުމުން ކްރެމްލިން އިން އެންމެ ފުރަތަމަ ހަނދަށް ދިއުމަށް ކުރި އުއްމީދު ގެއްލި، އެމެރިކާއިން އެންމެ ފުރަތަމަ ހަނދަށް ދިއުން ކާމިޔާބު ކުރީއެވެ.

ނީލް އާމްސްޓްރޯންގް އެންމެ ފުރަތަމަ ހަނދަށް ދިޔަ މީހާ 1969 ޖުލައި މަހު 20 ގައި

ރާއްޖޭގައި ބައެއް މީހުން އަދިވެސް އެމެރިކާއިން ހަނދަށް ދިޔަކަން ގަބޫލެއް ނުކުރެއެވެ. އެގޮތުން އެމީހުން ބުނަނީ އެއީ އެމެރިކާއިން މުޅި ދުނިޔެއަށް އޮޅުވާލި އޮޅުވާލުމެއް ކަމަށެވެ. އެމެރިކާ ފަދަ ބުނަން ބޭނުންވާ އެއްޗެއް ކޮންމެ ތަނެއްގައި ވެސް ބުނެވޭފަދަ މިނިވަން ގައުމެއްގައި އެތައް ހާސް ބަޔަކު ބައިވެރިވި އެޕޯލޯ 11 ހަނދަށް ދިއުމުގައި ކަންކަމުގައި އޮޅުވާލުންތަކެއް ވާނަމަ މިހާތަނަށް އެކި މީހުންގެ ވާހަކައިން އެކަމުގެ ސިއްރު ހާމަވީސްހެެވެ. އެގޮތުން އެމެރިކާގެ އޭރުގެ ރައީސް ނިކްސަންގެ ލައިވް ފޯނު ކޯލަކަށް ނީލް އާމްސްޓްރޯންގެ ހަނދުގައި ހުރެ ޖަވާބުދެމުން ދިޔައިރު މުޅި ދުނިޔެއިން ވެސް ދިޔައީ އަޑުއަހަމުން އަދި މަންޒަރުތައް ބަލަމުންނެވެ.

ހަނދަށް ދިޔަކަން ގަބޫލުނުކުރާ ބައެއް މީހުން ސުވާލު އުފައްދަނި ވައި ނެތް ތަނެއްގައި އެމެރިކާގެ ދިދަ ވިހުރޭ ގޮތަށް ފޮޓޯތަކުން އެދައްކާތީއެވެ. އެކަމުގެ ތަފުސީލުތައް ވެސް އެޕްރޮޖެކްޓްގެ ލިޔުންތަކުގައި މާކުރިން ވަނީ ހާމަކުރެވިފައެވެ. އެއީ ވިހުރޭ ދިދައެއްގެ ގޮތުގައި ދެއްކުމުގެ ބޭނުމުގައި ނަރުލައިގެން އެގޮތަށް ތައްޔާރުކުރެވިފައިވާ ޚާއްސަ ދިދައެއް ކަމަށް ނާސާގެ ލިޔުންތަކުން އެނގެއެވެ.

ހަނދުގައި އެމެރިކާގެ ޚައްސަ ދިދެއް ނަގާފައި

އެމެރިކާއިން ހަދަށް ދިޔަތާ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން އެގައުމުގައި އަންނަނީ ތަފާތު ގިނަ ހަރަކާތްތަކެއް  ބާއްވަމުންނެވެ. އެގޮތުން ޖޭކޭއެފް ވައިގެ ބައްދަރުގައި ބޭއްވޭ ރަސްމިއްޔާތުތަކުގައި އެޕްރޮޖެޓްގައި މަސައްކަތް ކުރި މީހުނާއި އެމީހުން ގެންގުޅުނު ތަކެތި ދައްކާލުމާއިި އެމީހުންގެ އިންޓަރވިއުތައް ގެނެސް ދިނުމާއި ރޮކެޓް އުދުއްސުން ފަދަ ހަރަތާކްތައް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !