A wide advertisement which will be shown on all devices. (700 x 100)

ސިޔާސި ޕާޓީތަކުގެ ލިސްޓް އަނެއްކާ ދިގުވާން ފަށައިފި

އެންމެ ހަނގު ސިޔާސީ ޕާޓީ 2019، މޯލްޑިވްސް ރިފޯރމް މޫވްމެންޓް (އެމްއާރުއެމް)

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އަދަދު ފޯއިން ފޯއަށް އިތުރުވާކަމީ މާޒީން ދާއްކާ ހަގީގަތެކެވެ. އަނެއްކާވެސް ސިޔާސީ ޕާޓީތަކުގެ ލިސްޓް އިތުރުވާން ފަށައިފިއެވެ. މިއަދު އެމްއާރުއެމް (މޯލްޑިވްސް ރިފޯރމް މޫވަމެންޓް) ރަޖިސްޓްރީ ވުމާއެކު މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ އަދަދު 11 އަށް އަރާފައެވެ. އަދި އިތުރަށް ސިޔާސި ޕާޓީީ ހެއްދުމުގެ ހުއްދަ ދިފާއިވާ ފަރާތްތަކެއް ވެސް އެކަމުގައި ހަރަކާތްތެރި ވަމުން އެބައާދެއެވެ.

ފާހަގަ ކުރެވޭ ކަމަކީ ވަރަށް ފޯރީގައި ސިޔާސީ ޕާޓީ ހަދައި ރަޖިސްޓްރީ ކުރިޔަސް އެޕާތީގެ ހަރަކާތައް ފެންނަލެއް އެހާ އާމު ނޫންކަމެވެ. މަދު ތިން ހަތަރު ޕާޓީީއެއް ފިޔަވައި ސިޔާސީ ހަރަކާތަކުގައި އުޅެތަން ފެންނަ ޕާޓީތައް މަދެވެ. ބައެއް ޕާޓީތަކުގެ އިސްވެރިން ދެކެނީީ ސިޔާސީ ޕާޓީގެ ބޭނުމަކީ ހަމައެކަނި އިންތިޚާބުގައި ވާދަކުރުން ކަމަށެވެ. ޚާއްސަކޮށް އިންތިޚާބުތައް ކައިރިވާ ތަނުން މިކަންތައް ފެނެއެވެ.

ސިޔާސީ ޕާޓީތައް އަދި ރަޖިސްޓްރީ ކުރިޔަސް އެޕާތީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ނުވާނެއެވެ. ސިޔާސީ ޕާތީތަކަށް ދޭން އިލެކްޝަންސް ކަމިޝަނުން މިހާރު ވިސްނަމުން އެދާ އިދާރީ ފީއެއް ދޭންވާނީ ވެސް އެކަށީގެންވާ، މުއްދަތަކަށް، މިސާލު 5 އަހރު ދުވަހަށް، މެދުނުކެނޑި ކަނޑައެޅޭ މިންވަރަކަށް ހިންގާ ޕާޓީކަތަކަށް އެކަންޏެވެ. އެހްނެނޫނީ ފެންނާނާރީ ކުރީގައި އެމްއެސްޑީޕީ ފަދަ ޕާޓީ ތަކުން ހޯދައިގަތް މާލީފައިދާތައް ދެމީހަކު އެއްވެލާ ހަދާ ޕާޓީތަކުން ހޯދާތަނެވެ.

ދާދިފަހުން ވެސް އެފަދަ ފޯރީގައި ދެތިން ޕާޓީީއެއް އުފެއްދިއެވެ. އެކަމަކު މިޙާރު ާކބަރެއް ހލަމެއް ނުވާތާ އަހަރެއްވާން ކައިރި ވީއެވެ. އަނެއްކާވެއް ފޯއެއް އެބަ އޮތެވެ. ލޯކަލް ކައުނސިލް އިންތިޚާބުގެ ފޯއެވެ.

މިހާރު ސިޔާސި ޕާޓީތަކަށް ފައިސާ ދޭ އަދަދުތައް ރަނގަޅު ކަމަށް ފެނެއެވެ. އެއީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަަށް އެކަންޏެވެ. އިތުރަށް ފައިސާގެ އެހީތެރިަކމެއް ދޭން މަޖުލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބު އަދި ރައީސުލް ޖުމްހޫރިއްޔާގެ އިންތިޚާބުގައި އެޕާޓީއަކަށް ވޯޓު ލިބޭ ނިސްބަތަކުން އެއިން ބައެއް ދިނުން އެންމެ ރަނގަޅު ކަމަށް ވެދާނެއެވެ.

މިހާރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ އަދަދަށް މެމްބަރުން ތިބީ ސިޔާސީ 3 ޕާޓީއެއްގައެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީީއެވެ.

އިހައްދުވަހު ދެވަނަ ދައުރަކަށް އެމްޑީޕީގެ ރައީސް ކަމަށް ހޮވުނު ރައީސް މުހައްމަދު ނަޝީދު

މިހާރު އެންމެގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ.

ތަފާސް ހިސާބު ދައްކާ ގޮތުން:

  1. އެމްޑީޕީ – 53،694
  2. ޕީޕީއެމް – 36،831
  3. ޖުމްހޫރީ ޕާޓީ – 10،726
  4. އެމްޑީއޭ – 8،805
  5. އަދާލަތު ޕާޓީ – 6554
  6. ޕީއެންސީ – 4367
  7. އެމްޓީޑީ – 3498
  8. ލޭބާ ޕާޓީ – 3004
  9. ޑީއާރްޕީ – 2985
  10.  —
  11. އެމްއާރްއެމް –
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !