ކްރޯނާ ވައިރަސްގެ ވެކްސިން އިންސާނުންނަށް ޓެސްޓްކުރަން އެމެރިކާ ސީޓްލްގައި ފަށައިފިއެވެ. މިދިޔަ ހޯމަދުވަހު ވަނީ ފުރަތަމަ މީހާއަށް އަޖުމަބެލުމުގެ ވެކްސިން ދީފައެވެ.
ބައޯޓެކްނޮލޮޖީ ކޮމްޕެނީ މޮޑާނާ އިން ތައްޔާރުކުރި މިވެކްސިނަށް ކިޔަނީ mRNA-1273 (އެމްއާރުއެންއޭ-1237) އެވެ. މިއީ އެމެރިކާގެ ސިއްހީ މައި އިދާރާ ނެޝެނަލް އިންސްޓިޓިއުޓް އޮފް ހެލްތު އާއި ގުޅިގެން އުފެއްދި ވެކްސިނެކެވެ.
ދެބަޔަކަށް ބަހާލެވިފައިވާ އަޖުމަބެލުމުގެ މަރުހަލާގައި ސިއްހަތު ރަނގަޅު 45 ޒުވާނުންނަށް (18-55 އަހަރު) 3 ޑޯޒް ވެކްސިން ދިނުމަށް ހަމަޖެހިފައި ވެއެވެ. މިވެކްސިންގެ ފުރަތަމަ ބުރަށްފަހު 28 ދުވަސް ވަންދެން ބަލާފައި ދެވަނަ ބައި ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ފުރަތަމަ ބުރަށް ފަހު ވެކްސިން ދޭ މީހާގެ ސަލާތާއި ދިފާޢީ ނިޒާމަށް އަންނަ ބަދަލުތައް ކައިރިން ބަލައި ވަޒަން ކުރެވެމުންދާނެއެވެ.
ދެވަނަ މަރުހަލާއަށް ފަހު ބަލާނީ މި ވެކްސިންއިން ދިފާޢީނިޒާމު ކުރޯނާވައިރަހަށް ހަމަލަދިނުމުގައި އަމަލުކުރާ ގޮތްތައް ދެނެގަތުމަށެވެ. އެގޮތުން ކްރޯނާވައިރަހުގައި ބޭރުފަށާލާގައި ހިމެނޭ ޕްރޮޓީން SARS-CoV2 އާއި ކުރިމަތިލާ ގޮތް ދެނެގަނެވޭނެެއެވެ.
ޗައިނާއިން ފެނުނު މިވަރަހުގެ ޑީއެންއޭ ޗައިނާއިން ހާމަކުރިތާ 65 ދުވަހުގެ ތެރޭގައި މިވަނީ ޓެސްޓްގެ ފުރަތަމަ މަރުހަލާ ފަށާފައެވެ. ޗައިނާއި އިން ކްރޯނާވައިރަހުގެ ޑީއެންއޭ ސިކުއެންސް ހާމަކުރިތާ 2 ދުވަސް ފަހުން އެމެރިކާގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއެޗްއައި) އިން ވެކްސިނެއް ޑިޒައިކޮށް، އެ ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފައި ވެއެވެ. އެގޮތުން ފެބްރުއަރީ 7 ގައި ފުރަތަމަ ބެޗު ތައްޔާރުކޮށް 24 ފެބްރުއަރީގައި ލެބް ޓެސްޓިން ފަށާފައިވާ ކަމަށް ފޯބްސް މަޖައްލާއިން ހާމަކުރެއެވެ.
މުޅި ދުނިޔެއިން ވެސް އެދިއެދި އެތިބެނީ މިކަމުގައި އަވަސް ހައްލެއް ލިބި ކްރޯނާ ވައިރަސް އިން ސަލާމަތް ވުމަށް ށެވެ. އެއީ މިހާރު މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް އެންމެ އިސްކަންދޭ ޕަބްލިކް ހެތުގެ މައްސަލައެވެ. މަށެވެ.
މި ފުރަތަމަ ޓެސްޓިން ފޭސްއަކީީ ދުނިޔޭގެ ވެސް ރިކޯޑުހާ އަވަސް މިނެއްކަމަށާއި މިއީ މިކަމުގައި ކާމިޔާބީ ހާސިލުކުރުމަށް އެޅުުނު ފުރަތަ ފިޔަވަޅުކަމަށް އެންއެޗްއައިގެ އެލާރޖީ އެންޑް އިންފެކްޝަސް ޑިޒީސްގެ ވެރިޔާ ބުުންޏެވެ.
އެހެން ވެކްސިންތަކާއި ޚިލާފަށް މިވެސްކްސިންއިން ކޯވިޑް19 ބަލި ނުޖެހޭނެ ކަމަށާއި މީގައި ކުރޯނާ ވައިރަސް ނުހިމެނޭ ކަމަށެވއެވެ. އޭގެ ބަދަލުގައި މިވެކްސިންގައި ހިމެނެނީ ސައިންސްވެރިން ކްރޯނާވައިރަހުން ނެގި ޖެނެޓިކް ކޯޑުގެ އެތިކޮޅެއް (mRNA) ކަމަށާއި އަދި އެ އެތިކޮޅު ލެބްގައި އިތުރަށް ފުރިހަމަކޮގެން ކަމަށެވެ. މިގޮތުން އުފައްދި ވެކްސިންގަިއ ހިމެނޭ mRNA އިން ކްރޯނާ ވައިރަހުގެ ސްޕައިކް (ދިގުކޮށް ނުކުމެފައި ހުންނަ ބައިތައް) ތައް ވަށާއިަލއި ފުރުފވައެވެ. މީގެ ސަބަބުން ކުރޯނާވައިރަހަށް ހަށިގަޑުގެ ސެލްތަކަށް ވަދެގަތުމުގެ ބާރު ކަނޑުވާލައެވެ. ކްރޯނާވައިރަހުން ހަށަގަޑުގެ ސެލްތަކަށް ވަންނަން ބޭނުންކުރަނީ މިސްޕައިކް (ޕްރޮޓީން މާއްދާ) އެވެ.
މިވެކްސިން އުފެއްދި ސައިންސްވެރިން އުއްމީދުކުރާ ގޮތުގައި މީގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ހަލުއިކަމާއެކު ވައިރަހަށް ހަމަލާދިނުމަށް ތައްޔާރުވެއެވެ. އަދި މީގެސަބަބުން ކޯވިޑް19 ގެ އަސަރު މީހާއަށް ކުރުން ހުއްޓުވައެވެ.

ކްރޯނާވައިރަހުގެ ވެކްސިން ފުރަތަމަ އަޖުމަބެލުން 16 މާރިޗު 2020 އެމެރިކާގައި
ކްރޯނާ ވައިރަހަށް ވެކްސިނެއް ހެދުމުގެ ރޭހުގައި ވަރަށް ގިނަ ގައުމުތަކުން އަންނީ ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ އާއި އިޒުރޭލް ފާހަގަ ކޮށްލެވެއެވެ. އެމެރިކާއިން އިންސާނުންނަށް ޓެސްޓްކުރަން މިފެށި މިވެކްސިނަށް mRNA-1273 (އެމްއާރުއެންއޭ-1237) އަކީ މިފަދަ ކަންކަމުގައި ގެންގުޅޭ އާއްމު މަރުހަލާތަކުގެ މިންގަޑުގެ ބައެއް ދޫކޮށްލާފައި ކުރިޔަށްގެންދާ ކަމަކަށްވުމުން އެހެން ސައިންސްވެރިންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން އެމެރިކާގެ ސައިންސްވެރިން ދޫކޮށްލާފައިވަނީ މީދާ ބޭނުންކޮށްގެން ޓެސްޓްތައް ހެދުމުގެ މަރުހަލާއެވެ.
މިކަމަށް ތާއިދުކުރާ ސައިންސްވެރިން ބުނާގޮތުގައި ދުނިޔެއިން މިވަގުތު ވެކްސިންއަކަށް ބޭނުންވެފައިވާލެއް ބޮޑުކަމުން، މިފަދަ ގޮތަކަށް ވެސް އަވަސް ނަތީޖާއަކާއި ހަމަޔަށް ދިއުން ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އެހެންމީހުން ބުނަނީ މިއީ މިފަދަ ކަންކަން ކުރުމުގެ ސުލޫކާއި ކަނޑައެޅިފައިވާ މިންގަނޑުތަކާއި ޚިލާފަށް ކުރިކަމެއް ކަމަށެވެ.
ކްރޯނާވައިރަހަށް ވެކްސްިނއެއް އުފެއްދުމަށް ކިތަންމެ އަވަހަކަށް ފަށައިގަނެ އެހާމެ ބާރު ސްޕީޑްގައި ވެކްސިން ތައްޔާރުކުރެއެއް ކަމަކު މިވެކްސިންގެ އެކިއެކި ކަންކަން ދެނެނެގަތުމަށް އަދިވެސް އިތުރު ދުވަސްތަކެއް ބޭނުންވެއެވެ. އެގޮތުން އަޖުމަބެލުމުގެ 2 ބަނަ ބުރަށްފަހު އހަރެއްހާ ދުވަސް ވަންދެން މީގެ ސަލާމަތްތެރިކަމާއި ކާމިޔާބުކަމުގެ މައުލޫމަތު ދެނެގަތުމަށް ބޭނުންވާނެއެވެ.
ވުމާއެކު ކްރޯނާވައިރަކަށް ވެކްސިނެއް ލިބޭނެކަމަށް އެންމެ އަވަސްވެގެން ވެސް ބެލެވެނީ އަންނަ އަހަރުއެވެ.
ޚިޔާލުތައް