A wide advertisement which will be shown on all devices. (700 x 100)

ސާކް ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު 7

ފައިތުވި 7 ހަފުތާގައި ސާކް ގައުމުތަކުގައި ކޮވިޑް-19 ގެ ހާލަތު ބަދަލުވަމުން ގޮސްފައިވާ ގޮތް.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގައި ކޮވިޑް-19،ގެ އާލަމީވަބާގެ ހާލަތު ބަލައިލުމަށް ކުރިޔަށް ގެންދެވޭ މި ރިޕޯޓުގެ 7 ވަނަ ބައި ފަށަމެވެ. ފާއިތުވި ހަފުތާގައި ވަނީ ސާކްގެ ގިނަ ގައުމުތަކުން ކުރިޔަށްގެންދިޔަ ލޮކްޑައުން ނުވަތަ ފުރަބަންދުގެ ހާލަތު އިތުރު ދެހަފުތާއަށް އިތުރުކޮށްފައެވެ. ފާއިތުވި ހަފުތާގައި ދިވެހިރާއްޖޭގައި ނިސްބަތުން ގިނަ ބަޔަކު މިބައްޔަށް ފައްސިވި އިރު ފުރަތަމަ މިބަލީގައި ރާއްޖެއިން މިހަކު މަރުވީވެސް ފާއިތުވިި ހަފުތާގައެވެ. އިންޑިއާގައި ބަައްޔަށް ފައްސިވި މީހުން އެންމެ ގިނައިރު އަދިވެސް އެންމެ މަދު މީހުންނަށް މިބަލި ޖެހިފައި ވަނީ މިސަރަހައްދުން ބޫޓާނުގައެވެ.

ސާކް ގައުމުތަކުގައި ކޮވިޑް-19 ގެ ހާލަތު، މައުލޫމާތު؛ ވޯލްޑޯމީޓަރ 2 މެއި 2020.

މިއަދު 2 މެއި، ހޮނިހިރު ދުވަހާއި ހަމަޔަށް ސާކްގެ ގައުމުތަކުން ޖުަމްލަ 64463 މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވެއެވެ. އެއިގެ ތެރެއިން 14067 މީހުން (%21.8) މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. އަދި ބަލީގައި 1791 މީހުން މަރުވެފައި ވެއެވެ. އެއީ %2.8 މީހުންނެވެ.

މިބަލީގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިސަރަހައްދުގައި މިހާރު ތިބީ 42591 މީހުންގެ ތެރެއިން %99.7 މީހުން (42469) އަކީ އާދައިގެ ކުދިކުދި މައްސަލަތަކުގެ މީހުންނެވެ. އަނެއް %0.29 މީހުން ނުވަތަ 122 މީހުންނަކީ ނާޒުކު ހާލަތުގައި ތިބި ބަލި މީހުންނެވެ. ބަލީގައި ގޮތްކަނޑައެޅި ނިމިވައިވާ 15858 މީހުންގެ ތެރެއިން  %88.7 މީހުން ރަނގަޅުވެފައި ވާއިރު  ބަލީގައި މަރުވެފައި ވަނީ %11.3 މީހުން (1791) ނެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އެމެރިކާއިން އިންނެވެ. އެގައުމުންމިލިޔަނަކަށް ވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާ އިރު 64000އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައި ވެއެވެ. ދެއްލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން ސްޕޭން، އިޓަލީއެވެ. އަދި ފްރާންސް، ޖަރުމަން، އިނގިރޭސިވިލާތް، ރަޝިއާ، އަދި ތުރުކީ އިން ވަނީ އެއްލައްކައަށް ވުރެ ގިިނަމީހުން ބައްޔަށް ފައްސި ވެފައި އެވެ. ދެން ހިމެނެނީ އޭޝިއާގެ އިރާނާއި، ސައުތު އެމެރިކާގެ ބްރެޒިލާއި ބަލި ފުރަތަމަ ފެނުނު ޗައިނާ އެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވަފައިވަނީ އެމެރިކާ ގެ އިތުރުން ސްޕޭން (24824) އާއި އިޓަލީ (27,967) އާއި އިނގިރޭސިވިލާތުން (26,771) އަދި ފްރާންސް (24,376) އިން ނެވެ.

ސާކް ގައުމުތަކުގެ ތަފުސީލް ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާ އަދި ޕާކިސްތާނުން ބަލިމީހުން ތިބި އަދަދުތައް އެހެން ގައުމުތަކަށް ވުރެމާ ބޮޑުތަނުން މައްޗެވެ. އެއާއެކު ބަންގްލާދޭޝްއިން ބަލިޖެހޭ މީހުންގެ އަދަދުތައް ނިމުނު ހަފުތާގައި ވެސް ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައި ވެއެވެ. އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ހިމެނޭ ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖޭގެ ގްރޫޕެވެ. ނަމަވެސް ފާއިތުވި ހަފުތާގައި ދިވެހިރާއްޖެ އާއި އަފުޣާނިސްތާން އަދި ސްރީލަންކާއިން ވެސް ވަނީ ނިސްބަތުން ބަލި ޖެހިފައިވާ މީހުން އިތުރުވެފައެވެ. ނޭޕާލާއި ބޫޓަނުން އަދި މިބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 2 މެއި 2020

އިންޑިއާގައި ބަލިޖެހިފައިވާ މީހުންގެ އަދަދު 24 ހާހުން 35 ހާހަށް މައްޗަށް އަރާފައިވާއިރު  ޕާކިސްތާން ވަނީ 12 ހާހުން 17 ހާހަށްވުރ މައްޗަށް އަރާފައެވެ. ބަންގްލާދޭޝް 5 ހާހުން 8 ހާހަށް އަރާފައިވާ އިރު  އަފުޣާނިސްތާނުގެ އަދަދު ވަނީ ދެހާހުން މައޗަށް ފިއެވެ. ސްރީލަންކާ 417 އިން 689 އަސް އަދި ދިވެހި ރާއްޖެއިން ވަނީ 129ން 481 އަށް މަތިވެފައެވެ. ނޭޕާލް 49 ން 59އަށް އަދި ބޫޓާނުން ފާއިތުވި ހަފުތާގައި އިތުރު މީހަކަށް ބަލިޖެހިފައި ނުވާއިރު 5 މީހުން ބަލިން ރނގަޅުވެ ބާލީ ތިބީ ބަލިގެ އެންމެ ދެ މީހުންނެވެ.

ދިވެހިރާއްޖޭގައި މިބަލީގެ މީހުންގެ އަދަދު ފާއިތުވި ދެހަފުތާގައި ވެސް މިވަނީ ނިސްބަތުން ބޮޑުތަން އިތުރުވެފައެވެ. އެއީ ފާއިތުވި ހަތަރު ހަފުތާގައި 28 އިން 83ން 129ން 481 އަށް އިތުރު ވެފައި ވުމުންނެވެ. ފާއިތުވި ހަފުތާގައި ރާއްޖެއިން އެއްމީހަކު އިތުރަށް ބަލިން ރަނގަޅުވެފައި ވެއެވެ. މިހާތަނަށް ރާއްޖޭއިން ބަލިން ރަނގަޅުވެފައި ވަނީ 17 މީހުންނެވެ. މިހާރު ރާއްޖޭގައި ތިބީ ބަލީގެ 152 ދިވެހީންނާއި 258 ބަންގްލާދެޝް މީހުންނާއި 49 އިންޑިއާ މީހުންނާއި އިޓަލީގެ 11، ޕާކިސްތާނުގެ 3، ނޭޕާލުގެ 2 އަދި ޔޫރަުގެ ގައުމުތަކުން 4 މީހުންނެވެ. އެއީ ޖުމްލަ 329 ބިދޭސީން ނުވަތަ %68 މީހުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އުތުރުން ހއ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން މާލެ އަތޮޅު ތުލުސްދޫއިން ވަނީ ބައްޔަށް ޕޮޒިޓިވް މީހުން ފެނިފައެވެ. ފާއިތުވި ފަހުތާގައި ވަނީ ދިވެހިރާއްޖޭގައި ގެއިން ބޭރަށް ނިކުމެ އުޅުން އިތުރު 2 ހަފުތާއަށް މަނާކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގައި ކޯވިޑް-19 އަށް ފައްސިވެފައިވާ އެކި ގައުމުތަކުގެ މީހުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !