A wide advertisement which will be shown on all devices. (700 x 100)

ގިނަބަޔަކު ހައިރާންކުރުވައި ހޭޒް ސީ ޓީމުގެ މައްޗަށް އެފްއެސް ޓީމުން ކުރި ހޯދައިފި

މިއަދު ގެ މެޗުން މޮޅުވި އެފްއެސްގެ ޓީމު. ފޮޓޯ: ފުވައްމުލައް ކްރިކެޓް

އިއްޔެ ފުވައްމުލަކުގައި ފަށައިގެން ކުރިޔަށް ދާ ފުވައްމުލަކު އިންޓަރ ސްކޫލް (ބޯއިސް) ކްރިކެޓް މުބާރާތުގެ ދެވަނަ މެޗު ކުރިން ހީކުރެވިފައިވާ ގޮތާއި ޚިލާފަށް އެފް އެސްގެ ޓިމުން ކާމިޔާބުކޮށްފިއެވެ. ވަރުގަދަ ކަމަށް ބެލެވުނު ހޭޒްގެ ސީ ޓީމުގެ މަޗަށް އެފް އެސް (ފުވައްމުލަކު ސްކޫލް) ޓީމުން ކާމިޔާބު ހޯދީ 2 ވިކެޓުންނެވެ. އެފްއެސްގެ މި ކާމިޔާބީއަކީ ކޯޗުންނާއި ޚުދު އެޓީމު ވެސް ހައިރާން ކުރިވި ކާމިޔާބެކެވެ.

މިއަދު ހަވީރު ކްރިކެޓް ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ޓޮސް ދިމާވެގެން ހޭޒް ޓީމުން ގަސްދު ކުރީ ފުރަތަމަ ބެޓް ކުރާށެވެ. މި އިނިންޒްގައި ހޭޒް ޓީމަށް 7 ވިކެޓަށް ހެދުނީ 74 ލަނޑެވެ. މި އިނިންސްގައި އެފްއެސްއިން އެންމެ ރަނގަޅަށް އުކާފައި ވަނީ 21 ލަނޑަށް 3 ވިކެޓް ނެގި ނާޒިހު އެވެ.

ދެވަނަ އިނިންސްގައި އެފްއެސް އިން ޖަވާބުގައި ކުޅެން ނިކުމެ 13.5 އޯވަރުގައި 8 ވިކެޓަށް 75 ލަނޑު ހަމަކޮށް މެޗުން ކުރި ހޯދިއެވެ. މިއިނިންސްގައި އެފްއެސްގެ ރަޔާން ވަރަށް ރަނގަޅަށް ބެޓްކޮށް 12 ލަނޑު ހެދިއެވެ. އެޓީމުގެ ލަޔާން އާއި ކެޕްޓަން އަމީންގެ ފިލްޑް ކުޅުން ފާހަގަ ވެގެން ދިޔައެވެ. މިއިނިންސްގައި ހޭޒް ސީ ޓީމުގެ ކެޕްޓަން ޝާރިން ގެ މޮޅު އުކުން ފާހަގަވެގެން ދިޔައެވެ. އޭނާ ވަނީ 3 ލަނޑަށް 3 ވިކެޓް ނަގާ ފައެވެ.

މިމުބާރާތުގެ ގައި މިހާތަނަށް ކުޅުން ދެމެޗަކީ ވެސް ގްރޫޕް 1 ގެ ގެ ދެމެޗެވެ.

މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ވެސް މިމުބާރާތުގެ 2 މެޗު ކުޅެވޭނެއެވެ. މާދަމާ މެންދުރު ފަހު 2 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޭޒްގެ ބީ ޓީމާއި އެމްޖޭއެމްގެ ބީޓީމެވެ. އަދި ހަވީރު ހަވީރު 4 ޖަހާއިރު ބައްދަލު ކުރާނީ ހޭޒްގެ ޑީ ޓީމާއި އެމްޖޭއެމްގެ އޭ ޓީމެވެ. މިއީ ގްރޫޕް 2 ގެ ދެމެޗެވެ.

މިމުބާރާތުގައި ފުވައްމުލަކުގެ ޕްރައިމަރީ ސްކޫލް ތަކުން 8 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. މިމުބާރާތް ކުރިޔަށް ދަނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !