28 މެއި 2020 ( ބުރާސްފަތި )

banner

ބެލްޖިއަމުން ވޯލްޑް ކަޕްގައި ހޯދި އެންމެ ރަގަޅު ކާމިޔާބީއެއްގެ ގޮތުން މިފަހަރުގެ 3 ވަނަ ހިމެނޭ. ފޮޓޯ: ފީފާ

މިފަހަރުގެ ވޯލްޑްކަޕްގެ 3 ވަނަ ބެލްޖިއަމަށް

މިރޭ ރަޝިއާގެ ސެންޓް ޕީޓަރސްބާރގްގައި ކުޅެވުނު ފީފާ ވޯލްޑްކަޕް 3 ވަނަ ހޮވާމެޗު 2-0 ން އިނގިރޭސިން ބަލިކޮށް ބެލްޖިއަމުން ވަނީ މުބާރާތުގެ ރަންވަންލޯ މެޑެލް ހާސިލުކޮށްފިއެވެ. މިރޭގެ މެޗު ފެށިގެން ކުރީ ކޮޅުގައި ބެލްޖިމްގެ ތޯމަސް މުނިއަރ ވަނީ ޗެޑްލީގެ ހުރަހެއްގައި ގޯލެއް ޖަހައި މެޗުގެ ލީޑް ނަގައިދީފައެވެ. 

މިރޭގެ މުޅި މެޗުގައިވެސް އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތައް ގިނައިން ދިނީ ބެލްޖިއަމް ޓީމުންނެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ގެން ގެންގުޅުނީ އިނގިރޭސިންނެވެ. ފުރަތަމަ ހާފުގައި، ސްޓަރލިން ހުސްކޮށްލާފައި ޕެނަލްޓީ އޭރިއާ ތެރެއިން މުބާރާތުގެ ޓޮޕް ސްކޯރަރ، ހެރީ ކޭންއަށް ދިން ބޯޅަ ގޯލަކަށް ހަދާލެވޭ ގޮތެއް ނުވެ، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ބެލްޖިއަމުން ބްރެޒިލާއި ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ހެން އެޓީމުގެ ކައުންޓަރ އެޓޭކުތަކަކީ ވަރަށް އިދިކޮޅު ގޯލަށް ނުރައްކާތެރި ވަގުތުތަކެކެވެ. 

މެޗުގެ ދެވަނަ ހާފުގައި ފަހުކޮޅުގައި އެޑިން ހަޒާޑްގެ ގޯލާއެކު ނަތީޖާ 2-0 އަށް ބަދަލުކުރިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއކަީ ވެސް ހެޒާޑް އެވެ. މިއީ ވޯލްޑް ކަޕްގައި ބެލްޖިއަމަށް ހޯދުނު އެންމެ ރަނގަޅު ނަތީޖާ އެވެ. މިމެޗުގައި ދެޓީމުން ވެސް ގިނަ ބެންޗު ކުޅުންތެރިންނަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ދިންކަން ފާހަގަ ވިއެވެ.

މި ނަތީޖާއާއެކު އިނގިރޭސިންނަށް މި ދެވުނީ 1990ގައި ވޯލްޑް ކަޕުން ހާސިލުކުރެވުނު މިންވަރެވެ. މުބާރާތުގެ 4 ވަނައެވެ. މިއީ އިންގްލޭންޑްގެ އެންމެ ރަނގަޅު 2 ވަނަ ނަތީޖާއެވެ.

މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު މާދަމާ ރޭ 8:00 ގައި ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ އަލަށް ވޯލްޑް ކަޕް ފައިނަލުގައި ކުޅޭ ކްރޮއޭޝިއާއާއި އެއްފަހަރު ވޯލްޑްކަޕް ހޯދާފައިވާ ފްރާންސެވެ.


ކިޔުންތެރިންގެ ޚިޔާލު