A wide advertisement which will be shown on all devices. (700 x 100)

އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގައި ފުވައްމުލަކުގެ ސްކޫލްތަކުން ރަނގަޅު ކާމިޔާބީއެއް ހޯދަމުން ދޭ

އެތުލެޓިކްސް މީޓުގައި ފުވައްމުލަކުގެ ސްކޫލްތަކުން އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން. ފޮޓޯ: ފވމ އެތުލެޓިކްސް މީޓް

މައިލޯ އިންޓަރ ސްކޫލް 21 ވަނަ އެތުލެޓިކްސް މީޓްގެ އިވެންޓްތައް މިއަދުގެ ނިޔަލަށް ނިމުނު އިރު ފުވައްމުލަކުގެ ސްކޫލްތަކުން އަންނަނީ ރަނގަޅު ކާމިޔާބީއެއް ހޯދަމުންނެވެ. މުބާރާތުގެ ފުރަތަމަ 3 ދުވަހުގެ އިވެންޓްތައް މިއަދު ހަވީރު ނިމުނުއިރު 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެއްވަނާގައި އުޅެނީ ޏ.އޭއީސީ އެވެ. އަދި ފުވައްމުލަކުގެ އެހެން ސްކޫލްތަކުން ވެސް ވަނީ ގިނަ ކެޓެގަރީ ތަކަކުން ކުރި ހޯދާފައެވެ.

މި އެތުލެޓިކްސް މީޓްގެ 13 އަހަރުން ދަށުގެ ބައިން ހދ. އަތޮޅު ތައުލީމީ މަރުކަޒުން (އޭއީސީ) ވެސް އަންނަނީ ރަނގަޅު ކާމިޔާބީއެއް ހޯދަމުންނެވެ. އެ މަރުކަޒުން ވަނީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިން ވެސް 1 ވަނާގައި އޮތީ ހދ. އޭއީސީ އެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 2 ވަނާގައި ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އޮތް އިރު 3 ވަނާގައި އޮތީ ވެސް ފުވަމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އެވެ. އަދި އަންހެން ކުދިންގެ ބައިގެ ދެވަނާގައި އޮތީ މާލޭ ޖަމާލުއްދީން ސްކޫލެވެ. 3 ވަނާގައި އޮތީ ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އެވެ.

މި އުމުރުފުރާގެ 2 ވަނާގައި އޮތީ ގދ.އޭއީސީ އެވެ. 3 ވަނާގައި އޮތީ ގއ.ގެމަނަފުށި ސްކޫލެވެ. މި އުމުރުފުރާގެ އަންހެން ކުދިންގެ ބައިން 1 ވަނަ އައްޑޫ ޝަރަފުއްދީން ސްކޫލް އޮތް އިރު 2 ވަނާގައި އޮތީ ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އެވެ. އަދި 3 ވަނާގައި އޮތީ ހދ.އޭއީސީ އެވެ. މަރުކަޒެވެ.

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ގދ.އަތޮޅު ތައުލީމީ މަރުކަޒު 1 ވަނާގައި އޮތްއިރު 2 ވަނާގައި އޮތީ ޏ.އޭއީސީ އަދި 3 ވަނަ ލިބެނީ އައްޑޫ ހައި ސްކޫލަށެވެ. މި އުމުރުފުރާގެ އަންހެން ކުދިންގެ ބައިން އައްޑޫ ހައި ސްކޫލް 1 ވނާގައި އޮތްއިރު އެސުކޫލާއި އެންމެ ކައިރިން ވާދަކުރަނީ ގދ.އޭއީސީ އެވެ. އަދި 3 ވަނާގައި އޮތީ ޏ.އޭއީސީ އެވެ.

13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ މިޑްލް ރިލޭ އިން 1 ވަނަ ހޯދީ ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލެވެ. އަންހެން ކުދިންގެ ބައިން 1 ވަނަ ލިބުނީ ހދ.އޭއީސީ އަށެވެ.

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×200 މީޓަރު ރިލޭއިން 1 ވަނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދިއިރު މިއިވެންޓްގެ 15 އަހަރުން ދަށުގެ ފިިރިހެން ކުދިންގެ ބައިން ވެސް 1 ވަނަ ހޯދީ ޏ.އޭއީސީ އެވެ. މި އުމުރުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ އައްޑޫ ޝަރަފުއްދީން ސްކޫލެވެ.

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×400 މީޓަރު ރިލޭއިން 1 ވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒު.

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޑިސްކަން ތްރޯއިން 1 ވަނަ ހޯދީ ޏ.އޭއީސީގެ މުޙައްމަދު އަބުދުﷲ

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕުން 1 ވަނަ ހޯދީ ގދ.އޭއީސީގެ މުޙައްމަދު އައިހަމް.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޖަވެލިން ތްރޯ އިން 1 ވަނަ ހޯދީ ގެމަނަފުށި ސްކޫލްގެ ސަފްހާން އަލީއެވެ.

މި މުބާރާތް ނިންމުމަށް ރޭވިފައި ވަނީ މާދަމާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !