A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް: އެތުލެޓިކްސް މީޓުގެ އެންމެ މޮޅީ ޏ.އޭއީސީ އާއި ހޭޒް

މިއަދު ފުވައްލަކުގައި ނިމުނު އެތުލެޓިކްސް މީޓުގެ ޓްރެކް އިވެންޓެއްގެ ތެރެއިން. ފޮޓޯ: އެތުލެޓިކްސް މީޓް ފުވައްމުލައް

މިއަދު ހަވީރު ނިމުނު މައިލޯ އިންޓަރ ސްކޫލް 21 ވަނަ އެތުލެޓިކްސް މީޓް ގެ އެންމެ ކާމިޔާބު ދެ ސްކޫލަށް ޏ.އަތޮޅޫ ތައުލީމީ މަރުކަޒު (ޏ،އޭއީސީ) އާއި ފުވައމްުލަކު ހާފިޒު އަޙުމަދު ސްކޫލް (ހޭޒް) ހޮވިއްޖެއެވެ. ޏ.އޭއީސީ އާއި ހޭޒް އެންމެ ކާމިޔާބު ދެ ސްކޫލުގެ ގޮތުގައި ހޮވެނީ މުބާރާތުގެ ދެ ކެޓަގެރީ އަކުން އެއްވަނަ ހޯދައިގެންނެވެ. ޏ.އޭއީސީން ވަނީ 17 އަހަރުން ދަށާއި 15 އހަރު ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދާފައެވެ. ހޭޒުން އެއްވަނަ ހޯދާފައި ވަނީ 15 އަހރުން ދަށުގެ އަންހެން ކުދިންގެ ބައިންނާއި 13 އަހަރުން ދަށުެގ ފިރިހެން ކުދިންގެ ބައިންނެވެ.

25 ހަށް ވުރެ ގިނަ ސްކޫލުން ވާދަކުރި މި އެތުލެޓިކްސް މީޓުގައި އެހެން އެއްވެސް ސްކޫލަކަށް 2 ކެޓަގަރީއަކުން އެއްވަނަ ހޯދިފައެއް ނުވެއެވެ.

އެތުލެޓިކްސް މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޏ. އޭއީސީއަށް މިފަހަރުގެ މީޓުގައި އިންޑިވިޑުއަލް ބެސްޓް އެތުލީޓްގެ މަގާމު އެއްވެސް ކެޓަގަރީއަކުން ހޯދުިފައެއް ނުވެއެވެ.

މީގެ އިތުރުން ވެސް ފުވައްމުލަކުގެ ސްކޫލްތަކުން ވަނީ ބައެއް ކެޓަގަރީ ތަކުން ވަނަތައް ހޯދާފައެވެ. އެގޮތުން 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އަދި 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ހާފިޒް އަހުމަދު ސްކޫލް (ހޭޒް) އިން ވަނީ 1 ވަނަ ހޯދާފައެވެ. 

މީޓުގެ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އައްޑޫ ހައި ސްކޫލުން ވަނީ 1 ވަނަ ހޯދާފައެވެ. 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ ހޯދީ ހދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 

އެތުލެޓިކްސް މީޓުގެ 13 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކީ މަރަދޫފޭދޫ ސްކޫލްގެ އާއިޝަތު ޝައިމް ޢަޒީޒުއެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އީހަމް ހަމްޒާއެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހީމް ރާފިލް ވާފިރެވެ. މިބައިގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ޝަރަފުއްދީން ސްކޫލްގެ މަރްޔަމް އަލްހާ ހުސައިންއެވެ.

17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ އައްޑޫ ހައި ސްކޫލްގެ މުޖާހިރު ޒިޔާދު މުޙައްމަދެވެ. މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ވެސް އައްޑޫ ހައި ސްކޫލްގެ ޢާއިޝަތު ހިމްނާ ހަސަންއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !