A wide advertisement which will be shown on all devices. (700 x 100)

ފުނާޑުގެ އެންމެ މުހިންމު ތިންކުޅުންތެރިން ފިސްޑާއަށް

ފުނާޑުގެ އެންމެ މުހިންމު ތިންކުޅުންތެރިން ފިސްޑާއަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ވޮލީބޯލް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް ކަޕަށް ތައްޔާރުވުމުގެ ގޮތުން ފުނާޑުގެ އެންމެ މުހިންމު ތިންކުޅުންތެރިން ފިސްޑާއަށް ގެންގޮސްފިއެވެ.

ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ)ގެ އިސްއޮފިޝަލަކު ވިދާޅުވީ ވީއޭއެމް ޕްރެޒިޑެންޓް ކަޕަށް ތައްޔާރުވުމުގެ ގޮތުން ފުނާޑު އަވަށަށް ނިސްބަތްވާ އެއަވަށުގެ އެންމެ މޮޅު ތިން ކުޅުންތެރިން ފިސްޑާއަށް މިއަދު ސޮއިކޮށްފައިވާކަމަށެވެ.

ފިސްޑާ ޓީމާއި މިއަދު ގުޅިފައިވާ ތިން ކުޅުންތެރިންނަކީ އެންމެ ފަހުން ފުވައްމުލަކުގައި ބޭއްވި ވޮލީ މުބާރާތްތަކުގައި ފުނާޑު ސްޕޯޓްސް ކުލަބް އިން ފާހަނގަކޮށްލެވުނު ކުޅުންތެރިންތަކެކެވެ. ފިސްޑާއަށް މިއަދު ސޮއިކުރީ ފުނާޑު ސްޕޯޓްސް ކުލަބްގެ ސްޕައިކަރ އައިޝަތު ރަޝީދާ (އައިސޫ)، އާއި ޑިފެންޑަރ ފާތުމަތު މުފީދާ (މުފިއްޓޭ) އަދި ސެޓަރ މަރިޔަމް ސަމާ (މަރީ) އެވެ. މިތިންކުޅުންތެރިން ފިސްޑާއަށް ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރު މެންގޯ ރެސްޓޯރަންޓުގައެވެ.

“އަންނަ މަހު ފުވައްމުލަކުގައި ވޮލީ މުބާރާތް ބާއްވާގޮތަށް ހަމަޖައްސާފައި ވުމާއި އެކު ފިސްޑާއިން ރަނގަޅު ފެންވަރުގެ ޓީމެއް ތައްޔާރުކުރުމުގެ ގޮތުން ފުވައްމުލަކުގެ މޮޅު ކުޅުންތެރިންތަކެއް އެޓީމާއި ގުޅިފައިވޭ، އަދި ޒުވާންކުޅުންތެރިންތަކެއްވެސް ފިސްޑާއިން ތައްޔާރު އެބަކުރަން” ފިސްޑާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފިސްޑާއިން އަންނަނީ ވޮލީ ބޯލް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމެއްވެސް ހިންގަމުންނެވެ. އަދި މިދިޔަ އަހަރު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ އަންހެން ބައިގެ ތިންވަނަ އަދި ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފިސްޑާއެވެ. ފިސްޑާއިން އަންނަނީ ވޮލީގެ އިތުރުން ފުޓްބޯޅައިގައިވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !