A wide advertisement which will be shown on all devices. (700 x 100)

ދިގު ދުވުމުގައި ފުވައްމުލަކު ދަރިވަރުން ކުރީގައި

ފޮޓޯ: ޒޯން 7 ސްޓޭޑީއަމް ފޭސްބުކް ޕޭޖު

ގދ ތިނަދޫގައި ކުރިއަށްދާ 22 ވަނަ އިންޓާ ސްކޫލް އެތްލެޓިކްސް މުބާރާތުގެ ދިގު ދުވުމުގައި ފުވައްމުލަކު ދަރިވަރުން ދަނީ ކާމިޔާބު ހާސިލުކުރަމުންނެވެ. އެގޮތުން، 17 އަހަރުން ދަށުގެ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ 3000 މީޓަރު ދުވަހުގެ ބައި އެއްވަނަ ހޯދާފައިވަނީ ފުވައްމުލަކު ސިޓީގެ ސުކޫލުތަކުގެ ދަރިވަރުންނެވެ. 3000 މީޓަރު ދުވުމުގެ 17 އަހަރުން ދަށުގެ އަންހެން ދަރިވަރުންގެ ބައިން އެއްވަނަ ހޯދާފައިވަނީ ހާފިޒް އަހުމަދު ސްކޫލުގެ ފާތިމަތު އަލްޔާ އިބްރާހިމެވެ.  އަދި ތިންވަނަ ވެސް ހޯދާފައިވަނީ ހާފިޒު އަހުމަދު ސުކޫލުގެ ދަރިވަރު އަމިނަތު ފަރުހީނެވެ. މި ބައިން ދެވަނަ ދާންދޫ ސްކޫލުގެ ޖަންނަތު އަބްދުﷲ އެވެ.

17 އަހަރުން ދަށުގެ ފިރިހެން ދަރިވަރުންގެ ބައިން އެއްވަނަ ހޯދާފައިވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ، އަހުމަދު އައިހަމް މޫސާ އެވެ. އަދި އެބައިގެ ދެވަނަ ގެމަނަފުށީ ސްކޫލުގެ އަލީ ޝާޒް ހަބީބު ހޯދިއިރު ތިން ވަނަ ހޯދީ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގެ ހަވަރީ ޒިޔާދެވެ.

މިމަހުގެ 23 އިން 27 އަށް ކުރިއަށްދާ މި މުބާރާތުގައި 20 ސްކޫލެއްގެ 104 ޓީމަކުން 565 އެތްލީޓުން ވާދަކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !