އިންޑިއާގެ ލަކަނޫ ގައި ބާއްވާ 59 ވަަނަ އިންޓާ ސްޓޭޓު ސީނިއާ އެތުލެޓިކްސް ޗެންޕިއަންޝިޕުގައި ބައިވެރިވާ ދިވެހި ޓީމު ގައި އުއްމީދީ ދުވުންތެރިޔާ އިބްރާހިމް އަޝްފާނު އަލީ ހިމެނިއްޖެއެވެ.
ލަކަނޫގައި މިމަހު 27 އިން 30 އަށް ބާއްވާ މި ކަސްރަތު މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމުގައި ހިމެނެނީ އަޝްފާނުގެ އިތުރުނ މުހައްމަދު ނާއިލް އާއި މުހައްމަދު ޖައިލަމް ވަލީދާއި ސަހުލް އިބްރާހީމާއި ނުޖޫމު ހަސަނެވެ. މިދުވުންތެރިން ބައިވެރިވަނީ 4*400 މީޓަރު ދުވުމުގައެވެ. މިޓީމުގެ ކޯޗަކީ އަހުމަދު ނިޒާމެވެ.
+1
+1
ޚިޔާލުތައް