ފުވައްމުލައް ސިޓީ ކައުންސިލުގެ ފުޓްސަލް މުބާރާތް 2019 ގެ ދެވަނަ ދުވަހުގެ މެޗުތަކުން އެފްސީ ދޫނޑިގަލޯނާ އާއި ހޯދަޑު ސްޕޯރޓްސް މޮޅުވެއްޖެއެވެ.
އިއްޔެ ހަވީރު ކުޅެވުނު މުބާރާތުގެ 3 ވަނަ މެޗުގައި މިސްކިތްމަގު ޓީމާއި އެފްސީ ދޫނޑިގަލޯނާ ބައްދަލުކުރި މެޗު 0-10 ން ކާމިޔާބުކުރީ އެފްސީ ދޫނޑިގަލޯނާ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެފްސީ ދޫނޑިގަލޯނާގެ ޖާރޒީ ނަމްބަރު 9 އަލީ ލިރުވާމް އެވެ.

މުބާރާތުގެ 3 ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ލިރުވާމް ޖ،9
މުބާރާތުގެ 4 ވަނަ މެޗުގައި ހޯދަޑު ސްޕޯރޓް އާއި ޝާކް ހެޑް (ހޯދަޑުގެ ދެޓީމު) ގެ މެޗު 3-0 ން ކާމިޔާބުކުރީ ހޯދަޑު ސްޕޯރޓްސްގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑު ސްޕޯރޓްސްގެ ޖާޒީ ނަމްބަރު 10 އިސްމާއީލް އަލީފް އަހުމަދު އެވެ.

މެވް 4 ގެ މޮޅު ކުޅުންތެރިޔާ: އިސްމާއިޅް އަލީފް އަހުމަދު ޖ.10 ހޯދަޑު ސްޕޯރޓްސް
މި މޮޅާއެކު ހޯދަޑު ސްޕޯރޓްސް މުބާރާތުގެ ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ އެއްވަން ޓީމުގެ ގޮތުގައެވެ. އެއީ މިގްރޫޕްގައި ހިމެނޭ 3 ޓީމުގެ ތެރެއިންނެވެ. މިގްރޫޕުން ސެމީފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މިއަދު ޝާކް ހެޑް އާއި އެފްސީ ދަޑިމަގު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަޑިމަގު ޖޫނިއަސް ޓީމާއި މިސްކިތްމަގު ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ދަޑިމަގާއި އާއި ޝާކް ހެޑް ޓީމެވެ.
މިމުބާރާތުގައި ބައިވެރިވި 7 ޓީމުގެ މެދުގައި ކުރިޔަށް ގެންދެވޭ މެޗުތައް ނިމޭނީ 8 އޮކްޓޯބަރުގައެވެ.

ހޯދަޑް ސްޕޯރޓްސް މުބާރާތުގެ ދެވަނަ ގުރަށް
ޚިޔާލުތައް