25 ފެބުރުއަރީ 2020 ( އަންގާރަ )

banner

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި މެޗު ޝަނިވިރާޒާ އިމާދު ހައުސް. ފޮޓޯ: ޏ.އޭއީސީ

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް ފޯރިއާއެކު ކުރިޔަށް ދަނީ

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް 2020 އެސްކޫލުގެ އިންޑޯރ ކޯޓުގައި ކުރިޔަށް އެބަދެއެވެ. މިމުބާރާތް ބަހާލާފައިވަނީ ދެ އުމުރުފުރއަކަށެވެ. އެއީ 15 އހަރުންް މައްޗާއި 15 އަހަރުން ދަށުގެ ޓީމުތަކުގެ މައްޗައްށެވެ.

މި މުބަރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ މުޡައްފަރު (ރެޑް) ހައުސް އާއި އިމާދު (ގްރީން) ހައުސްގެ 15 އަހަރުން މަތީގެ ދެޓީމެވެ. މިމެޗުން އިމާދު ހައުސްގެ ޓީމު މޮޅުވީ 27 ޕޮއިންޓް 10 ޕޮއިންޓް އިންނެވެ. މުބާރާޓުގެ 2 ވަނަ މެޗުގައި ބައްދަލުކުރީ ވެސް މި ދެ ހައުސްގެ 15 އަހަރުން ދަށުގެ ދެ ޓީމެވެ. މި މެޗުން ވެސް އިމާދު ހައުސްގެ ޓީމު މޮޅުވީ 20 ޕޮއިންޓް 1 ޕޮއިންޓްގެ ބޮޑުު ފަރަގަކުންނެވެ.

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި މެޗު ޝަނިވިރާޒާ އާއި އމީން ހައުސް. ފޮޓޯ: ޏ.އޭއީސީ

އިއްޔެ ކުޅެވުނު މުބާރާތުގެ 3 ވަނަ މެޗާއި 4 ވަނަ މެޗުގައި ބައްދަލުކުރީ އަމީން (ބްލޫ) ހައުސް އާއި ޝަނިވިރަޒާ (ޔެލޯ) ހައުސްގެ ޓީމުތަކެވެ. 15 އަހަރުން މަތީގެ މެޗުން އަމީން ހައުސްގެ ޓީމު މޮޅުވީ 29 ޕޮއިންޓް 1 ޕޮއެިންޓްގެ ބޮޑުު ތަފާތަކުންނެވެ. އެކަމަކު 15 އަަހަރުން ދަށުގެ މެޗު ވަރަށް އެއްވަރެއްގެ ކުޅުމަކަށްފަހު ޝަނިވިރަޒާ (ޔެލޯ) ހައުސްގެ ޓީމު މޮޅުވީ 9 ޕޮއިންޓް 7 ޕޮއިންޓް އިންނެވެ.

މިއަދު ގެ ދެމެޗުގައި ބައްދަލުކުރީ ޝަނިވިރަޒާ (ޔެލޯ) ހައުސްއާއި އިމާދު (ގްރީން) ހައުސްގެ ޓީމުތަކެވެ. މިއަދުގެ ދެމެޗުންވެސް މޮޅުވީ އިމާދު (ގްރީން) ހައުސްގެ ދެޓީމެވެ. 15 އަހަރުން މަތީގެ މެޗު ކާމިޔާބުކުރީ 24-0 ން ނެވެ. އަދި 15 އަހަރުން ދަށުގެ މެޗު ކާމިޔާބުކުރީ 12-10 އިން ނެވެ.

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި މެޗު މުޒައްފަރު ހައުސް އާއި އިމާދު ހައުސް. ފޮޓޯ: ޏ.އޭއީސީ



ކިޔުންތެރިންގެ ޚިޔާލު