A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މިއަދު ހަވީރު

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި މެޗު މުޡައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް. ފޮޓޯ: ޏ.އޭއީސީ

މިހާރު ކުރިޔަށްދާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ފައިނަލް މިއަދު ހަވީރު ކުޅެނެއެވެ.

ދެ އުމުރު ފުރަޔަކަށް ބާހާލެވިފައިވާ މިމުބާރާތުގެ 15 އަހަރުން މަތީ ބައިގެ ފައިނަލުގައި ވާދަކުރަނި އިމާދު ހައުސް އާއި މުޒައްފަރު ހައުސް އެވެ. އަދި 15 އހަރުން ދަށުގެ ބައިގެ ފައިނަލުގައި ވާދަކުރާނީ އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް ގެ ޓީިމެވެ. މުބާރާތުގެ މެޗުތައް ކުޅެނީ ޏ.އޭއީސީގެ އިންޑޯ ކޯޓުގައެވެ.

މުބާރާތުގެ 7 ވަނަ މެޗުގައި 15 އަހަރުން މަތީގެ އާމީނު ހައުސް ޓީމާއި އާއި މުޡައްފަރު ހައުސް ބައްދަލު ކުރި މެޗު ނިމުނީ 28 ޕޮއިންޓް 14 ޕޮއިންޓުން މުޡައްފަރު ހައުސް މެޗު ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ 8 ވަނަ މެޗުގައި 15 އަހަރުން ދަށުގެ ބައިގައި މިދެޓީމު ބައްދަލުކުރި މެޗް ނިމުނީ 12 ޕޮއިންޓް 1 ޕޮއިންޓުން  އާމީނު ހައުސް އަމީނު ހައުސް މޮޅުވެގެންނެވެ.

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި މެޗު މުޡައްފަރު ހައުސް އާއި އަމީނު ހައުސް. ފޮޓޯ: ޏ.އޭއީސީ

މުބާރާތުގެ 9 ވަނަ މެޗުގައި 15 އަހަރުން މަތީގެ ޝަނިވިރާޒާ ހައުސް ޓީމާއި އާއި މުޡައްފަރު ހައުސް ޓީމު ބައްދަލު ކުރި މެޗު ނިމުނީ 30 ޕޮއިންޓް 0 ޕޮއިންޓުގެ ބޮޑު ތަފާތަކުން މުޡައްފަރު ހައުސް މެޗު ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ 10 ވަނަ މެޗުގައި 15 އަހަރުން ދަށުގެ ބައިގައި މިދެޓީމު ބައްދަލުކުރި މެޗުން 27 ޕޮއިންޓް 1 ޕޮއިންޓުން ޝަނިވިރާޒާ ހައުސް މޮޅުވެގެންނެވެ.

ޏ.އޭއީސީގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގައި މެޗު މުޡައްފަރު ހައުސް އާއި ޝަނިވިރާޒާ ހައުސް. ފޮޓޯ: ޏ.އޭއީސީ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !