މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް)ގެ މިއަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް އިއްޔެ ދަޑިމަގު ފުޓުބޯޅަ ދަނޑުގައި ފަށައިގެން ކުރިޔަށް އެބަދެއެވެ.
މިމުބާރާތުގައި ވާދަކުރަނީ އެސްކޫލުގެ ފިރިހެން ކުދިން ދެ އުމުރުފުރައެއްގައެވެ. އިއްޔެ ގެ ފުރަތމަ މެޗުގައި ބައްދަލުކުރީ ބްލޫ ހައުސް އާއި ރެޑް ހައުސް އެވެ. މިމެޗް ޝަރަފްވެރިކޮށްދެއްވީ އެސްކޫލުގެ ޕްރިންސިޕްލް އާރިފާ އަބްދުލް މަޖީދެވެ.
މިއަދު ވެސް މުބާރާތުގެ މެޗުތައް ކުޅެފައިވެއެވެ. މިއަދުގެ މެޗުގައި ވާދަކުރީ ބްލޫ ހައުސް އާއި ޔެލޯ ހައުސްއެވެ.

އެމްޖޭއެސް އިންޓަރހައުސް ފްޓްބޯޅަ މުބާރާތް 2020 ދަޑިމަގު ދަނޑުގައި ކުރިޔަށް ދަނީ. ދުވަސް 2
+1
+1
ޚިޔާލުތައް