A wide advertisement which will be shown on all devices. (700 x 100)

ގައުމީ އެއާލައިން ކޮޅަށް ޖެހުމަށް ދައުލަތުން ކުރަންޖެހޭ ކަންތައްތައް ނުކުރާ ކަަމަށް އެމްޕީ ހުސައިން ވިދާޅުވެއްޖެ

ރާއްޖޭގެ ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަން ކޮޅަށް ޖެހުމަށްޓަކައި ދައުލަތުން ކުރަންޖެހޭ ކަންތައްތައް ކުރަމުން ނުދާކަމަށް ފުވައްމުލަކު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެ ކަމަށް އޮންލައިން ނޫސް އަވަސް އިން ރިޕޯޓުކޮށްފިއެވެ. ހުސެއިން މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން އަވަސްގައި ވާހަކަ ދައްކަވަމުން ކަމަށް އެނޫހުން ބުނެފައިވެއެވެ. އެސްއޯއީ ކޮމެޓީގެ ނާއިބު މުގައްރިރު ހުސައިން މުހައްމަދު ދީދީ، ރާއްޖޭގެ ގައުމީ އެއާލައިން މިހާރު އޮތް ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާކަމަށް ވެސް އެނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ހުސެއިން މިމޭރުމުން ވާހަކަދައްކަވާފައި ވަނިކޮށް ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ އެއާލައިން ރަނގަޅު ކުރަން ބޭރު ކުންފުންޏަކާއެކު ޖޭވީ ހަދަން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މަޝްވަރާ ކުރައްވަނީ ކޮން ކުންފުނިތަކަކާ އެކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ. އެކަމަކު ދެ ފަރާތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެެއީ މެދުއިރުމަތީގެ ދެ ކުންފުނިކަން ރައީސް ޔަގީންކޮށްދެއްވި އެވެ.

ރައީސް ވިދާޅުވީ ޖޭވީއެއް ހެދުމުގެ އިތުރުން ގައުމީ އެއާލައިންގެ ސީޕްލޭންގެ ހިދުމަތް ވަރުގަދަ ކުރަން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ގައުމީ އެއާލައިނެއް އޮންނަން ޖެހޭ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެންވެސް އެފަދަ ކުންފުންޏެއް އޮތުމުން ލިބޭ ފައިދާތަކެއް ހުންނަ ކަމަށެވެ. ނަމަވެސް މިމައްސަލާގައި ރައީސް އެހާ ތަފްސީލް ކޮށް ވާހަކަދައްކަވާފައެއް ނުވެ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !