ޓުއަރިޒަމް މިނިސްޓަރު ފުވައްމުލަކަށް ވަޑައިގެން ޓުއަރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދު ބައްލަވައިލައްވައިފި

Share on facebook
Share on twitter
Share on google

ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ އަބްދުﷲ މައުސޫމު ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކުގައި ޓުއަރިޒަމަށް ޚާއްސަކޮށްފައިވާ ސަރަހައްދު ބައްލަވައިލައްވައިފިއެވެ. ޓްއަރިޒަމް މިނިސްޓަރު ފުވައްމުލަަކަށް ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޓުއަރިޒަމް މިނިސްޓަރުގެ މިދަތުރުފުޅަކީ ދެކުނުގެ އަތޮޅުތަަކަށް ކުރައްވާ ދަތުރުގެ އެއްމަންޒިލެވެ. ފުވައްމުލަކަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު ވަނީ ހުވަދު އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކާއި އެއަތޮޅު ދެކުނު ބުރީގެ ބައެއް ރަށްތަކަކަށް ދަތުރު ކުރައްވާފައެވެ.

ޓުއަރިޒަމް މިނިސްޓަރު އިއްޔެ ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކުގެ އެއާޕޯޓް ސަރަހައްދުގައި ޓްވަރިޒަމް ތަރައްގީ ކުރުމަށް ކަޑައަޅާފައިވާ ސަރައްދާއި ޗަސްބިން ސަރަހައްދު ވެސް ބައްލަވާލެއްވިއެވެ.

ފުވައްމުލަކުގެ އެއާޕޯޓުގެ އިރުދެކުނުން ހުސްކޮށް އޮތް ބިޅިފޭށި ސަރަހައްދަކީ ޓުއަރިޒަމް ތަރައްގީ ކުރުމަށް ފަޅުރަށެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަނޑައެޅުއްވިތަނެކެވެ. ނަމަވެސް ފާއިތުވީ 12 ވަރަކަށް އަހަރުގައިވެސް އެބިމުގެ އެއްވެސް އިގްތިސާދީ ހަރަކާތެއް ހިންގިފައެއްނުވެއެވެ. އެސަރަހައްދުގެ އިތުރުން ފުވައްމުލަކު ހުޅަނގު އުތުރު ފަރާތުގެ ތުޑީ ސަރަހައްދުގައިވާ ބިމަކީވެސް ޓުވަރިޒަމް ވިޔަފާރިއަށް ޚާއްސަކުރުމަށް ފަޅު ރަށެއްގެ ގޮތުގަިއ އޭރު ކަނޑައެޅި ދެވަނަ ސަރަހައްދެވެ.  މިދެސަރަހައްދުގައި ޓްއަރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ލޭންޑްޔޫޒް ޕްލޭނުގެ ސަބަބުން ކަމަށް ނުދެކޭ ކަަމަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ ކުރީގެ މޭޔަރު ވަނީ ކުރިން ވިދާޅުވެފައެވެ. އަދި އެސަރަހައްދުތަކުގައި ޓްއަރިޒަމް ތަރައްގީކުރުމަށް ލޭންޔޫޒް ޕްލޭނުގައި ކަނޑައަޅާފައިވާ ކަމަށާއި އެކިފަހަރުމަތިން މިނިސްޓްރީ އަށް ދަންނަވާފައިވާތީ މިބިން ތަކުގައި ޓްއަރިސްޓް ހޮޓާ ތަރައްގީކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ނުދެކޭކަަމަށް ސިޓީ ކައުންސިލުން އޭރު ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ފުވައްމުލަކު ކުޅި ސަރަހައްދުގައި އީކޯ ޓްވަރިޒަމް ގާއިމުކުރުމުގެ ވާހަކަތަކެއް ވެސް ކުރިން ވަނީ ދެކެވިފައިވެއެވެ. ނަމަވެސް މިހާރު ބޮޑަށް އެސަރަހައްދުތައް ފެންނަނީ ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ތަކެއްގެ ގޮތުގައެވެ.

ޓްވަރިޒަމްގެ ގޮތުން ފުވައްމުލައް ބޮޑަށް މަޝްހޫރު ވެފައިވަނީ “ޓާއިގަރ ޝާކް” ޕޮއިންޓެއްގެ ގޮތުގައެވެ. ފުވައްމުލަކުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ 16  ގެންސްޓް ހައުސް ގައި 194 އެނދު ހުރިކަމަށް ޓްއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments