މަގުމަށްޗައް ވާގޮތަށް ޖޯލިފަތިތައް ބަހައްޓާފައި،ހުންނަތަން އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުން ފެނެއެވެ. މިއުޅެނީ ޖޯލިފަތި މަގުމަތީގައި ބަހައްޓާފައި ހުންނަ ވާހަކަ ދައްކާކަށް ނޫނެވެ. މިކަމާއި ގުޅުންހުރި އެހެން ވާހަކައެއް ދައްކާށެވެ.
މަގުމަތީގައި ޖޯލިފަތި ބަހައްޓައިގެން މަގުންދާހާއި މީހަކާއި މެދު ތިމާޔަށް ފެންނަ ގޮތަކަށް، ނުވަތަ ހީވާ ގޮތެއްގެ މައްޗަށް އަމިއްލައަށް ތަހުޤީގުކޮށް، ގޮތްކިޔައި، ހުކުމް ކުރާވާހަކައެވެ.
ޖޯލިފަތި ކުޑަވަރެއްގެ ކޯޓަކަށް ބަދަލުވުން
ޖޯލިފަތި ކުޑަ ވަރެއްގެ ކޯޓަކަށް ބަދަލުވެ މަގުން ބޯދިގުކޮށް ދާމީހެއް ފެނިއްޖެނަމަ، އެމީހައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ކަނޑައަޅައި ލޭބަލް ކުރެއެވެ،ވަގަކަށް ހަނދައި ނުވަތަށް ވަރަށް ވިޔާ ނުދާ މީހެއްގެ ގޮތުގައި ގޮތް ނިންމައި ހުކުމް އިއްވާ ފަހަރުތައްވެސް އާދެއެވެ. ތަންކޮޅެއް ބަސްމަދު މީހަކުނަމަ، އެމީހަކުވާނީ ބޮޑު މޮޔައަކަށެވެ، ނުވަތަ ފިޑިއަކަށެވެ.
ޖޯލިފަތި ތަހުޤީގީ އިދާރާއަކަށް ބަދަލުވުން
މަގުން ނުދަންނަ މީހަކު ގޮސްފިކަމުގައި ވާނަމަ، ޖޯލިފަތީގައި ތިބި މީހުން އަވަސްވެ ގަންނީ އެއީ ކާކުތޯ ބެލުމަށް، ތަހުގީގެއް ފެށުމަށެވެ. “އެ ދިޔައއީ ކޮން ކުއްޖެއް ؟ ކޮންގެޔެއް ގެ ކާކު؟ ތޯ ބެލުމަށެވެ. ޙާއްސަކޮށް ފުރަބަންދާއި ގުޅިގެން ވަރަށް ގިނަ އާ މޫނުތައް ރަށުން ފެންނާތީ މިކަންތައް ވަކިން ބޮޑެވެ.
އަނެއްކޮޅުން، ވިޔަފާރިކޮށްގެން ގެޔަކަށް އެއްޗެއް ގެންދާތަންް ފެނިއްޖެނަމަ އެއަށް ވެސް ފާޑު ކިޔައެވެ. “އެގޭގައި ހާދަވަރަކަށް މިއަދު ކައްކަނީ؟ ކޮންކަމެއްބާ؟
މިކަމަށް ބައިއަތު ހިފުމަށް ބޭނުންނުވެ ޖޯލިފައްޗަށް ނުދާ މީހުންވަނީ، އެމީހުންގެ ނަމުން “މާ ޝާހީ” ބަޔަކަށް ނުވަތަ ކަޓު މީހަކަށެވެ
ޒުވާނަކު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.
“ނެއް މަށަށް މަގެއް މަތިން ހިނގާލެވެން
ބަލާ ވަރުން މަގައި ނެތް ހަންކޮޅެއްވެސް
ޖޯލިފައްޗަށް ހިތްފަސޭހަ ކޮއްލުމަށްޓަކައި، ނުކުތުމުގައި ގޯހެއް ނެތެވެ.އަދި ޖޯލިފަތީގައި ތިބެގެން ތަފާތު ކުޅިވަރު ކުޅޭ މީހުންވެސް ތިބެއެވެ.އެެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެންކަމުން ޖޯލިފަތި މަގުމަތީގައި ބަހައްޓައިގެން ތިބޭ އެންމެނަކީ މިފަދަ މީހުންނޭ ނުބުނެވޭނެއެވެ.
އެހެން ނަމަވެސް ޖޯލިފަތީގައި ތިބެގެން މަގުންދާހާއި މީހުންގެ،ޢައިރު ހާޒިރުގައި، އެމީހުންގެ މުޅަމަސް ކެއުމަކީ ގޯސްކަމެކެވެ.އެކަމުގެ ސަބަބުން އެމީހަކީ ކިތަންމެ ގޯސް މީހެއް ކަމުގައި ވިޔަސް އެމީހަކަށް އެލިބެނީ ޕްލަސް ޕޮއިންޓެކެވެ.މިކަންތައް ހުއްޓާލައިގެން މެނުވީ އުފާވެރި މުޖްތަމަޢުއެއް ކަށަވަރެއް ނުވާނެއެވެ.އެފަދަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.
ޚިޔާލުތައް