A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 ޓެސްޓް ހެދުމަށް ފުވައްމުލައް ސިޓީ އަށް އިސްކަމެއް ނުދެވުނު!

ކޮވިޑް-19 ޓެސްޓް ހެދޭ ލިސްޓުން ފުވައްމުލަކުގެ ބޮޑު އާބާދީ ބާކީ ކުރެވުނީ ބާ؟

ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމު އަތޮޅުތަކާއި ސިޓީ ތަކުގައި ހަމަޖެއްސި އިރު ފުވައްމުލައް ސިޓީއަށް އިސްކަމެއް ނުދެވުނު ކަން ރޭ ހަމަވެގެން ހިގައްޖެއެވެ. އެގޮތުން ރާއްޖޭގެ 3 ވަނައަށް މީހުން އެންމެ ގިނަ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ގޮތް ހަމަޖެއްސުމުގެ ބަދަލުގައި އަނެއް 3 ސިޓީގެ އިތުރުން ސަރަހައްދީ ހޮސްޕިޓަލްތަކުގައި ވެސް އެޚިދުމަތް ގާއިމުކޮށް އެކަން އިފްތިތާޙުކުރުމަށް ރޭ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ.

ފުވައްމުލައް ސިޓީ ނުހިމެނޭ ގޮތަށް އަނެއް ތިން ސިޓީގެ އިތުރުން ހަ ރަށެއްގައި ޖީން އެކްސްޕާޓް ކާޓްރިޖް ބޭނުންކޮށްގެން ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަން ރޭގައި ވަނީ އާއްމުކޮށް ހާމަކޮށްފައެވެ. ޑަބްލިއުއެޗްއޯ އާއި ޔޫއެންޑީޕީ ގުޅިގެން ޖީން ކާޓްރިޖް، ހެލްތް މިނިސްޓްރީ އާއި އިއްޔެ (ހޯމަ، 29 ޖޫން 2020) ވަނީ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ވިޔަސް ފުވައްމުލަކުން ނަގާ ސާމްޕަލްތައް އަދިވެސް ޓެސްޓް ކުރަން ފޮނުވަން ޖެހެނީ މާލެއަށެވެ. ފާއިތުވި ހަފުތާގައި ފުވައްމުލައް ސިޓީން ހޯމް ކަރަންޓީނު ނިންމައި ކޮވިޑް-19 އަށް ނެގި ސާމްޕަލްތައް ވެސް ފޮނުވީ މާލެއަށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެފައި ވެއެވެ. އަދި އެމީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައި ވަނީ ހޯމް ކަރަންޓިނުގެ 14 ދުވަސް ފާއިތުވެ އިތުރު 4 ދުވަސް ފަހުންނެވެ.

ފުވައްމުލަކަށް ވުރެ އާބާދީ އެތައް ގުނައަކުން ދަށް އަދި ފަހުން ސިޓީއެއްގެ ދަރަޖަ ލިބުނު ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް ގައި ވެސް ޕީސީއާރް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ރޭގައި ހާމަކޮށްްފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19ށް ޓެސްޓު ކުރެވޭ ގޮތަސް ހަމަޖެއްސި ހޮސްޕިޓަލްތައް:

  • މާލެ ސިޓީ އައިޖީއެމް ހޮސްޕިޓަލް، އޭޑީކޭ، ހޮސްޕިޓަލް
  • އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލް
  • ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  • ށ. އަތޮޅު ހޮސްޕިޓަލް
  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ބ. އަތޮޅު ހޮސްޕިޓަލް
  • ލ. ގަމު ރީޖަނަލް ހޮސްޕިޓަލް
  • ގއ. އަތޮޅު ހޮސްޕިޓަލް
  • ގދ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

މި ހޮސްޕިޓަލްތައް ހިމެނޭ ރަށްތަކުގެ އާބާދީއަށް ބަލާއިރު ފުވައްމުލައް ސިޓީއާއި ގާތް ކުރާ ވަރެއް ވެސް ނުވެއެވެ. ފުވައްމުލައް ސިޓީގެ 14000 (ސާދަ ހާހެއް) ހާ މީހުންގެ އާބާދީއަށް ކޮވިޑް-19 ޓެސްޓު ކުރެވޭ ގޮތަށް ހެދުން ތަރުތީބު ލިސްޓުގައި އޮތް ވާހަކައެއް ވެސް ރޭގެ ބައްދަލުވުމުގައި ހާމަކޮށްފައެއް ނުވެއެވެ. އެކަމަކުވެސް ސިޓީގެ ލަގަބު ލިބުމުން ތަރައްގީގައި އިސްކަން ދެވޭނެ ކަމަށް ގަބޫލުކުރަންވީ ހެއްޔެވެ؟ ނުވަތަ ކޮވިޑް-19 ޓެސްޓް ހެދުމުން ފުވައްމުލައް ސިޓީ މުޅިން ބާކީ ވީހެއްޔެވެ؟

އަތޮޅު ތެރޭގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމާއެކު ބަލި މީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓު ސެންޓަރަކަށް ގެންދެވި ނަތީޖާ ލިބުން އަވަސް ވެގެންދާނެ ކަމަށް، ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީނު ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ހިންގަމުން ނުދާކަން ފުވައްމުލައް ސިޓީގެ ރައްޔތިން އަންނަނީ ތަޖުރިބާ ކުރަމުންނެވެ. އެކަން އެގޮތަށް ހިނގާނަމަ ފުވައްމުލައް ސިޓީން ނަގާ ސާމަޕަލްތައް އައްޑޫ ސިޓީއިން ޓެސްޓް ކުރެވޭނެއެވެ. އެސާމްޕަލްތައް މާލެ ފޮނުވާކަށް ނުޖެހުނީސް ހެވެ!

ހަމައެގޮތަށް ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް މެދުކަނޑާލާފައި، އެއަށްވުރެ އިސްކަމެއް ދީގެން އައްޑޫ ސިޓީގެ ހުޅުމީދޫގެ ހުރިހާ ބޮޑެތި މަގުތަކެއްގައި ތާރުއަޅައި ނިންމާފައިވާ ކަން ވެސް ފުވައްމުލަކުގެ ރައްޔިތުންނަށް ފެންނަން އެއޮތީ ދާދި ކައިރިންނެވެ. އަދި ނިމުނު ވެރިކަމުގައި ދ.ކުދަހުވަދޫ، ތ. ތިމަރަފުށި ރ.އުނގޫފާރު ފަދަ ރަށްރަށުގެ މަގުތައް ތާރުއަޅައި ހެދުމަށް އިސްކަން ދިނީ ފުވައްމުލައް ސިޓީގެ ބޮޑު އާބާދީ މަތިން ހަނދާން ނެތިގެން ބާވައެވެ؟ ތަރައްގީގައި ގިނަ ރައްޔިތުންނަށް ޚިދުމަތް އަވަސް ކުރުންް މުހިންމު ނުވާނީ ކީއްވެހެއްޔެވެ؟

ބަލާލި ކޮންމެ ދާއިރާއަކުން މިކަހަލަ ކިތަންމެ ކަމެކައް ދެއްކެން އެބަހުއްޓެވެ. އައްޑޫ ސިޓީ އާއި ނ.ކެނދިކުޅުދޫގައި ސްކޫލުބަހުގެ ޚިދުމަތް ދެވޭއިރު ފުވައްމުލައް ސިޓީގައި އެޚިދުމަތް ނުދެވި އޮތީ ކީއްވެގެން ތޯ ވެސް އަހާލުން ރަނގަޅެވެ؟

ހަމައެގޮތަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފުވައްމުލައް ސިޓީއަށް ދިނުމަށް 15 ވަރަކަށް އަހަރަށް ދިގުދެމިގެން ދިޔައިރު ކުދި އާބާދީތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ފުވައްމުލައް ސިޓީގެ ނަރުދަމާގެ “ދުއްޕާން”ނުން އަރައިގަތުމަށް ކިހާ އިސްކަމެއް ދެވޭ ބާއެވެ؟ ރައްޔިތުން އެތިބީ އިތުރަށް 6 މަސް ދުވަހުގެ އިންތިޒާރެއްގައި އެކަމަށް ފުރުސަތު ދީގެންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ދޮންކޮ

    ފޯމުލަކުގަ އުޅެނީ 5000 ރައްޔިތުން އަރާ ފައިބާ ނިސްބަތް އެންމެ މަދު އެއް ރައް ރަށުގެ ބޮޑު އާބާދީ މާލޭގަ ދެން އައްޑޫގަ ހުރިހާ އަންހެން ވެރިން ރާއްޖެ ތެޜޭ މުއްސަންދިން ފަހަތުގަ

  • އިހްލާސްތެރި ކަމާއެކުދިން ވޯޓް

    1400 އާބާދީޔަސް ރަށުގަތިބީކިތައް މީހުން އާބާދީގެ ރަޖިސްޓުރީ އަށްވުރެން ސެންސަސް މުހިއްމު އަދި ހިދުމަތް (ހޮސްޕިޓަލްއިން) ހޯދާ މީހުންގެ އަދަދު ވެސް ބަލަން ޖެހޭ އަސްލު މިގޮތަށް ބަލައިފިނަމަ އިސްކަން ދެވޭ ތަރުތީބު އެންމެ އިންސާފު ވެރިވާނީ….. ރާއްޖެތެރޭގެ ހޮސްޕިޓާތަކަށް ބަލައިފިނަމަ އެންމެ ގިނަމީހުން ހިދުމަތް ހޯދަނީ ކުޅުދުއްފުށީ ރިޖަނަލް ހޮސއޕިޓަލް އިން