ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫއިން ފުވައްމުލައް ތޫނޑުގައި ޚާއްސަ ހަރަކާތެއް ބާއްވައިފި

އުރީދޫއިން ފުވައްމުލަކު ތުނޑީގައި އިއްޔެ ބޭއްވި ހަރަޚާތް 2023
Share on facebook
Share on twitter
Share on google

ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ފުވައްމުލައް ތޫނޑުގައި ޚާއްސަ ހަރަކާތެއް އިއްޔެ ބާއްވައިފިއެވެ. މިހަރަކާތުގައި ފުވައްމުލައް ސިޓީ މޭޔަރުއާއި އުރީދުގެ ބައެއް އިސް ފަރާތްތަކުން ބައިވެރިވިއެވެ.

އުރީދޫއިން ބޭއްވި ހަރަކާތުގައި މިރަމަޟާން މަހު އުރީދޫ އިން ކަސްޓަމަރުންނަށް ދޭނެ ހަދިޔާތަކުގެ މައުލޫމާތު ދީފައި ވެއެވެ. މީގެ އިތުރުން މި ރަމަޟާން މަހަށް ހާއްސަ ކޮށްގެން އުރީދޫ މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ ކުރު ފިލްމުވަނީ އިފްތިތާހު ކޮށްފައިވެއެވެ.

އުރީދޫއިން ފުވައްމުލަކު ތުނޑީގައި އިއްޔެ ބޭއްވި ހަރަޚާތް 2023

އުރީދޫއިން ތައްޔާރުކުރި މިފިލްމުގައި ދައްކުވައި ދެނީ ފުވައްމުލަކުގެ ރީތި ކަމާއި ރަށުގެ ސަގާފަތުގެ ބައެއް ކަންކަމެވެ.

އުރީދޫގެ މިކުރު ފިލްމު މިހާރު އުރީދޫ ފެސްބުކް ޕޭޖުން ބަލާލެވެއެވެ.

މީ މަގޭ ހިތާއި ރޫހަށް ލިބިފަވާ ހަދިޔާ އެކޭ ވިސްނެންފެށީ 

އުރީދޫ އިން ހެދި ކުރު ފިލްމު 2023

މި ފިލްމުގައި ދައްކައިދެނީ ފުވައްމުލަކުގެ ޒުވާން ކުއްޖަކު ކިޔަވާ ނިންމުމަށްފަހު މާލެދާން ބޭނުންވެގެން އުޅެނިކޮށް، މާލޭގައި އުޅޭ އައިލާގެ ބަޔަކު ފުވައްމުލަކަށް އައިސް އެކުގައި އުޅެންދިމާވެ، ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތުގައި ހިމެނޭ ކަންކަމުގެ ސަބަބުން މާލެ ދިއުމުގެ ވިސްނުން ބަދަލުވެ އަލުން ފުވައްމުލަކުގައި ހުންނަން ބޭނުންވާ ކަމެވެ. މިކުރު ފިލްމުގައި ފުވައްމުލަކުގެ ތުނޑީގައި މާހެފުން ބޭއްވުމައި، ކިޅީގައި ޕެޑެލް ބޯޓު ދުއްވުމާއި، ކޮޑަކިޅީގައި މަޑްބާތު ހެދުމާއި، ކައްޓެޅި ބޭނުންގެ އިތުރުން ޑައިވީނަށް ދިއުމާއި ކަނޑުއަޑީގެ މަންޒަރުތައް ދައްކައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments